14 ނޮވެމްބަރ 2018
ކޮލަމްބޯ (ނޮވެމްބަރު 14) - ސްރީ ލަންކާގެ ބޮޑު ވަޒީރު ކަމަށް ހަމަޖެއްސި ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އަށް ޕާލަމެންޓުގެ އިތުބާރު އޮތްތޯ ބަލަން މިއަދު ވޯޓެއް ނަގަން ނިންމައިފި އެވެ.
ކޮލަމްބޯ (ނޮވެމްބަރު 14) - ސްރީ ލަންކާގެ ބޮޑު ވަޒީރު ކަމަށް ހަމަޖެއްސި ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އަށް ޕާލަމެންޓުގެ އިތުބާރު އޮތްތޯ ބަލަން މިއަދު ވޯޓެއް ނަގަން ނިންމައިފި އެވެ.
ރާޖަޕަކްސާ އަށް ޕާލަމެންޓުގެ މެޖޯރިޓީ ލިބިދާނެހެން ހީނުވުމުން ރައީސް މައިތުރިޕާލާ ސިރިސޭނާ ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ޕާލަމެންޓް އުވާލައިފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ރޭ ވަނީ ޕާލަމެންޓް އުވާލުން ބާތިލް ކަމަށް ބުނެ ވަގުތީ އަމުރެއް ނެރެފަ އެވެ.
ޕާލަމެންޓުގެ ބައްދަލުވުމުގެ ކުރިން މިއަދު ހެނދުނު ވަނީ ޕާޓީތަކުގެ ލީޑަރުންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. ރާޖަޕަކްސާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ހުށަހަޅާފައި ވަނީ މާކްސިސްޓް ޕާޓީންނެވެ. އެ ޕާޓީން އެ މައްސަލަ ހުށަހެޅީ ޕާޓީތަކުގެ ލީޑަރުންގެ ބައްދަވުމުގަ އެވެ.
ލަންކާގައި އެންމެ ފަހުގެ ސިޔާސީ މައްސަލަ ގަނޑުގެ ފެށުނީ ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް ރާޖަޕަކްސާ މިދިޔަ މަހު 26 ވަނަ ދުވަހު ހަމަޖެއްސުމުންނެވެ. އޭގެ ފަހުން ސިރިސޭނާ ވަނީ ޕާލަމެންޓް ސަސްޕެންޑްކޮށްފަ އެވެ. އެ މުއްދަތުގައި ރާޖަޕަކްސާ އަށް މެޖޯރިޓީ ލިބިދާނެހެން ހީނުވުމުން ސިރިސޭނާ މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ ޕާލަމެންޓް އުވާލުމަށް ފަހު އަންނަ ޖެނުއަރީ މަހު 5 ވަނަ ދުވަހު އިންތިޚާބު ބާއްވާނެކަން އިއުލާން ކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ރޭ ވަގުތީ އަމުރެއް ނެރުނު ނަމަވެސް އަންނަ މަހު 7 ވަނަ ދުވަހު ސުޕްރީމް ކޯޓެއް ގޮތެއް ނިންމާނެ އެވެ.
ލަންކާގެ ސިޔާސީ މަޝްރަހުގެ އެންމެ މުހިންމު ތިން ބޭފުޅުން
ލަންކާގެ ވަޒީރަކު ރަހީނު ކުރަން އުޅުމުން ބަޑި ޖަހައިފި
އުފާވެރި ނޫން ކައިވެންޏެއް ނިމުމަކަށް ގެނެވިއްޖެ:ސިރިސޭނާ
"ރާޖަޕަކްސާއަށް ބޮޑު ވަޒީރުކަން ދިނުން ގާނޫނާ ޚިލާފު"
ރަނިލް ދުރުކުރަން ރާޖަޕަކްސާ މަސައްކަތް ކުރައްވަނީ
އެއްބައިވުމަށް ސިރިސޭނާ އާއި ރާޖަޕަކްސާ މަޝްވަރާ އަށް
ސިރިސޭނާ އަކީ ހިޓްލަރާ އެއްކަހަލަ މީހެއް: ރަނިލް
ލަންކާގެ ތިން ލީޑަރުންގެ ބައްދަލުވުން ވެސް ފެއިލްވެއްޖެ
ޑިޕިއުޓީ މިނިސްޓަރަކު ސަރުކާރުން ވަކިވެ ރަނިލް ޕާޓީއަށް
ޕާލަމެންޓް ހުޅުވާއިރު ބޮޑުވަޒީރުގެ ގޮނޑީގައި ރާޖަޕަކްސާ