26 އޮކްޓޯބަރ 2018
ކޮލަމްބޯ (އޮކްޓޯބަރު 26) - ސްރީ ލަންކާގެ ބޮޑު ވަޒީރުކަމުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހަމަޖެއްސުމަކީ ގާނޫނު އަސާސީއާ ޚިލާފަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ކުރެއްވި ކަމެއް ކަމަށް މާލީ ވަޒީރު މަންގަލަ ސަމަރަވީރާ ވިދާޅުވެއްޖެ އެވެ.
ކޮލަމްބޯ (އޮކްޓޯބަރު 26) - ސްރީ ލަންކާގެ ބޮޑު ވަޒީރުކަމުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހަމަޖެއްސުމަކީ ގާނޫނު އަސާސީއާ ޚިލާފަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ކުރެއްވި ކަމެއް ކަމަށް މާލީ ވަޒީރު މަންގަލަ ސަމަރަވީރާ ވިދާޅުވެއްޖެ އެވެ.
"ރާޖަޕަކްސާ އަށް ބޮޑު ވަޒީރުކަން ދިނީ ގާނޫނާ ޚިލާފަށް. މިއީ ޑިމޮކްރެސީއާ ޚިލާފު ބަޣާވާތެއް،" ސަމަރަވީރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި 2015 ވަނަ އަހަރު ގާނޫނު އަސާސީ އަށް ގެނައި 19 ވަނަ އިސްލާހުގެ ދަށުން، ބޮޑު ވަޒީރު މަގާމުން ދުރުކުރުމަކީ ރައީސް އަށް ކުރެއްވޭނެ ކަމެއް ނޫނެވެ. ބޮޑު ވަޒީރު މަގާމުން ދުރު ކުރެވޭނީ ޕާލަމެންޓަށެވެ. އެހެންވެ ޕާލަމެންޓުގެ މެޖޯރިޓީ ނެތި އެއީ ކުރެއްވޭނެ ކަމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. ރާޖަޕަކްސާ އާއި ސިރިސޭނާގެ ޕާޓީ އެއްކޮށްލުމުން ލިބެނީ 95 ގޮނޑި އެވެ. އެއީ ސިމްޕަލް މެޖޯރިޓީއެއް ނޫނެވެ. ރަނިލްގެ ޔޫއެންޕީ އަށް 106 ގޮނޑި ލިބިފައިވާ އިރު އެއީ މެޖޯރިޓީ ހޯދަން ހަތް ގޮނޑި މަދު އަދަދެކެވެ.
މަގާމުން ދުރުކުރި މައްސަލާގައި ރަނިލްގެ ފަރާތުން ބަޔާނެއް އަދި ނެރެފައެއް ނުވެ އެވެ.
ބޮޑު ވަޒީރުކަމުގެ މަގާމުން ދުރުކުރި ރަނިލް. --ފޮޓޯ:އޭއެފްޕީ
ލަންކާ ސަރުކާރަށް މި ކުއްލި ބަދަލު އައިސްފައި މި ވަނީ ސިރިސޭނާ އާއި ރަނިލްއާ ދެމެދު މައްސަލަ ޖެހިފައިވާތާ ދުވަސްތަކެއް ފަހުންނެވެ. ދެ ބޭފުޅުންގެ މެދުގައި އެންމެ ބޮޑަށް ޚިޔާލުތަފާތުވުން އުފެދުނީ އިގްތިސާދީ ސިޔާސަތު ހިންގުމާއި ދުވަހުން ދުވަހަށް ސަރުކާރު ހިންގުމުގައި ދިމާވާ މައްސަލަތަކުގަ އެވެ. ޚިޔާލު ތަފާތުވުން ތިލަވެފައި ވަނީ ފެބްރުއަރީ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ކޯލިޝަނަށް ލިބުނު ބޮޑު ނާކާމިޔާބީ އަށް ފަހު އެވެ.
ލަންކާގެ ބަނދަރެއް ހިންގަން އިންޑިއާއާ ހަވާލު ކުރުމާ މެދު މިދިޔަ ހަފުތާގައި ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި ސިރިސޭނާ އާއި ރަނިލްއާ ދެމެދު ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެ ބަހުގެ ހަމަލާތައް ބަދަލުކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ސިރިސޭނާ އަވަހާރަކޮށްލަން ރޭވިކަމަށް ބުނާ މައްސަލާގައި ކޯލިޝަން ޕާޓްނަރު ޔޫއެންޕީން ސީރިއަސް ނުވާ ކަމަށް ސިރިސޭނާ މިދިޔަ ހަފުތާގައި ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
ރައީސްކަމުގެ އާ ދައުރަކަށް ވާދަނުކުރައްވާނެ ކަމަށް ސިރިސޭނާ ކުރިން ވިދާޅުވެފައިވާ ވިދާޅުވުމުން މި އަހަރު ކުރީކޮޅު އަނބުރާ ގެންނެވުމުން ވެސް ދެ ބޭފުޅުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުން އެފެދިފަ އެވެ. ރައީސް ކަމަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ރަނިލް ވެސް ގެންގުޅުއްވި ކަމަށްވެ އެވެ.
އިތުބާރު ނެތްކަމުގެ ވޯޓެއްގައި ރަނިލް މަގާމުން ދުރު ކުރަން މި އަހަރު އެޕްރީލް މަހު ކުރި މަސައްކަތުގެ ފަހަތުގައި ސިރިސޭނާ ހުންނެވި ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.
ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ލީޑަރު ރަނިލް މަގާމުން ދުރުކުރުމުގެ ކުރިން ސިރިސޭނާގެ ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) މިއަދު ވަނީ ވެރިކަން ކުރާ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) އިން ވަކިވެފައިވާ ކަމަށް އެގްރިކަލްޗަރަލް މިނިސްޓަރު މަހިންދާ އަމަރަވީރާ ވަނީ ވިދާޅުވެފަ އެވެ.
ލަންކާގެ ރައީސްކަމުގެ މަގާމަށް 2015 ވަނަ އަހަރު ސިރިސޭނާ ގެންނައުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ފަރާތަކީ ރަނިލް އެވެ. ރާޖަޕަކްސާގެ ސަރުކާރުގައި ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވުމަށް ފަހު ސިރިސޭނާ އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނެވީ އެންމެ ފަހު ވަގުތު އެވެ.
ރާޖަޕަކްސާ އަށް އިތުބާރު އޮތްތޯ ވޯޓެއް ނަގަނީ
ލަންކާގެ ސިޔާސީ މަޝްރަހުގެ އެންމެ މުހިންމު ތިން ބޭފުޅުން
ލަންކާގެ ވަޒީރަކު ރަހީނު ކުރަން އުޅުމުން ބަޑި ޖަހައިފި
އުފާވެރި ނޫން ކައިވެންޏެއް ނިމުމަކަށް ގެނެވިއްޖެ:ސިރިސޭނާ
ރަނިލް ދުރުކުރަން ރާޖަޕަކްސާ މަސައްކަތް ކުރައްވަނީ
އެއްބައިވުމަށް ސިރިސޭނާ އާއި ރާޖަޕަކްސާ މަޝްވަރާ އަށް
ސިރިސޭނާ އަކީ ހިޓްލަރާ އެއްކަހަލަ މީހެއް: ރަނިލް
ލަންކާގެ ތިން ލީޑަރުންގެ ބައްދަލުވުން ވެސް ފެއިލްވެއްޖެ
ޑިޕިއުޓީ މިނިސްޓަރަކު ސަރުކާރުން ވަކިވެ ރަނިލް ޕާޓީއަށް
ރަނިލް މަގާމުން ވަކިކުރުމާ އެޓާނީ ޖެނެރަލް ދެކޮޅު