28 އޮކްޓޯބަރ 2018
ކޮލަމްބޯ (އޮކްޓޯބަރު 28) - ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އަށް ވަފާތެރި ސަޕޯޓަރުންތަކެއް ޕެޓްރޯލިއަމް މިނިސްޓަރު އަރްޖުނާ ރަނަތުންގާ ރަހީނު ކުރަން އުޅުމުން މިނިސްޓަރުގެ ބޮޑީ ގާޑުން ބަޑިޖަހާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ކޮލަމްބޯ (އޮކްޓޯބަރު 28) - ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އަށް ވަފާތެރި ސަޕޯޓަރުންތަކެއް ޕެޓްރޯލިއަމް މިނިސްޓަރު އަރްޖުނާ ރަނަތުންގާ ރަހީނު ކުރަން އުޅުމުން މިނިސްޓަރުގެ ބޮޑީ ގާޑުން ބަޑިޖަހާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ބަޑީގެ ހަމަލާގައި ދެ މީހަކު ޒަޚަމްވެފައިވާ ކަމަށެވެ. މިއީ ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ މިދިޔަ ހުކުރު ދުވަހުގެ ރޭ ހަމަޖެއްސި ފަހުން ހިންގި އެންމެ ބޮޑު ހަމަނުޖެހުމެވެ. ބޮޑު ވަޒީރު ކަމުގެ ހުވާ ރާޖަޕަކްސާ ކުރެއްވުމާ އެކު އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ ސަރުކާރުގެ ޓީވީ ސްޓޭޝަންތަކުގެ ކޮންޓްރޯލް ނަގައިފަ އެވެ.
މަގާމުން ދުރުކުރި ނަމަވެސް ރަނިލް ވަނީ ބޮޑު ވަޒީރުގެ ގެކޮޅުން ނުކުމެވަޑައިގަތުމަށް ދެކޮޅު ހައްދަވައިފަ އެވެ. ރަނިލް ވިދާޅުވީ އޭނާ މަގާމުން ދުރުކުރެވޭނީ ޕާލަމެންޓަށް އެކަނި ކަމަށެވެ. ލަންކާގެ ސިޔާސީ ހާލަތު އިތުރަށް ގޯސްވެ ހައްލެއް ހޯދަން އުނދަގޫވެފައި ވަނީ އަންނަ މަހު 16 އާ ހަމައަށް ޕާލަމެންޓް ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ.
ރާޖަޕަކްސާ އަށް އިތުބާރު އޮތްތޯ ވޯޓެއް ނަގަނީ
ލަންކާގެ ސިޔާސީ މަޝްރަހުގެ އެންމެ މުހިންމު ތިން ބޭފުޅުން
އުފާވެރި ނޫން ކައިވެންޏެއް ނިމުމަކަށް ގެނެވިއްޖެ:ސިރިސޭނާ
"ރާޖަޕަކްސާއަށް ބޮޑު ވަޒީރުކަން ދިނުން ގާނޫނާ ޚިލާފު"
ރަނިލް ދުރުކުރަން ރާޖަޕަކްސާ މަސައްކަތް ކުރައްވަނީ
އެއްބައިވުމަށް ސިރިސޭނާ އާއި ރާޖަޕަކްސާ މަޝްވަރާ އަށް
ސިރިސޭނާ އަކީ ހިޓްލަރާ އެއްކަހަލަ މީހެއް: ރަނިލް
ލަންކާގެ ތިން ލީޑަރުންގެ ބައްދަލުވުން ވެސް ފެއިލްވެއްޖެ
ޑިޕިއުޓީ މިނިސްޓަރަކު ސަރުކާރުން ވަކިވެ ރަނިލް ޕާޓީއަށް
ރަނިލް މަގާމުން ވަކިކުރުމާ އެޓާނީ ޖެނެރަލް ދެކޮޅު