Roadha Mihaaru
ރާޖަޕަކްސާ 10ބިލިއަން އިންވެސްޓްކުރި ވާހަކަ ދޮގުކޮށްފި

ޔުގެންޑާގެ ކުންފުންޏެއްގައި ރާޖަޕަކްސާ 10 ބިލިއަން ޑޮލަރު އިންވެސްޓްކުރި ވާހަކަ ދޮގުކޮށްފި

19 އެޕްރީލް 2022

ކަމްޕާލާ (އެޕްރީލް 19) - ޔޫގެންޑާގެ ސެރެނިޓީ ގްރޫޕް ލިމިޓެޑުގައި ސްރީ ލަންކާގެ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ 10 ބިލިއަން ޑޮލަރު އިންވެސްޓް ކުރި ކަމަށް ސޯޝަލް މީޑިއާގައި ފަތުރާފައިވާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކަމްޕާލާ (އެޕްރީލް 19) - ޔޫގެންޑާގެ ސެރެނިޓީ ގްރޫޕް ލިމިޓެޑުގައި ސްރީ ލަންކާގެ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ 10 ބިލިއަން ޑޮލަރު އިންވެސްޓް ކުރި ކަމަށް ސޯޝަލް މީޑިއާގައި ފަތުރާފައިވާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފި އެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސްރީ ލަންކާގެ ބޮޑުވަޒީރު، ސެރެނިޓީ ގްރޫޕް އޮފް ކޮމްޕެނީޒްގައި 10 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާ ކަމަށް ފަތުރާފައިވާ ޚަބަރުތަކުގެ މައުލޫމާތު ކުންފުނީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

"މިއީ އެއްވެސް ހަގީގަތެއް ހުރި ވާހަކަތަކެއް ނޫން. އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. "މިއީ މި ކުންފުނީގެ ހައިބަތާއި ކާމިޔާބުތައް ނޭނގޭ ބަޔަކަށް ނުބައި މައުލޫމާތުތަކެއް ފޯރުކޮށްދީގެން ކޮށްފައިވާ ކަމެއް."

ސެރެނިޓީ ގްރޫޕުން ބުނީ ކުންފުނީގެ ނަމާއި ފޮޓޯތަކާއި ވެބްސައިޓުގައިވާ މައުލޫމާތާއި ސޯޝަލް މީޑިއާ އެކައުންޓްތަކުގެ މައުލޫމާތު ބޭނުންކުރި އިރު ހުއްދަ ހޯދާފައި ނުވާ ކަމަށާ އަދި އެ ކުންފުނީގެ ކޮމެންޓެއް ހޯދުމަށް ގުޅާފައި ވެސް ނުވާ ކަމަށެވެ.

ސެރެނިޓީ ގްރޫޕުން ބުނީ އެ ކުންފުނިން އެންމެ ފުރަތަމަ ނިންމީ އެއްވެސް ހަގީގަތެއް ނެތް އެ ވާހަކަތަކަށް ކޮމެންޓް ނުކުރުމަށް ކަމަށާއި ނަމަވެސް ކުންފުނީގެ ނަން ހިފެހެއްޓުމަށްޓަކައި ސިޔާސީ ޕްރޮޕަގެންޑާގެ ހަގީގަތް ހާމަކޮށްދޭން ބޭނުންވީ ކަމަށް ބުންޏެވެ.