Roadha Mihaaru
ޑިޕިއުޓީ މިނިސްޓަރަކު ސަރުކާރުން ވަކިވެ ރަނިލް ޕާޓީއަށް

ޑިޕިއުޓީ މިނިސްޓަރަކު ސަރުކާރުން ވަކިވެ ރަނިލްއާ ގުޅިއްޖެ

07 ނޮވެމްބަރ 2018

ކޮލަމްބޯ (ނޮވެމްބަރު 7) - ސްރީ ލަންކާގެ ޕާލަމެންޓުގައި ހިމެނޭ ޑިޕިއުޓީ މިނިސްޓަރަކު ސަރުކާރުން ވަކިވުމަށް ފަހު މަގާމުން ދުރުކުރި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ޕާޓީއާ ގުޅިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ނޮވެމްބަރު 7) - ސްރީ ލަންކާގެ ޕާލަމެންޓުގައި ހިމެނޭ ޑިޕިއުޓީ މިނިސްޓަރަކު ސަރުކާރުން ވަކިވުމަށް ފަހު މަގާމުން ދުރުކުރި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ޕާޓީއާ ގުޅިއްޖެ އެވެ.

ޑިޕިއުޓީ މިނިސްޓަރު އޮފް ލޭބާ އެންޑް ފޮރިން އެމްޕްލޮއިމަންޓް މަނުޝާ ނަނަޔަކަރަ ރަނިލްއާ ގުޅުނު އިރު ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ބޮޑު ވަޒީރު ކަމަށް އަލަށް ހަމަޖެއްސި މަހިންދާ ރާޖަޕަކްސާ ގެންދަވަނީ ޕާލަމެންޓް ހުޅުވަންވާ އިރަށް މެޖޯރިޓީ ހޯދަން މަސައްކަތް ކުރައްވަމުންނެވެ.

ލަންކާ ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިއާ ވިދާޅުވެފައި ވަނީ ޕާލަމެންޓުގެ މެޖޯރިޓީ ރާޖަޕަކްސާ ސާބިތުކޮށްދެންދެން ބޮޑު ވަޒީރު ކަމަށް ބަލައިގަންނާނީ ރަނިލް ކަމަށެވެ. ރައީސް ސިރިސޭނާ އަށް ފޮނުއްވި ސިޓީއެއްގައި ނަނަޔަކަ ވިދާޅުވެފައި ވަނީ ޕާލަމެންޓުގެ ރައީސްގެ ނިންމެވުމަށް އޭނާ ތާއީދު ކުރާ ކަމަށެވެ.

ރައީސް ސިރިސޭނާ ވިދާޅުވެފައި ވަނީ މި މަހު 14 ވަނަ ދުވަހު ޕާލަމެންޓް ހުޅުވުމުގެ ކުރިން ރާޖަޕަކްސާ އަށް ޕާލަމެންޓުގެ 113 މެންބަރުންގެ އަޣުލަބިއްޔަތު ހޯދައިދީފައިވާ ކަމަށެވެ. ނަމަވެސް ރަނިލްގެ ޕާޓީން ހަތް މެންބަރަކު ސަރުކާރާ ގުޅުނު ނަމަވެސް އަދިވެސް އެ ޕާޓީ އަށް ލިބިފައި ވަނީ 101 ގޮނޑި އެވެ. ޕާލަމެންޓުގައި 15 ގޮނޑި ތަމްސީލް ކުރާ ތަމަޅަ ޕާޓީން ވެސް ވަނީ ބޮޑު ވަޒީރު ކަމަށް ރާޖަޕަކްސާ ގެނައުމަށް ދެކޮޅު ހަދާކަމަށް ބުނެފަ އެވެ. އަދި ހަތް މެންބަރުން ހިމެނޭ ސްރީ ލަންކާ މުސްލިމް ޕާޓީން ބުނެފައި ވަނީ އެ ޕާޓީން ތާއީދުކުރާނީ ރަނިލް އަށް ކަމަށެވެ.