Roadha Mihaaru
ޕާލަމެންޓް ހުޅުވާއިރު ބޮޑުވަޒީރުގެ ގޮނޑީގައި ރާޖަޕަކްސާ

ޕާލަމެންޓް ހުޅުވާ އިރު ބޮޑުވަޒީރުގެ ގޮނޑީގައި އިންނަވާނީ ރާޖަޕަކްސާ

01 ނޮވެމްބަރ 2018

ކޮލަމްބޯ (ނޮވެމްބަރު 1) - ސްރީ ލަންކާގެ ޕާލަމެންޓް އަންނަ ހޯމަ ދުވަހު ހުޅުވާ އިރު ބޮޑުވަޒީރަށް ޚާއްސަ ގޮނޑިކޮޅުގައި މަހިންދާ ރާޖަޕަކްސާ އިންނެވުމުގެ ހުއްދަ ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސީރިއާ ދެއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ނޮވެމްބަރު 1) - ސްރީ ލަންކާގެ ޕާލަމެންޓް އަންނަ ހޯމަ ދުވަހު ހުޅުވާ އިރު ބޮޑުވަޒީރަށް ޚާއްސަ ގޮނޑިކޮޅުގައި މަހިންދާ ރާޖަޕަކްސާ އިންނެވުމުގެ ހުއްދަ ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސީރިއާ ދެއްވައިފި އެވެ.

އެކަމަކު ކަރޫ ޖަޔަސޫރިއާ ވިދާޅުވެފައި ވަނީ ބޮޑުވަޒީރު ކަމަށް އޭނާ ބަލައިގަންނަނީ މަގާމުން ދުރުކުރި ރަނިލް ވިކްރަމަސިންހަ ކަމަށެވެ.

ލަންކާ ޕާލަމެންޓް ހުއްޓުވާލާފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރައީސް ސިރިސޭނާ އާއި ޕާލަމެންޓުގެ ރައީސް ޖަޔަސޫރިއާ އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. ސިރިސޭނާ އެގޮތަށް އެއްބަސްވެވަޑައިގެންނެވީ ޕާލަމެންޓުގެ ޖަލްސާއެއް މާދަމާ ބާއްވާނެ ކަމަށް ޖަޔަސޫރިއާ ވިދާޅުވުމުންނެވެ.

މި މަހު 16 އާ ހަމައަށް ރައީސް ސިރިސޭނާ ޕާލަމެންޓް ސަސްޕެންޑް ކުރީ ރާޖަޕަކްސާ އަށް ބޮޑު ވަޒީރުކަން ދެއްވުމަށް ފަހު އެވެ. އެކަމަކު ރަނިލް ވަނީ ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުން ނުކުތުމަށް ދެކޮޅު ހައްދަމުންނެވެ. ރަނިލް ވިދާޅުވަނީ އޭނާ މަގާމުން ދުރުކުރެވޭނީ ޕާލަމެންޓަށް އެކަނި ކަމަށާއި ޕާލަމެންޓުގެ އަޣުލަބިއްޔަތު އޮތީ އޭނާގެ ޕާޓީ އަށް ކަމަށެވެ.