Roadha Mihaaru
ލަންކާގެ ސީއައިޑީން ރާޖަޕަކްސާއާ ސުވާލުކޮށްފި

ލަންކާގެ ސީއައިޑީން ރާޖަޕަކްސާއާ ސުވާލުކޮށްފި

26 މެއި 2022

ކޮލަމްބޯ (މެއި 26) - ސްރީ ލަންކާގެ އިގްތިސާދު ހީނަރުވެ އާއްމުންގެ ދިރިއުޅުމަށް އުނދަގޫތައް ފޯރަން ފެށުމުން، ކުރަން ފެށި މުޒާހަރާތަކުގައި މި މަހު 9 ދުވަހު ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާއާ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން ސުވާލުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ސީއައިޑީގެ ޚާއްސަ ޓީމަކުން އިއްޔެ ވަނީ ތިން ގަޑިއިރުވަންދެން ރާޖަޕަކްސާއާ ސުވާލުކޮށްފަ އެވެ. ފުލުހުން ބުނީ ރާޖަޕަކްސާއާ ސުވާލުކޮށްފައި ވަނީ ކޮލަމްބޯގައި ކަމަށެވެ. ނަމަވެސް ސުވާލުކުރި ތަނެއް ހާމަކޮށްފައެއް ނުވެ އެވެ.

ބޮޑުވަޒީރުގެ މަގާމުން ރާޖަޕަކްސާ އިސްތިއުފާދޭކަން މި މަހު 9 ވަނަ ދުވަހު އިއުލާންކުރުމާ އެކު ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ވަނީ، ޓެމްޕަލް ޓްރީސް އާއި ގޯލް ފޭސް އޭރިއާގައި މުޒާހަރާކުރަމުން ދިޔަ މީހުންގެ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގައިފަ އެވެ.

ރާޖަޕަކްސާގެ ބަދަލުގައި ލަންކާގެ ބޮޑުވަޒީރުގެ މަގާމަށް އިސްކޮށްފައި ވަނީ ކުރިން އެތައް ފަހަރަކު ބޮޑުވަޒީރުކަން ކުރައްވާފައިވާ ރަނިލް ވިކްރަމަސިންހަ އެވެ. ރަނިލް ގެންދަވަނީ އިގްތިސާދު ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރައްވަމުންނެވެ.