04 އެޕްރީލް 2022
ކޮލަމްބޯ (އެޕްރީލް 3) - ސްރީ ލަންކާގެ ކެބިނެޓުގައި ހިމެނޭ ހުރިހާ މިނިސްޓަރުން އެއް ފަހަރާ އިސްތިއުފާ ދީފި ކަމަށް އެޑިއުކޭޝަން މިނިސްޓަރު މިރޭ ވިދާޅުވެއްޖެ އެވެ.
ކޮލަމްބޯ (އެޕްރީލް 3) - ސްރީ ލަންކާގެ ކެބިނެޓުގައި ހިމެނޭ ހުރިހާ މިނިސްޓަރުން އެއް ފަހަރާ އިސްތިއުފާ ދީފި ކަމަށް އެޑިއުކޭޝަން މިނިސްޓަރު މިރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ގުނޭޝް ގުނަވަރުދަނާ ވިދާޅުވީ ރައީސް ގޯޓާބޭ ރާޖަޕަކްސާ އާއި ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ ފިޔަވައި ކެބިނެޓުގެ 26 މިނިސްޓަރުން އެކުގައި އިސްތިއުފާ ދެއްވީ މިރޭ 12 ޖަހަން އުޅެނިކޮށް ބޭއްވި ބައްދަލުވުމަކަށް ފަހު ކަމަށެވެ.
ބޮޑުވަޒީރު މަހިންދާ އިސްތިއުފާ ދެއްވަން އުޅުއްވާ ކަމަށް ކުރިން އާއްމުވި ޚަބަރުތަކުގައި ބުނި ނަމަވެސް އެމަނިކުފާނުގެ އޮފީހުން ބުނެފައި ވަނީ މަހިންދާ އިސްތިއުފާ ނުދެއްވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އާ ސަރުކާރެއް އެކުލަވާލި ނަމަވެސް ބޮޑުވަޒީރުގެ މަގާމުގައި ހުންނަވާނީ މަހިންދާ ކަމަށް ވެސް އޭނާގެ އޮފީހުން ވަނީ ބުނެފަ އެވެ.
ޔޫތު މިނިސްޓަރު ނަމަލް ރާއްޖޭގައި: އިސްތިއުފާ ދެއްވުމަށް ފަހު އޭނާ ރާއްޖެ ވަޑައިގަންނަވަން އުޅުއްވާ ވާހަކަތަކެއް ވެސް ވަނީ ފެތުރިފައި -- ފައިލް ފޮޓޯ | މިހާރު
ކެބިނެޓް އިސްތިއުފާ ދީފައި ވަނީ، ލަންކާގައި ތަކެތީގެ އަގުބޮޑުވެ ތެލާއި ކާބޯތަކެއްޗާއި ބޭސް ފަދަ އަސާސީ ތަކެތި އެތެރެކުރަން ބޭރު ފައިސާގެ ދަތިކަން އިންތިހާ އަށް ކުރިމަތިވެ ގައުމު ބޮޑު އިގްތިސާދީ އަޑިގަނޑަކަށް ވެއްޓިފައިވާ ދަނޑިވަޅެއްގަ އެވެ. ސަރުކާރާ ދެކޮޅަށް ރައްޔިތުން ނުކުމެ މުޒާހަރާ ކުރަން ފެށުމުން ކާފިއު ހިންގައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އަދި ސޯޝަލް މީޑިއާ ބްލޮކްކުރި ނަމަވެސް އެ ހުރިހާ ކަމަކަށް ގޮން ޖަހައި އެތައް ބަޔަކު މިއަދު ވެސް ވަނީ މުޒާހަރާ އަށް ނުކުމެފަ އެވެ.
ނަތީޖާއެއްގެ ގޮތުން ރައީސް ގޯޓާބޭ ވަނީ އިދިކޮޅު ފަރާތްތަކާ ގުޅިގެން އާ ސަރުކާރެއް އެކުލަވާލަން އެއްބަސްވެފަ އެވެ.
ލަންކާ ސަރުކާރާދެކޮޅަށް އިތުބާރުނެތްކަމުގެ ވޯޓެއް ނަގަނީ
ލަންކާގެ ބާރުގަދަ ރާޖަޕަކްސާ އާއިލާ ހޫނުފެނުގައި
ލަންކާގެ އާ ކެބިނެޓުގައި ރާޖަޕަކްސާއަށް ތިން މިނިސްޓްރީ
ލަންކާގެ ކެބިނެޓުގައި ރާޖަޕަކްސާ އާއިލާގެ ތިން ބެއިން
ރަނިލް ދުރުކުރަން ރާޖަޕަކްސާ މަސައްކަތް ކުރައްވަނީ
ލަންކާގެ އިންތިޚާބުގައި ރާޖަޕަކްސާގެ ބޭބެ އާއި ކޮއްކޮ
އައިއެމްއެފުން ލިބުނީ ވަރަށް އީޖާބީ ޖަވާބެއް: ލަންކާ
އައިއެމްއެފްގެ ވަފުދެއް ލަންކާ އަށް ޒިޔާރަތް ކުރަނީ
ގޯޓާބޭ، ސިންގަޕޫރުން ތައިލޭންޑަށް ވަޑައިގަންނަވަނީ
ރަނިލް ރައީސްކަމަށް، ރައްޔިތުން މަގުތަކަށް