Roadha Mihaaru

ދިރާގުން އީދަށް ސަޔާއި ހަދިޔާ ދީފި

ދިރާގުން ފިތުރު އީދުގެ މުނާސަބަތުގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ "ދިރާގު އީދު ސައި" އަދި ދިރާގު "އީދު ހަދިޔާ" އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ދިރާގުން އީދަށް ސަޔާއި ހަދިޔާ ދީފި

ދިރާގުން ފިތުރު އީދުގެ މުނާސަބަތުގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ "ދިރާގު އީދު ސައި" އަދި ދިރާގު "އީދު ހަދިޔާ" އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ދިރާގުން ބުނީ "ދިރާގު ސައި" ގެ ނަމުގައި ބޭއްވި ހެނދުނުގެ ނާސްތާ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މާލޭ އާޓިފިޝަލް ބީޗް އަދި ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ކަމަށެވެ. ގިނަ އަދަދެއްގެ މީހުން ވަނީ މާލެ އަދި ހުޅުމާލެއިން އެ ހަރަކާތުގައި ބައިވެރިވެފަ އެވެ.

އެހެން އަހަރުތަކާ ވެސް އެއްގޮތަށް ދިރާގުން ވަނީ އީދު ނަމާދަށްފަހު ކުޑަކުދިންނަށް އީދު ހަދިޔާ ބަހާފަ އެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ހަތް އަތޮޅެއްގައި ވެސް ދިރާގުން ވަނީ މި ހަރަކާތް ކުރިއަށް ގެންގޮސްފަ އެވެ. އެއީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ލ. ގަން، ބ. އޭދަފުށި އަދި އދ. ދަނގެތީގަ އެވެ.

"މި ހަރަކާތްތަކުގައި މިހާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ، އީދުގެ ޖޯޝާއި ފޯރީގައި އެއް ތަނަކަށް އެއްވެ އީދު ފާހަގަކޮށް، މި ހަރަކާތްތަކަށް މިހާ ބޮޑު ތަރުހީބެއް ލިބުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މި ފަދަ ހަރަކާތްތައް މެދުވެރިކޮށް އެއްބައިވަންތަކަން އާލާކޮށް، މުޖުތަމައުއަށް ހެޔޮ ބަދަލުތައް ގެނެސްދިނުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް" ދިރާގުގެ މެނޭޖަ ޕަބްލިކް ރިލޭޝަންސް ޖައިޝާން ހަމީދު ވިދާޅުވި އެވެ.

ދިރާގުން އަންނަނީ ތަފާތު ގިނަ އިޖްތިމާއީ ހަރަކާތްތައް އާންމުންނާއި ހަމައަށް ގެނެސްދީ، މުޖުތަމައުގެ ތެރޭގައި އެކަކު އަނެކަކާ އޮތް ގުޅުން ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.