Roadha Mihaaru
86 އަހަރަށްފަހު ތުރުކީގެ އަޔާ ސޫފިޔާގައި ނަމާދުކޮށްފި

86 އަހަރަށް ފަހު ތުރުކީގެ އަޔާ ސޫފިޔާގައި ނަމާދުކޮށްފި

24 ޖުލައި 2020

އިސްތަންބޫލް (ޖުލައި 24) - ތުރުކީގެ އިސްތަންބޫލްގެ ތާރީޚީ ސައިޓް މިއުޒިމެއްގެ ގޮތުގައި ބޭނުންކުރުމަށް ފަހު މިސްކިތަކަށް ބަދަލުކޮށް، 86 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެ ތަނުގައި މިއަދު ނަމާދު ކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްތަންބޫލް (ޖުލައި 24) - ތުރުކީގެ އިސްތަންބޫލްގެ ތާރީޚީ ސައިޓް މިއުޒިމެއްގެ ގޮތުގައި ބޭނުންކުރުމަށް ފަހު މިސްކިތަކަށް ބަދަލުކޮށް، 86 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެ ތަނުގައި މިއަދު ނަމާދު ކޮށްފި އެވެ.

ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ހިމަނާފައިވާ 1،500 އަހަރުވީ ސައިޓް ދާރުލްއާސާރަކަށް ހަދާފައި ވަނީ 1934 ވަނަ އަހަރު އެވެ. އޭގެ ކުރިން 1931 ވަނަ އަހަރާ ހަމައަށް އެތަނުގައި ނަމާދު ކުރި އެވެ. އެ މިސްކިތް ދާރުއާސާރަކަށް ބަދަލުކޮށްފައި ވަނީ ކަމާލް އަތާތުރުކެވެ. އެކަމަކު ތުރުކީގެ ކޯޓަކުން އެކަން ބާތިލްކޮށް، މިސްކިތެއްގެ ގޮތަށް ނޫން އެހެން ގޮތަކަށް އެ ތަން ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ.

އަޔާ ސޫފިޔާގައި ހުކުރު ނަމާދުގައި ރައީސް އުރުދުޣާން (މ) އާއި ކެބިނެޓް މެންބަރުން ބައިވެރިވެވަޑައިގެންނެވި. --ފޮޓޯ:ރޮއިޓާސް

އަޔާ ސޫފިޔާގައި ހުކުރު ނަމާދުގައި ރައީސް އުރުދުޣާން (މ) އާއި ކެބިނެޓް މެންބަރުން ބައިވެރިވެވަޑައިގެންނެވި. --ފޮޓޯ:ރޮއިޓާސް

ރައީސް ރަޖަބް ތައްޔިތު އުރުދުޣާން ވަނީ ދުނިޔެ އަށް މަޝްހޫރު އަޔާ ސޫފިޔާގައި ޖުލައި 24 ވާ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެން ނަމާދު ކުރާނެކަން އިއުލާން ކުރައްވައިފަ އެވެ. އަޔާ ސޫފިޔާގައި ކުރި މިއަދުގެ ހުކުރު ނަމާދުގައި އުރުދުޣާން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ސެކިއުރިޓީ ޗެކްކޮށް، މިސްކިތަށް ވަނުމުގެ ހުއްދަ ދިނީ 1،000 މީހުންނަށެވެ. އެހެން މީހުން ނަމާދު ކުރީ މުސައްލާ ފަތުރައިގެން ބޭރުގަ އެވެ.

ހަޔާ ސޫފިޔާ މިސްކިތުގެ އެތެރެ. --ފޮޓޯ:އަލީ ޔެރްލިކަޔާ

ހަޔާ ސޫފިޔާ މިސްކިތުގެ އެތެރެ. --ފޮޓޯ:އަލީ ޔެރްލިކަޔާ

އިސްތަންބޫލްގެ ގަވަރުނަރު އަލީ ޔެރްލިކަޔާ ވިދާޅުވީ މުސްލިމުން ތިބީ އަޔާ ސޫފިޔާގައި ނަމާދު ކުރެވޭނެ ވަގުތެއްގެ އިންތިޒާރުގައި ކަމަށެވެ.

އަޔާ ސޫފިޔާގައި ނަމާދު ކުރަން ފަށާނެކަން ޖުލައި 10 ވަނަ ދުވަހު އުރުދުޣާން އިއުލާން ކުރެއްވުމާ އެކު ތުރުކީގެ ސެކިއުލާ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވި އެވެ. އުރުދުޣާން ވިދާޅުވީ 86 އަހަރަށް ފަހު އަޔާ ސޫފިޔާގައި ނަމާދު ކުރަން ފެށި ނަމަވެސް މުސްލިމުން ނޫން މީހުންނަށް ވެސް އެތަނަށް ޒިޔާރަތް ކުރެވޭނެ ކަމަށެވެ. އަޔާ ސޫފިޔާ އަށް މިދިޔަ އަހަރު ވަނީ 3.7 މިލިއަން މީހުން ޒިޔާރަތްކޮށްފަ އެވެ.

އަޔާ ސޫފިޔާ އިމާރާތްކޮށްފައި ވަނީ 1،500 އަހަރު ކުރިން. --ފޮޓޯ:ރޮއިޓާސް

އަޔާ ސޫފިޔާ އިމާރާތްކޮށްފައި ވަނީ 1،500 އަހަރު ކުރިން. --ފޮޓޯ:ރޮއިޓާސް