30 އޮކްޓޯބަރ 2018
ކޮލަމްބޯ (އޮކްޓޯބަރު 30) - ލަންކާގެ ކުރީގެ ކެބިނެޓުގެ ޕެޓްރޯލިއަމް މިނިސްޓަރު އަދި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަރުޖުނާ ރަނަތުންގާ އާއި އޭނާގެ ބޮޑީގާޑު ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.
ކޮލަމްބޯ (އޮކްޓޯބަރު 30) - ލަންކާގެ ކުރީގެ ކެބިނެޓުގެ ޕެޓްރޯލިއަމް މިނިސްޓަރު އަދި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަރުޖުނާ ރަނަތުންގާ އާއި އޭނާގެ ބޮޑީގާޑު ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.
މިނިސްޓަރާއި ބޮޑީގާޑު ހައްޔަރުކޮށްފައި މި ވަނީ ރައީސް މައިތުރިޕާލާ ސިރިސޭނާ އަށް ވަފާތެރި ބަޔަކު ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނަށް ވަދެ އެތަން ހިސޯރު ކުރަން އުޅުމުން ގޮޑީގާޑުން ބަޑިޖެހުމުން އެކަކު މަރުވިތާ އެއް ދުވަސް ފަހުންނެވެ.
މަގާމުން ދުރުކުރި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ގާތް އެކުވެރިޔާ އަދި 1996 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕް ލަންކާ އަށް ހޯދައިދިން ކެޕްޓަން ހައްޔަރު ކުރީ ބަޑިޖަހަން އަމުރު ކުރީ އޭނާ ކަމަށް ޓްރޭޑް ޔޫނިއަންތަކުން ތުހުމަތު ކުރަން ފެށުމުންނެވެ.
ލަންކާގެ ޕެޓްރޯލިއަމް މިނިސްޓަރު ރަނަތުންގާގެ ބޮޑީގާޑު ފުލުހުންގެ ބެލުމުގެ ދަށުގައި. --ފޮޓޯ:އޭއެފްޕީ
ފުލުހުންގެ ތަރުޖަމާން ރުވާން ގުނަސެކަރަ ވިދާޅުވީ މިނިސްޓަރު ހައްޔަރު ކުރީ ޕެޓްރޯލިއަމް ޔޫނިއަންތަކުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން ކަމަށެވެ. ބަޑި ޖެހި ހާދިސާއާ ދެކޮޅު ހެދުމުގެ ގޮތުން ޔޫނިއަންތަކުން އިއްޔެ ވަނީ މުޒާހަރާ ކޮށްފަ އެވެ.
ރަނަތުންގާގެ އޮފީހުން ބުނީ އެތައް ބަޔަކު އޮފީހަށް ޖަމާވެ ސްޓާފުންނަށް އަނިޔާކޮށް މިނިސްޓަރު ރަހީނު ކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
"އޮފީހަށް ޖަމާވި މީހުން މިނިސްޓަރުގެ ކޮޓަރީގެ ދޮރު ވައްޓާލައި މިނިސްޓަރު ރަހީން ކުރަން އުޅުމުން ސްޕެޝަލް ޓާސްކް ފޯހުގެ ކޮމާންޑޯ އިން ވަނީ މިނިސްޓަރު ސަލާމަތްކޮށްފައި،" ރަނަތުންގާގެ ތަރުޖަމާން ތަމީރާ މަންޖޫ ވިދާޅުވި އެވެ.
ލަންކާގެ ތިން ލީޑަރުންގެ ބައްދަލުވުން ވެސް ފެއިލްވެއްޖެ
ރާޖަޕަކްސާ އަށް އިތުބާރު އޮތްތޯ ވޯޓެއް ނަގަނީ
ލަންކާގެ ސިޔާސީ މަޝްރަހުގެ އެންމެ މުހިންމު ތިން ބޭފުޅުން
ޑިޕިއުޓީ މިނިސްޓަރަކު ސަރުކާރުން ވަކިވެ ރަނިލް ޕާޓީއަށް
ސަރުކާރަށް ގެނައި ބަދަލު ސިރިސޭނާ ސާފުކޮށްދެއްވައިފި
ލަންކާގެ ވަޒީރަކު ރަހީނު ކުރަން އުޅުމުން ބަޑި ޖަހައިފި
އުފާވެރި ނޫން ކައިވެންޏެއް ނިމުމަކަށް ގެނެވިއްޖެ:ސިރިސޭނާ
ބޮޑުވަޒީރަކީ ރަނިލް ކަމަށް ޕާލަމެންޓުގެ ރައީސް ވިދާޅުވެއްޖެ
ބޮޑުވަޒީރުގެ ގެކޮޅުން ރަނިލް ނެރެން ކޯޓު އަމުރު ހޯދަނީ
ބޮޑުވަޒީރުގެ ގެކޮޅުން ނުކުތުމަށް ރަނިލްއަށް މުހުލަތެއް