ވިޒިޓް މޯލްޑިވްސް ކްލަބުން އިންތިޒާމްކޮށްގެން ބާއްވާ ތިން ދުވަހުގެ ފޯރިގަދަ މަސް ރޭސް "ބުރުނު ބޮމަ" ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.
ވިޒިޓް މޯލްޑިވްސް ކްލަބުން އިންތިޒާމްކޮށްގެން ބާއްވާ ތިން ދުވަހުގެ ފޯރިގަދަ މަސް ރޭސް "ބުރުނު ބޮމަ" ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.
އެ މަސް ރޭސް ކުރިއަށް ދާނީ އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން 4 ވަނަ ދުވަހަށެވެ.
މެރީނާ ބޭ ކްރޮސްރޯޑުގައި ބާއްވާ މި މަސް ރޭހުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެންމެ ވަރުގަދަ އެންގްލަރުން ފެންނާނެ އެވެ. އެ މުބާރާތުގައި ރާއްޖޭގެ ގްލޯބަލް ސްޕޯޓް ފިޝިން އެމްބެސެޑާ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅިވަރުގެ މަސްވެރިކަމުގެ ތަޖުރިބާކާރެއް ކަމުގައިވާ ފްލައި ނަވާރޯ ވެސް ބައިވެރިވާނެ އެވެ.
މުނިފޫހިފިލުވުމުގެ ކުލަގަދަ ހަރަކާތްތަކާއެކު ބާއްވާ އެ މުބާރާތް ވެގެންދާނީ ރާއްޖޭގައި އެ ފެންވަރުގައި ބާއްވާ ތަފާތު ހަރަކާތަކަށެވެ. އެއީ ކުޅިވަރުގެ މަސްވެރި ކަމަށް ހާއްސަ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގްބޫލުކަން އިތުރު ކުރުމަށް އެހީތެރިވެގެންދާނެ ކަމެއް ކަމަށް ދިރާގުން ބުންޏެވެ.
ވިޒިޓް މޯލްޑިވްސް ކްލަބަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ރަސްމީ ރިކްރިއޭޝަނަލް ކްލަބެވެ. މި ކްލަބުގެ މަގްސަދަކީ ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ވަރުގަދަ ކުރުމެވެ. ބުރުނު ބޮމަ ވެގެންދާނީ ދެމެހެއްޓެނިވި މެރިން ޓޫރިޒަމްގެ މަންޒިލަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތްތަކަށް ލިބިގެންދާނެ ކުރިއެރުމަކަށެވެ.
ދިރާގުން ގެންދަނީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި ރާއްޖޭގެ ކަނޑުތައް ހިމާޔަތްކޮށް، ދެމެހެއްޓިނިވި ޓޫރިޒަމްގެ މަންޒިލަކަށް ހެދުމަށް ކުރިއަށް ގެންދާ އެފަދަ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.
ދިރާގުން އީދަށް ސަޔާއި ހަދިޔާ ދީފި
މިޝާގެ ރޯދަ ޗެލެންޖާއެކު ދިރާގުން ރޯދަ އޮފާތަކެއް
އާ ފީޗާތަކާއެކު "ދިރާގު ޕޭ" ޕްލެޓްފޯމް ތައާރަފްކޮށްފި
ދިރާގު ހިއްސާގެ ފައިދާއަށް 661 މިލިއަން ބަހަނީ
ދިރާގުން ކޮންމެ ހަފްތާއަކު ސްމާޓް ޓީވީއެއް ދެނީ
ދިރާގުން ދޭ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު މިރޭ ހަމަވާނެ
މުސްތަފާ: ޓެސްލާގެ ނަސީބާ އެކު އުފަލުން!
ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ދީމާ
ދިރާގުން "މަމްސް އެއިޑް" އަށް އެހީއެއް
ދިރާގުން "ބެކް ޓު ސްކޫލް" އޮފާތަކެއް