Roadha Mihaaru
ރާޖަޕަކްސާގެ ވަފާތެރިން ވެސް ދެކޮޅުވާން ފަށައިފި

ރާޖަޕަކްސާގެ ވަފާތެރިން ވެސް ދެކޮޅުވާން ފަށައިފި

23 އެޕްރީލް 2022

ކޮލަމްބޯ (އެޕްރީލް 23) - ސްރީ ލަންކާގެ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާގެ އެންމެ ގާތް ވަފާތެރިންގެ ގޮތުގައި ބެލެވޭ މީހުން ވެސް، ދެކޮޅުވެ، މިހާރު ފަށާފައިވާ މުޒާހަރާތަކަށް ތާއިދުކުރަން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އެޕްރީލް 23) - ސްރީ ލަންކާގެ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާގެ އެންމެ ގާތް ވަފާތެރިންގެ ގޮތުގައި ބެލެވޭ މީހުން ވެސް، ދެކޮޅުވެ، މިހާރު ފަށާފައިވާ މުޒާހަރާތަކަށް ތާއިދުކުރަން ފަށައިފި އެވެ.

ރާޖަޕަކްސާގެ ވަފާތެރިއެއްގެ ގޮތުގައި ބެލެވުނު މީޑިއާ މިނިސްޓަރު ނަލަކަ ގޮޑަހެވާ ވަނީ ރައީސް ގޯޓާބޭ ރާޖަޕަކްސާގެ ގެކޮޅުގެ ބޭރުގައި މުޒާހަރާކުރާ މީހުންނަށް ތާއިދުކޮށް، ރައީސް އާއި ބޮޑުވަޒީރު އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފަ އެވެ. އޭނާ ވިދާޅުވީ ރައީސް ގޯޓާބޭ މިހާރު ކުރައްވަން ޖެހޭނެ ކަމަކީ ދޮށީ ބޭބޭފުޅު އަދި ބޮޑުވަޒީރު މަހިންދާ މަގާމުން ދުރުކުރުން ކަމަށެވެ. އަދި ހުރިހާ ޕާޓީއެއް ހިމެނޭ ގޮތަށް ވަގުތީ ސަރުކާރަކަށް ފުރުސަތު ދޭން ޖެހޭނެ ކަމަށް ގޮޑަހެވާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުޒާހަރާކުރަމުން ދިޔަ ބައެއްގެ ތެރެއަށް މިދިޔަ އަންގާރަ ދުވަހު ފުލުހުން ބަޑިޖަހާ މީހަކު މަރާލި ފަހުން ސަރުކާރުގެ އިތުބާރާއި ޔަގީންކަން ގެއްލިފައިވާ ކަމަށެވެ.

ގޮޑަހެވާ އަކީ މިދިޔަ ހަފުތާގައި އެކުލަވާލި 17 މެންބަރުންގެ އާ ކެބިނެޓުގައި ހިމެނި ފަރާތެކެވެ. އޭނާ ވިދާޅުވީ މަގާމުން އިސްތިއުފާ ދިނުމަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އޭނާގެ އިސްތިއުފާ ރައީސް އަދި ގަބޫލްކުރައްވާފައި ނުވާ ކަމަށެވެ.

"ބޮޑުވަޒީރު ވެސް ހިމެނޭ ގޮތަށް މުޅި ކެބިނެޓް އިސްތިއުފާ ދިނުމަށް ފަހު ވަގުތީ ސަރުކާރަކަށް ފުރުސަތު ދޭން ޖެހޭ. އެނޫން ގޮތަކަށް އިތުބާރެއް ނުހޯދޭނެ،" ފޭސްބުކުގައި ގޮޑަހެވާ ލިޔުއްވާފައިވެ އެވެ.

ލަންކާ މިހާރު ތަޖްރިބާކުރަމުން ދަނީ އެ ގައުމު 1948 ވަނަ އަހަރު މިނިވަންވި ފަހުން ކުރިމަތިވި އިގްތިސާދީ އެންމެ ބޮޑު ދަތެވެ.