28 އޮކްޓޯބަރ 2018
ކޮލަމްބޯ (އޮކްޓޯބަރު 28) - ގާނޫނީ ގޮތުން ލަންކާގައި ހުންނެވި ބޮޑު ވަޒީރަކީ މިދިޔަ ހުކުރު ދުވަހުގެ ރޭ މަގާމުން ދުރުކުރި ރަނިލް ވިކްރަމަސިންހަ ކަމަށް ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިޔާ ވިދާޅުވެއްޖެ އެވެ.
ކޮލަމްބޯ (އޮކްޓޯބަރު 28) - ގާނޫނީ ގޮތުން ލަންކާގައި ހުންނެވި ބޮޑު ވަޒީރަކީ މިދިޔަ ހުކުރު ދުވަހުގެ ރޭ މަގާމުން ދުރުކުރި ރަނިލް ވިކްރަމަސިންހަ ކަމަށް ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިޔާ ވިދާޅުވެއްޖެ އެވެ.
ރަނިލް ވިދާޅުވެފައި ވަނީ އޭނާ މަގާމުން ދުރުކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެއީ ރައީސް އަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި ބޮޑު ވަޒީރު މަގާމުން ދުރުކުރެވޭނީ ޕާލަމެންޓަށް ކަމަށް ރަނިލް ވިދާޅުވި އެވެ. އަދި ޕާލަމެންޓުގެ އަޣުލަބިއްޔަތު އޮތީ އޭނާ އަށް ކަން ސާބިތުކޮށްދޭން ޖަލްސާއެއް ބޭއްވުމަށް ވެސް ރަނިލް ވަނީ އެދިވަޑައިގެންފަ އެވެ. އެކަމަކު ރައީސް މައިތުރިޕާލާ ސިރިސޭނާ ވަނީ އަންނަ މަހު 16 އާ ހަމައަށް ޕާލަމެންޓް ހުއްޓުވައިފަ އެވެ.
ސަރުކާރުން މިހާރު ވަނީ ރަނިލްގެ ސެކިއުރިޓީ ނަގައި ރަސްމީ ކާރު ވެސް އަތުލައިފަ އެވެ. އެކަމަކު ރަނިލް ގެންދަވަނީ ބޮޑު ވަޒީރުގެ ގެކޮޅުން ނުކުތުމަށް ދެކޮޅު ހައްދަވަމުންނެވެ. ބޮޑު ވަޒީރުގެ ގެކޮޅުން ނުކުތުމަށް މިއަދު ހެނދުނު 8 އަށް ދިން މުހުމަތު ހަމަވުމުން ފުލުހުން ވަނީ ކޯޓު އަމުރެއް ހޯދައިގެން ރަނިލް ނެރުމުގެ މަސައްކަތް ކޮށްފަ އެވެ.
ޕާލަމެންޓުގެ ރައީސް ވިދާޅުވީ ޕާލަމެންޓުގެ އަޣުލަބިއްޔަތު އޮތީ އެހެން ކެންޑިޑޭޓަކަށްކަން ސާބިތުކުރެވެންދެން ރަނިލް އަށް ދީފައިވާ ހުރިހާ އިނާޔަތްތައް އުނިކޮށްގެން ނުވާނެ ކަމަށެވެ.
ތިން ހަފުތާ ވަންދަން ޕާލަމެންޓް ހުއްޓުވައިފައި ބޭއްވުމުން ސިޔާސީ މައްސަލަތައް އިތުރަށް ގޯސްވާނެ ކަމަށް ވެސް ރައީސް ސިރިސޭނާ އަށް ކަރު ޖަޔަސޫރިޔާ ފޮނުވި ސިޓީގައި ވިދާޅުވެފައިވެ އެވެ. ޕާލަމެންޓް ސަސްޕެންޑް ކުރުމުގެ ކުރިން އޭނާއާ ސިރިސޭނާ މަޝްވަރާ ކުރައްވާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލަންކާގެ ތިން ލީޑަރުންގެ ބައްދަލުވުން ވެސް ފެއިލްވެއްޖެ
ރާޖަޕަކްސާ އަށް އިތުބާރު އޮތްތޯ ވޯޓެއް ނަގަނީ
ލަންކާގެ ސިޔާސީ މަޝްރަހުގެ އެންމެ މުހިންމު ތިން ބޭފުޅުން
ޑިޕިއުޓީ މިނިސްޓަރަކު ސަރުކާރުން ވަކިވެ ރަނިލް ޕާޓީއަށް
ބަޑިޖެހި ހާދިސާގައި މިނިސްޓަރު ރަނަތުންގާ ހައްޔަރުކޮށްފި
ސަރުކާރަށް ގެނައި ބަދަލު ސިރިސޭނާ ސާފުކޮށްދެއްވައިފި
ލަންކާގެ ވަޒީރަކު ރަހީނު ކުރަން އުޅުމުން ބަޑި ޖަހައިފި
އުފާވެރި ނޫން ކައިވެންޏެއް ނިމުމަކަށް ގެނެވިއްޖެ:ސިރިސޭނާ
ބޮޑުވަޒީރުގެ ގެކޮޅުން ރަނިލް ނެރެން ކޯޓު އަމުރު ހޯދަނީ
ބޮޑުވަޒީރުގެ ގެކޮޅުން ނުކުތުމަށް ރަނިލްއަށް މުހުލަތެއް