Roadha Mihaaru
އަބޫދާބީ، ދުބާއީ އަދި އިސްތަންބޫލުގެ ޕްރޮމޯޝަނެއް!

ދިރާގުން އަބޫދާބީ، ދުބާއީ އަދި އިސްތަންބޫލުގެ ދަތުރު ލިބޭ ޕްރޮމޯޝަނެއް

25 ޖުލައި 2022

ދިރާގުން ޔޫއޭއީގެ އަބޫދާބީ، ދުބާއީ އަދި ތުރުކީގެ އިސްތަންބޫލު ދަތުރެއް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ދިރާގުން ޔޫއޭއީގެ އަބޫދާބީ، ދުބާއީ އަދި ތުރުކީގެ އިސްތަންބޫލު ދަތުރެއް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އެ ކުންފުނީގެ ޕޯސްޓް ޕެއިޑްގެ ހިދުމަތަށް އަލަށް ރަޖިސްޓަރީކުރާ މީހުންގެ މެދުގައި މެދުގައި ކުރިއަށް ގެންދާ އެ ޕްރޮމޯޝަން އިއުލާނު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް މެނޭޖަ އެޑްވަޓައިޒިން، ހަސަން ޝާރިހު އާދަމް ވިދާޅުވީ، ގުރުއަތުން ހޮވޭ މީހުންނަށް ލިބޭ ދަތުރުގެ ހުރިހާ ހަރަދެއް ދޭނެ ކަމަށެވެ. ދެކޮޅު ޓިކެޓާއި ހުރުމުގެ ހަރަދުގެ އިތުރުން އަބޫދާބީ އާއި ދުބާއީގެ ދަތުރުފަތުރުގެ ހަރަދު ވެސް ދިރާގުން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާރިހު ވިދާޅުވިގޮތުގައި، ނުވަ ދުވަހުގެ އެ ދަތުރު ލިބޭ މީހުން ޝޮޕިން ނުވަތަ ބޭނުންވާ އިތުރު ހަރަދުތައް ކުރުމަށް 1،000 ޑޮލަރު ވެސް ދޭނެ އެވެ.

Amilla Postpaid - Plans

Amilla Postpaid - Plans

Customize your plan the way you want! Monthly Data Plans or Salhi Daily Data Plans.

އަމިއްލަ ޕޯސްޓުޕެއިޑް ޕެކޭޖުތަކުގެ މައުލޫމާތު.

އަންނަ ސެޕްޓަމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ޕޯސްޓު ޕެއިޑްގެ ހިދުމަތަށް އަލަށް ރަޖިސްޓަރީކުރާ މީހުން ޑިޕޮސިޓް ފައިސާ ދައްކާކަށް ނުޖެހޭނެ އެވެ. އާންމު އުސޫލުން ނަމަ ޕޯސްޓް ޕެއިޑް ހިދުމަތް އަލަށް ނަގާ މީހުން ޑިޕޮސިޓް ފައިސާ ދައްކަން ޖެހެ އެވެ.

Dhiraagu Postpaid - Plans

Dhiraagu Postpaid - Plans

Just set your data, the rest is on us

ޕޯސްޓްޕެއިޑް ޕެކޭޖުތަކުގެ މައުލޫމާތު.

ދިރާގުގެ ޕޯސްޓް ޕެއިޑް ޕްރޮމޯޝަންގެ ދަށުން 500ރ. އިން މަތީގެ ޕެކޭޖު ނަގާ މީހުންނަށް، ޕެކޭޖު ނަގާ ދުވަހުން ފެށިގެން ތިން މަސް ދުވަހަށް އިތުރު 3 ޖީބީ ޑާޓާ ހިލޭ ލިބޭނެ އެވެ. އަދި ބިލުން 20 ޕަސެންޓުގެ ޑިސްކައުންޓެއް ވެސް ލިބޭނެ އެވެ.

އެ ޕްރޮމޯޝަންގައި 500ރ. އިން ދަށުގެ ޕެކޭޖު ނަގާ މީހުން، ޕެކޭޖު ނަގާ ދުވަހުން ފެށިގެން ތިން މަސް ދުވަހަށް 2 ޖީބީ ޑޭޓާ ހިލޭ ލިބޭނެ އެވެ. އަދި ބިލަށް 20 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ.