Roadha Mihaaru
ރަންވޭއިން ކަހާލި ބޯޓު ތިންބުރިވެ 3 މީހުން މަރުވެއްޖެ

ރަންވޭ އިން ކަހާލި ބޯޓު ތިން ބުރިވެ ތިން މީހުން މަރުވެއްޖެ

05 ފެބުރުއަރީ 2020

އިސްތަންބޫލް (ފެބްރުއަރީ 5) - ތުރުކީގެ އިސްތަންބޫލްގެ ރަންވޭއަކުން ކަހާލި ބޯޓު ތިން ބުރިވެ ބޯޓުގައި ތިބި ޕަސިންޖަރުންގެ ތެރޭން ތިން މީހުން މަރުވެ 170 މީހުން މިރޭ ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްތަންބޫލް (ފެބްރުއަރީ 5) - ތުރުކީގެ އިސްތަންބޫލްގެ ރަންވޭއަކުން ކަހާލި ބޯޓު ތިން ބުރިވެ ބޯޓުގައި ތިބި ޕަސިންޖަރުންގެ ތެރޭން ތިން މީހުން މަރުވެ 170 މީހުން މިރޭ ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ޕެގަސުސް އެއާލައިންސްގެ ބޯޓުގައި 171 ޕަސިންޖަރުންނާއި ހަ ފަޅުވެރިން ތިބި ކަމަށް ޚަބަރުތައް ބުނެ އެވެ. އިސްތަންބޫލްގެ ސަބީހާ ގޮކްސެން އެއާޕޯޓުގައި ހިނގި މި ހާދިސާގައި އެއްވެސް މީހަކު މަރު ނުވާ ކަމަށް ތުރުކީގެ ޓްރާންސްޕޯޓް މިނިސްޓަރު މެހްމަތު ސަހިޓް ތުރްހާން ކުރިން ވަނީ ވިދާޅުވެފަ އެވެ. އިސްތަންބޫލްގެ ގަވަރުނަރު އަލީ ޔެރްލިކަޔާ ވިދާޅުވީ ބޯޓުގެ ދެ ޕައިލެޓުން ޒަޚަމްވި ކަމަށެވެ.

އިސްތަންބޫލް އެއާޕޯޓުގައި ޖެއްސި ބޯޓު ތިން ބުރިވެފައި. --ފޮޓޯ:އޭއެފްޕީ

އިސްތަންބޫލް އެއާޕޯޓުގައި ޖެއްސި ބޯޓު ތިން ބުރިވެފައި. --ފޮޓޯ:އޭއެފްޕީ

ތުރުކީގެ މީޑިއާތަކުން ބުނެފައި ވަނީ ހުޅަނގުގެ އިޒްމީރް ޕްރޮވިންސް އިން ފުރައިގެން ދަތުރު ކުރި ބޯޓު އިސްތަންބޫލްގައި ޖައްސަން އުޅުނީ ބޯ ވިއްސާރައިގެ ތެރޭގައި ކަމަށެވެ. ބޯޓު ތިން ބުރިވުމާ އެކު ބޯޓު ތެރޭގައި ކޮންމެވެސް ވަރަކަށް އަލިފާން ރޯވި މަންޒަރު ވީޑިއޯތަކުން ފެނެ އެވެ. ނަމަވެސް ފަހުން ވަނީ އަލިފާން ނިއްވާލައިފަ އެވެ.

ތުރުކީގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ޕެގަސުސްގައި 83 ބޯޓު އޮވެ އެވެ. ބޮއިން 47 ބޯޓާއި އެއާބަސް 36 ބޯޓު ހިމެނެ އެވެ. އެ އެއާލައިން އޮޕަރޭޓް ކުރާތާ 20 އަހަރުވެއްޖެ އެވެ.

އިސްތަންބޫލް އެއާޕޯޓުގައި ޖެއްސި ބޯޓު ތިން ބުރިވެފައި. --ފޮޓޯ:އޭއެފްޕީ

އިސްތަންބޫލް އެއާޕޯޓުގައި ޖެއްސި ބޯޓު ތިން ބުރިވެފައި. --ފޮޓޯ:އޭއެފްޕީ