10 އެޕްރީލް 2022
ކޮލަމްބޯ (އެޕްރީލް 10) - ބޮޑުވަޒީރުގެ މަގާމުން މަހިންދާ ރާޖަޕަކްސާ ދުރުކުރުމަށް ރައީސް ގޯޓާބޭ ރާޖަޕަކްސާ އަށް ކޯލިޝަނުގެ ކުރީގެ ބައެއް ބައިވެރިން ހުށަހަޅައިފި އެވެ.
ކޮލަމްބޯ (އެޕްރީލް 10) - ބޮޑުވަޒީރުގެ މަގާމުން މަހިންދާ ރާޖަޕަކްސާ ދުރުކުރުމަށް ރައީސް ގޯޓާބޭ ރާޖަޕަކްސާ އަށް ކޯލިޝަނުގެ ކުރީގެ ބައެއް ބައިވެރިން ހުށަހަޅައިފި އެވެ.
އިސްތިއުފާ ދިން ކެބިނެޓުގެ ޑިޒާސްޓަ މިނިސްޓަރު އަދި ކޯލިޝަނުގެ ކުރީގެ ޕާޓްނަރު ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) ގެ ސެކްރެޓަރީ ޖެނެރަލް އަނޫރާ ޕްރިޔަދަރްޝަނާ ޔާޕާ އިސްވެ ރައީސް އަށް ހުށަހަޅާފައި ވަނީ މަހިންދާ މަގާމުން ދުރުކޮށް އާ ބޮޑުވަޒީރެއް އައްޔަންކޮށް އާ ކެބިނެޓަށް އިއުލާންކުރުމަށެވެ. ލަންކާ އަށް މިހާރު ދިމާވެފައިވާ ސިޔާސީ އަދި އިގްތިސާދީ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތަކެއް ވެސް 11 ޕާޓްނަރުންގެ ފަރާތުން އޭނާ ވަނީ ހުށަހަޅުއްވައިފަ އެވެ. ރައީސް އަށް ފޮނުވި ސިޓީގައި ސޮއިކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެސްއެލްއެފްޕީގެ ލީޑަރު އަދި ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ސަރުކާރު ކޯލިޝަނުން ވަކިވި 42 ޕާލަމެންޓް މެންބަރުން ވެސް ހިމެނެ އެވެ.
ސިޔާސީ މައްސަލަ ހައްލު ކުރުމަށް ވަނީ ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނޭ ނޭޝަނަލް އެގްޒެކެޓިވް ކައުންސިލެއް އުފެއްދުމަށް ހުށަހަޅައިފަ އެވެ. އަދި ޕާލަމެންޓުގައި އެއްބަސްވެވޭ ގޮތަކަށް އާ ކެބިނެޓަކާއި އާ ބޮޑުވަޒީރެއް އައްޔަން ކުރުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. އޭގެ ފަހުން އިންތިޚާބެއް ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށް ވެސް އެދިފައިވެ އެވެ.
ކެބިނެޓުގެ 26 މިނިސްޓަރުން އިސްތިއުފާ ދެއްވި ނަމަވެސް ރައީސް އާއި ބޮޑުވަޒީރު އިސްތިއުފާ ދެއްވަން ވަނީ ދެކޮޅު ހައްދަވައިފަ އެވެ.
ރާޖަޕަކްސާ އަށް: ރީތި ގޮތުގައި އިސްތިއުފާދީ!
ވަގުތީ ސަރުކާރުގެ ވެސް ބޮޑުވަޒީރަކަށް ވާނީ އަޅުގަނޑު
ރާޖަޕަކްސާގެ ވަފާތެރިން ވެސް ދެކޮޅުވާން ފަށައިފި
ރާޖަޕަކްސާ 10ބިލިއަން އިންވެސްޓްކުރި ވާހަކަ ދޮގުކޮށްފި
މުޒާހަރާގެ ކޮންމެ މިނިޓަކީ ގެއްލޭ ޑޮލަރު: ރާޖަޕަކްސާ
ލަންކާ ސަރުކާރާދެކޮޅަށް އިތުބާރުނެތްކަމުގެ ވޯޓެއް ނަގަނީ
ލަންކާގެ ކެބިނެޓް އިސްތިއުފާ ދީފި
ލަންކާގެ ބާރުގަދަ ރާޖަޕަކްސާ އާއިލާ ހޫނުފެނުގައި
ރަނިލް ދުރުކުރަން ރާޖަޕަކްސާ މަސައްކަތް ކުރައްވަނީ
ރާޖަޕަކްސާގެ ބޭބެ ނަން އަނބުރާ ގެންދަވައިފި