04 މެއި 2019
އިސްތަންބޫލް (މެއި 4) - ތުރުކީގެ އެންމެ ބޮޑު މިސްކިތް އިސްތަންބޫލްގައި ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިއްޔެ ހުޅުވައިދެއްވައިފި އެވެ.
އިސްތަންބޫލް (މެއި 4) - ތުރުކީގެ އެންމެ ބޮޑު މިސްކިތް އިސްތަންބޫލްގައި ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިއްޔެ ހުޅުވައިދެއްވައިފި އެވެ.
ދެހާސް ތޭރަ ވަނަ އަހަރު މަސައްކަތް ފެށި ކެމްލިކާ މިސްކިތުގައި އެއް ފަހަރާ 63،000 މީހުންނަށް ނަމާދު ކުރެވެ އެވެ. ތުރުކީގައި މީގެ ކުރިން ހުޅުވި އެންމެ ބޮޑު މިސްކިތް ހުންނަނީ ދެކުނުގެ ޕްރޮވިންސް އަޑާނާގަ އެވެ. ނަވާރަ ސަތޭކަ އަށްޑިހަ ނުވަ ވަނަ އަހަރު ހުޅުވި ސަބަންސި ސެންޓްރަލް މިސްކިތުގައި އެއް ފަހަރާ 28،500 މީހުންނަށް ނަމާދު ކުރެވެ އެވެ.
މިސްކިތް ބިނާކޮށްފައި ހުރީ އިސްތަންބޫލްގެ އޭޝިއާ ފަޅީގައި. --ފޮޓޯ:އޮނަދުލޫ
މިސްކިތް ހުޅުވައިދެއްވުމަށް ފަހު އުރުދުޣާން ދެއްކެވި ވާހަކަތަކުގައި ވަނީ އަޅުކަން ކުރާ ތަންތަނަށް ދޭ ހަމަލާތައްް ކުށްވެރި ކުރައްވައިފަ އެވެ. އަދި އެއީ ޖިހާދު ނޫން ކަމަށާއި އެއީ ޓެރަރިޒަމް ކަމަށް ވިދާޅުވި އެވެ.
މިސްކިތުގައި ޖަހާފައިވާ ހަ މުންނާރުން ރަމްޒުކޮށްދެނީ އީމާންކަމުގެ ހަ ރުކުން ކަމަށް އޮފިޝަލުން ބުނެ އެވެ. މިސްކިތުގައި ވަނީ ތުރުކީގެ އިސްލާމީ އާޓް ހިމެނޭ މިއުޒިއަމަކާއި ލައިބްރަރީއެއް އަދި ކޮންފަރެންސް ހޯލްތައް ގާއިމްކޮށްފަ އެވެ.
މިސްކިތް ނިންމަން ފަސް އަހަރު ހޭދަވި. --ފޮޓޯ: އޮނަދުލޫ
މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި އަލްބޭނިއާގެ ރައީސް އިލީރް މެތާ އާއި ގިނީގެ ރައީސް އަލްފާ ކޮންޑޭ އާއި ސެނެގާލްގެ ރައީސް މަކީ ސޯލް އާއި ފަލަސްތީނުގެ ބޮޑު ވަޒީރު މުހައްމަދު ޝުތައްޔާ ބައިވެރިވެވަޑައިގެންނެވި އެވެ.
ޔޫކްރޭނާއި ރަޝިޔާގެ ވާހަކަތައް ތުރުކީގައި ފަށައިފި
86 އަހަރަށްފަހު ތުރުކީގެ އަޔާ ސޫފިޔާގައި ނަމާދުކޮށްފި
އިސްތަންބޫލްގެ އިންތިޚާބު އުރުދުޣާން އަށް ނާކާމިޔާބު
ނަތީޖާ ބާތިލްކޮށް އަލުން ވޯޓުލާން އޭކޭ ޕާޓީން އެދިއްޖެ
އެންމެ ބޮޑު އެއާޕޯޓަށް އިސްތަންބޫލް އެއާޕޯޓް ހަދަނީ
ތުރުކީގެ ކެމްލިކާ މިސްކިތް: ފުރިހަމަ ކަމުގެ ނަމޫނާއެއް
ތުރުކީގެ ލޯކަލް އިންތިހާބުން އުރުދުގާނަށް ބޮޑު ބައްޔެއް
ތުރުކީގައި އިޒްރޭލަށް ޖާސޫސްކޮށްދޭ ބަޔަކު ހައްޔަރު
އދ.ގައި އޮތީ އިޒްރޭލު ހިމާޔަތްކުރާ މަޖިލީހެއް
އިޒްރޭލުން ބޮޑު އަގެއް އަދާކުރަންޖެހިދާނެ: އުރުދުޣާން