Roadha Mihaaru
ބޮޑުވަޒީރުގެ ގެކޮޅުން ރަނިލް ނެރެން ކޯޓު އަމުރު ހޯދަނީ

ބޮޑުވަޒީރުގެ ގެކޮޅުން ރަނިލް ނެރެން ކޯޓު އަމުރު ހޯދަނީ

28 އޮކްޓޯބަރ 2018

ކޮލަމްބޯ (އޮކްޓޯބަރު 28) - ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުން ނުކުމެވަޑައިގަތުމަށް ރަނިލް ވިކްރަމަސިންހަ އަށް ދިން މުހުލަތު މިއަދު ހެނދުނު 8 ޖެހިއިރު ހަމަވުމާ އެކު ބޮޑު ވަޒީރުގެ ގެކޮޅުން ރަނިލް ނެރުމަށްޓަކައި ފުލުހުން ކޯޓު އަމުރެއް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އޮކްޓޯބަރު 28) - ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުން ނުކުމެވަޑައިގަތުމަށް ރަނިލް ވިކްރަމަސިންހަ އަށް ދިން މުހުލަތު މިއަދު ހެނދުނު 8 ޖެހިއިރު ހަމަވުމާ އެކު ބޮޑު ވަޒީރުގެ ގެކޮޅުން ރަނިލް ނެރުމަށްޓަކައި ފުލުހުން ކޯޓު އަމުރެއް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ރަނިލްގެ ރަސްމީ ސެކިއުރިޓީ އިއްޔެ ވަނީ ކަނޑާލައިފަ އެވެ. އަދި ރަސްމީ ކާރު ކޮޅު ވެސް މިހާރު ވަނީ ސަރުކާރަށް ނަގައިފަ އެވެ.

ރަނިލް ވިދާޅުވަމުން ގެންދަވަނީ އޭނާ މަގާމުން ދުރުކުރީ ގާނޫނާ ޚިލާފަށް ކަމަށާއި އެކަން ކުރެވޭނީ ޕާލަމެންޓަށް އެކަނި ކަމަށެވެ. އަދި ޕާލަމެންޓުގެ މެޖޯރިޓީ ރަނިލްގެ ޔޫއެންޕީ އަށް އޮތްކަން ސާބިތުކޮށް ދިނުމަށް ޖަލްސާއެއް ބޭއްވުމަށް ވަނީ ގޮވާލައްވައިފަ އެވެ. ނަމަވެސް ރައީސް މައިތުރިޕާލާ ސިރިސޭނާ ވަނީ އަންނަ މަހު 16 އާ ހަމައަށް ޕާލަމެންޓް ހުއްޓުވައިފަ އެވެ.

ބޮޑު ވަޒީރުކަމުގެ މަގާމުން ދުރުކުރި ރަނިލް ވިކްރަމަސިންހަ މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި. --ފޮޓޯ:އޭއެފްޕީ

ބޮޑު ވަޒީރުކަމުގެ މަގާމުން ދުރުކުރި ރަނިލް ވިކްރަމަސިންހަ މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި. --ފޮޓޯ:އޭއެފްޕީ

ލަންކާގެ ސިޔާސީ މަޝްރަހު ހަލަބޮލިވުމާ ގުޅިގެން ފުލުހުންގެ ހުރިހާ ޗުއްޓީއެއް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ. އަދި ކޮލަމްބޯގައި ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅު ކަމަށްވާ ޓެމްޕަލް ޓްރީސް އާއި ރައީސްގެ އޮފީހަށް ވަނީ އިތުރު ސިފައިން ފޮނުވައިފަ އެވެ.

ބޮޑުވަޒީރުގެ ހުވާ ހުކުރު ދުވަހުގެ ރޭ ކުރެއްވި ކުރީގެ ބާރުގަދަ ރައީސް މަހިންދާ ރާޖަޕަކްސާގެ ކެބިނެޓަށް ބައެއް މެންބަރުން މިއަދު ހަމަޖައްސައި މާދަމާ ސަރުކާރުގެ މަސައްކަތް ފަށާނެ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.