Roadha Mihaaru

ދިރާގުން ދޭ ސުވިޓްޒަލޭންޑް ދަތުރުގެ ނަސީބުވެރިޔާ ހޮވައިފި

މިދިޔަ ރޯދަ މަހު ދިރާގު އެޕް މެދުވެރިކޮށް ކަރާ ފަޅައިގެން އިނާމު ހޯދުމަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް ހުށަހެޅި ސުވިޓްޒަލެންޑް ދަތުރުގެ ނަސީބުވެރިޔާ ހޮވައި، އިނާމު ހަވާލުކޮށްފި އެވެ.

ދިރާގުން ސުވިޓްޒަލޭންޑް ދަތުރުގެ ނަސީބުވެރިޔާ ހޮވައިފި
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

23 އެޕްރީލް 2025

މިދިޔަ ރޯދަ މަހު ދިރާގު އެޕް މެދުވެރިކޮށް ކަރާ ފަޅައިގެން އިނާމު ހޯދުމަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް ހުށަހެޅި ސުވިޓްޒަލެންޑް ދަތުރުގެ ނަސީބުވެރިޔާ ހޮވައި، އިނާމު ހަވާލުކޮށްފި އެވެ.

އެ އިނާމު ކާމިޔާބުކުރި މުހައްމަދު އިއުތިމަން އަލީއަށް އިނާމް ހަވާލުކުރުމަށް މިއަދު ދިރާގު ހެޑް އޮފީހުގައި ހާއްސަ ހަފްލާއެއް ވަނީ ބާއްވައިފަ އެވެ. އެ ހަފްލާގައި ދިރާގުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވި އެވެ.

ސުވިޓްޒަލެންޑް ދަތުރު ކާމިޔާބުކުރި އިއުތިމަން ބުނީ އިނާމު ލިބުނުކަން ފުރަތަމަ އެނގުމުން ގަބޫލުކުރަން ދަތިވި ކަމަށެވެ.

" ދިރާގުއެޕްއިން ކަރާ ފަޅައިގެން މިހާ ފަސޭހައިން ސްވިޓްޒަރލޭންޑަށް ދިއުމުގެ ފުރުސަތު ލިބިދާނެ ކަމަކަށް ހިއެއް ވެސް ނުކުރަން. މިއީ ވަރަށް އަގުހުރި އިނާމެއް." އޭނާ ބުންޏެވެ.

އޭނާ ބުނީ އެ ދަތުރަކީ ދިރާގު ކަސްޓަމަރަކަށްވުމުން އޭނާއަށް ލިބުނު އަގުހުރި އިނާމެއް ކަމަށާއި އަދި އެފަދަ ބޮޑު އިނާމެއް ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ބުންޏެވެ.

މި އަހަރުގެ ރޯދަ މަހު ދިރާގުން ކޮންމެ ދުވަހަކު ދިރާގު އެޕްއިން ކަރާ ފަޅައިގެން ދެ ޖީބީ ޑޭޓާ ހޯދުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އަދި ވަކި އަދަދަކަށް ކަރާ ފަޅައިގެން ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވެސް އެ ޕްރޮމޯޝަނުގައި ދިނެވެ. އެގޮތުން ކަރާ ފަޅައިގެން 10 ޖީބީ ހިލޭ ޑޭޓާ އާއި އެއާޕޮޑް އާއި ސެމްސަންގް އެސް 25 ފޯންގެ އިތުރުން 1 ޓީބީ ޑޭޓާ ދިނެވެ.