31 އޮކްޓޯބަރ 2018
އިސްތަންބޫލް (އޮކްޓޯބަރު 31) - ކުލަގަދަ ރަސްމިއްޔާތަކާ އެކު އިސްތަންބޫލްގެ އާ އެއާޕޯޓް ރަޖަބް ތައްޔިބު އުރުދުޣާން ހުޅުވައިދެއްވައިފި އެވެ.
އިސްތަންބޫލް (އޮކްޓޯބަރު 31) - ކުލަގަދަ ރަސްމިއްޔާތަކާ އެކު އިސްތަންބޫލްގެ އާ އެއާޕޯޓް ރަޖަބް ތައްޔިބު އުރުދުޣާން ހުޅުވައިދެއްވައިފި އެވެ.
ތުރުކީ ސަރުކާރުން ބުނަނީ މިއީ ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓަށް ހަދާނެ ކަމަށެވެ.
"އާ އެއާޕޯޓް ވެގެންދާނީ ތުރުކީގެ ފަޚްރަކަށް އަދި ދުނިޔެ އަށް މިސާލަކަށް،" ދުނިޔޭގެ ބައެއް ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި، އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި އުރުދުޣާން ވިދާޅުވި އެވެ.
އިސްތަންބޫލް އެއާޕޯޓުގައި ރައީސް އުރުދުޣާން ވެހިކަލެއް ދުއްވަނީ. --ފޮޓޯ:އޭއެފްޕީ
އޭޝިއާ އާއި އެފްރިކާ އަދި ޔޫރަޕް ގުޅުވާލަދޭ މައި ހަބަކަށް އިސްތަންބޫލް ހެދުމުގެ ޕްރޮޖެކްޓަށް 12 ބިލިއަން ޑޮލަރު ވަނީ ޚަރަދުކޮށްފަ އެވެ. އެއާޕޯޓުގެ ބައެއް ކަންކަން ނިންމައި ޑިސެމްބަރު 29 ގައި ހުޅުވުމާ ހަމައަށް މިހާރު ޚިދުމަތް ދޭނީ ފަސް ޑެސްޓިނޭޝަނަކަށް ދަތުރުކުރާ ފްލައިޓްތަކަށެވެ. ޑިސެެމްބަރު މަހަށް ފަހު 90 މިލިއަން ޕަސިންޖަރުންނަށް ޚިދުމަތް ދެވޭނެ އެވެ. އެއާޕޯޓް މުޅި ޕްރޮޖެކްޓް 2028 ގައި ނިމުމުން އަހަރަކު 200 މިލިއަން މީހުންނަށް ޚިދުމަތް ދެވޭނެ އެވެ. މިއީ މިހާރު އެންމެ ބިޒީ އެއާޕޯޓް ކަމަށްވާ އެމެރިކާގެ އެޓްލާންޓާގެ ހާޓްސްފީލްޑް-ޖެކްސަން އެއާޕޯޓުން އަހަރަކު ޚިދުމަތް ދޭ 103.9 މިލިއަން މީހުންގެ ގާތްގަނޑަކަށް ދެ ގުނަ އެވެ.
އަލަށް ހުޅުވި އިސްތަންބޫލް އެއާޕޯޓުގައި ސެކިއުރިޓީ ގާޑަކު ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ
އެއާޕޯޓް ހަދަން ވަނީ 640،000 ޓަނުގެ ދަގަނޑު ބޭނުންކޮށްފަ އެވެ. މިއީ 80 އެއިފެލް ޓަވަރު ހަދާހާ ދަގަނޑެވެ. ޓާމިނަލް އިމާރާތުގެ ބޮޑު މިނަކީ 1.4 މިލިއަން އަކަ މީޓަރެވެ. މިއީ އަންކަރާ އެއާޕޯޓުގެ ޓާމިނަލް އަށް ވުރެ އަށް ގުނަ ބޮޑު އަދަދެކެވެ. އެއާޕޯޓް 2028 ގައި އެއްކޮށް ނިމުމުން ހަ ރަންވޭ އޮންނާނެ އެވެ.
ޔޫކްރޭނާއި ރަޝިޔާގެ ވާހަކަތައް ތުރުކީގައި ފަށައިފި
އިސްތަންބޫލްގެ އިންތިޚާބު އުރުދުޣާން އަށް ނާކާމިޔާބު
ތުރުކީގެ އެންމެ ބޮޑު މިސްކިތް އިސްތަންބޫލްގައި ހުޅުވައިފި
ނަތީޖާ ބާތިލްކޮށް އަލުން ވޯޓުލާން އޭކޭ ޕާޓީން އެދިއްޖެ
ތުރުކީގެ ލޯކަލް އިންތިހާބުން އުރުދުގާނަށް ބޮޑު ބައްޔެއް
ތުރުކީގައި އިޒްރޭލަށް ޖާސޫސްކޮށްދޭ ބަޔަކު ހައްޔަރު
އދ.ގައި އޮތީ އިޒްރޭލު ހިމާޔަތްކުރާ މަޖިލީހެއް
އިޒްރޭލުން ބޮޑު އަގެއް އަދާކުރަންޖެހިދާނެ: އުރުދުޣާން
ހަމާސް އާއި އިޒްރޭލު އެއް ތަރާދަކުން ނުކިރޭނެ
ނަތަންޔާހޫއާ ގުޅުން ކަނޑާލައިފިން: އުރުދުޣާން