13 ސެޕްޓެމްބަރ 2018
ސެމީ ފައިނަލުގައި ނޭޕާލާ ދެކޮޅަށް ދެއްކި ކުޅުމަށް ބަލާއިރު ރާއްޖެ އަށް ސާފް ސުޒުކީ ކަޕްގެ ފައިނަލްގެ ޖާގައެއް ހައްގުވާ ކަމަށް ފައިނަލުގައި ރާއްޖެއާ ދެކޮޅަށް ކުޅޭ އިންޑިއާގެ ކޯޗު ސްޓެފަން ކޮންސްޓަންޓިން ބުނެފި އެވެ.
ސެމީ ފައިނަލުގައި ނޭޕާލާ ދެކޮޅަށް ދެއްކި ކުޅުމަށް ބަލާއިރު ރާއްޖެ އަށް ސާފް ސުޒުކީ ކަޕްގެ ފައިނަލްގެ ޖާގައެއް ހައްގުވާ ކަމަށް ފައިނަލުގައި ރާއްޖެއާ ދެކޮޅަށް ކުޅޭ އިންޑިއާގެ ކޯޗު ސްޓެފަން ކޮންސްޓަންޓިން ބުނެފި އެވެ.
ރާއްޖެ ފައިނަލުން ޖާގަ ހޯދީ އިއްޔެ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުން ނޭޕާލް އަތުން 3-0 އިން މޮޅުވެގެންނެވެ. އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު ފައިނަލަށް ދިޔައީ ޕާކިސްތާން އަތުން 3-1 އިން މޮޅުވެގެންނެވެ.
ރާއްޖެ އެންމެ ފަހުން ފައިނަލުގައި ކުޅުނީ މީގެ ނުވަ އަހަރު ކުރިން 2009 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުގަ އެވެ. އެ ފަހަރު ރާއްޖެ ބަލިވީ ފައިނަލުގައި އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު އަތުން ޕެނަލްޓީ ޖަހައިގެންނެވެ. އެ ފަަހަރު ގްރޫޕް ސްޓޭޖުގައި ރާއްޖޭން އިންޑިއާ އަތުން 2-0 އިން މޮޅުވި އެވެ. މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ވަނީ އިންޑިއާ އަތުން 2-0 އިން ބަލިވެފަ އެވެ.
ރޭގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާ އަކީ ފައިނަލުގެ ފޭވަރިޓްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ކޮންސްޓަންޓިން ބުނީ އެއްވެސް މެޗެއް ފަސޭހަކަމަށް ދެކިގެން ނުނިކުންނާނެ ކަމަށެވެ.
"ފުރަތަމަ ކަމަކަށް އަހަރެމެންނަށް އެއްވެސް މެޗެއް ފަސޭހައެއް ނުވާނެ. ރާއްޖޭން ދެން ނުކުންނާނީ އެ މީހުންގެ މުހިއްމު ތިން ކުޅުންތެރިން ލައިގެން. މިއަދު އަހަރެމެންނަށް ފެނިއްޖެ ރާއްޖޭގެ ފެންވަރު. އެ މީހުން ނޭޕާލް އަތުން 3-0 އިން މޮޅުވީ. ރާއްޖެ އޮތީ ފައިނަލުގައި އެކަމަށް އިހުތިރާމް ކުރަން ޖެހޭ. އެއީ ދެއްކި ކުޅުމަށް ބަލާއިރު އެ ޓީމަށް ހައްގު އެ މަގާމެއް،" ކޮންސްޓަންޓިން ބުންޏެވެ.
ރާއްޖޭގެ ސެންޓޭ އަށް ވުރެން ކުރިން އިންޑިއާގެ ގޯލްކީޕަރު ވިޝާލް ބޯޅަ ހޯދަނީ. -- ފޮޓޯ: އިމޭޖަސް،އެމްވީ
މި މުބާރާތަށް އިންޑިއާގެ ތައްޔާރީތައް ދިޔައީ ވަރަށް ފުރިހަމަކޮށް ކަމަށާއި އަމާޒަކީ ތަށި ދިފާއުކުރުން ކަމަށް ކޮންސްޓަންޓިން ވަނީ ބުނެފަ އެވެ. އަދި އެކަން ހާސިލްކުރަން އޮތް އެންމެ ބޮޑު ހިތްވަރަކީ ކާމިޔާބަށް ފެންބޮވައިގަނެފައި ތިބި ޒުވާން ކުޅުންތެރިންތަކެއް ތިބުން ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެމެން ޓީމުގައި މި ތިބީ ކާމިޔާބު ހޯދަން ވަރަށް ބޭނުންވެފައި ތިބި ޒުވާން ކުޅުންތެރިން. ވިހި އަހަރުން ދަށުގެ ހަތަރު ކުޅުންތެރިން އެބަތިބި. އަހަރެމެން މި ވިސްނަނީ މުސްތަގުބަލަށް. ވަރަށް އަވަހަށް އެބައޮތް އޭޝިއަން ކަޕް ވެސް. އެއަށް ދާ ޓީމަށް އަރަން ވެސް މި ކުޅުންތެރިން މަސައްކަތް ކުރޭ. އެބަތިބި އެ ޓީމުގައި ހިމެނޭނެ ފަދަ ކުޅުންތެރިން،" ކޮންސްޓަންޓިން ބުންޏެވެ.
ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި އިންޑިއާގެ ލަލިއަންޒުއާލާ ޗަންޓޭ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ކޮންސްޓަންޓިން ބުނީ އޭނާ އަށް ހެދުނު ގޯހުގެ އަދަބަކީ ފައިނަލުގައި ނުކުޅެވުން ކަމަށެވެ.
ޕާކިސްތާނުގެ ކޯޗު ހޯސޭ އެންޓޯނިއޯ ނޮގޭރާ ބުނީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ޕާކިސްތާނުން އެނބުރި އައިސް ދެއްކީ ފަހުރުވެރިވާން ޖެހޭ ފަދަ ކުޅުމެއް ކަމަށާއި މުސްތަގުބަލުގައި މި އަށް ވުރެން އެ ޓީމު ރަނގަޅުވާނެ ކަމަށެވެ.
މި މުބާރާތުގައި ޕާކިސްތާނަށް ދިމާވި އެންމެ ބޮޑު ކަމަކީ ޑެންމާކުގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ އެ ޓީމުގެ ކުޅުންތެރިއާ އަދުނާން މުހައްމަދަށް ބަންގްލަދޭޝް އިން ވިސާ ދޭން ދެކޮޅު ހެދުން ކަމަށާއި އޭނާ ކުޅުނު ނަމަ ޕާކިސްތާނަށް ގިނަ ކަންތައްތަކެއް ދާނީ ރަނގަޅަށް ކަމަށް ބުންޏެވެ.
އިންޑިއާ އާއި ރާއްޖެ ކުޅޭ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.
ރާއްޖެ ވަރުގަދަ، ތާރީހަށް ބަރޯސާނުވާނަން: އިންޑިއާ
"އިންޑިއާއާ ކުޅެން ޖެހުނަސް ޕްރެޝަރު ބޮޑެއް ނޫން"
އިންޑިއާ އިން ސާފަށް ދޭ ސަމާލުކަން ކުޑަ؟!
ރާއްޖެއާ މެދު އުފާކުރަން: އިންޑިއާ ކޯޗު
ގުރު ކާމިޔާބުވެ ރާއްޖެ ސެމީ އަށް
އިންޑިއާ އަކީ ފޭވަރިޓޭ ކިޔާތީ ކޯޗު ކަންބޮޑުވެއްޖެ
"ޒުވާން ޓީމު ގެނައުމަކީ އިހުތިރާމް ނުކުރުމެއް ނޫން"
ލަންކާ ބަލިކޮށް އިންޑިއާ ސެމީއާ ގާތަށް
މިއަހަރު އެންމެ މެޗަކުން ވެސް އިންޑިއާ މޮޅެއް ނުވި
ގަދަފަދަ އިންޑިއާ ބަލިކޮށް ބަންގްލަދޭޝް ފައިނަލަށް