Roadha Mihaaru
ބަލޮޓެލީގެ ފިޓްނަސް އާއި ފޯމް: މަންޗިނީގެ ކަންބޮޑުވުން

ބަލޮޓެލީގެ ފިޓްނަސް އާއި ފޯމް: މަންޗިނީގެ ކަންބޮޑުވުމެއް

09 ސެޕްޓެމްބަރ 2018

ބޮލޯނިއާ (ސެޕްޓެމްބަރު 9) – ޔުއެފާ ނެޝަނަލް ލީގުގައި މާދަމާރޭ ޕޯޗުގަލާ ދެކޮޅަށް އިޓަލީ ކުޅޭ މެޗުގައި ފޯވާޑް މާރިއޯ ބަލޮޓެލީ ކުޅެން ޖެހޭ ކަމަށާއި އެކަމަކު އޭނާގެ ފިޓްނަސްގެ މައްސަލަ އެބަ އުޅޭ ކަމަށް ކޯޗު ރޮބާޓޯ މަންޗިނީ ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ބޮލޯނިއާ (ސެޕްޓެމްބަރު 9) – ޔުއެފާ ނެޝަނަލް ލީގުގައި މާދަމާރޭ ޕޯޗުގަލާ ދެކޮޅަށް އިޓަލީ ކުޅޭ މެޗުގައި ފޯވާޑް މާރިއޯ ބަލޮޓެލީ ކުޅެން ޖެހޭ ކަމަށާއި އެކަމަކު އޭނާގެ ފިޓްނަސްގެ މައްސަލަ އެބަ އުޅޭ ކަމަށް ކޯޗު ރޮބާޓޯ މަންޗިނީ ބުނެފި އެވެ.

މަންޗިނީގެ ކޯޗުކަމުގެ ދަށުން އެ ޓީމު ކުޅުނު ވާދަވެރި ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެރޭ ވަނީ ޔުއެފާ ނެޝަނަލް ލީގުގައި ޕޮލެންޑާ 1-1 އިން އެއްވަރުވެފަ އެވެ.

މި އަހަރުގެ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމުން ވެއްޓުނު ވަޅުގަނޑުން ނެގުމުގެ މަސައްކަތް މަންޗިނީއާ ހަވާލުވެފައިވާއިރު އޭނާ ވަނީ ޒުވާން ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އަދި ކުރިން މުހިއްމު ދައުރެއް އަދާކޮށް ފަހުން ފުރުސަތު ގެއްލުނު ކުޅުންތެރިންނަށް ވެސް ޖާގަ ދިނެވެ. އޭގެ ތެރެއިން އެކަކަކީ ބަލޮޓެލީ އެވެ. އޭނާ އަށް އެރޭ ރަނގަޅު ކުޅުމެއް ނުދެއްކުނުއިރު ފަހުން ވަނީ ކޮންމެވެސް ވަރެއްގެ އަނިޔާއަކާ ހެދި ބާލައިފަ އެވެ.

"ބަލޮޓެލީ ކުޅެން އެބަޖެހޭ، އޭނާ އަކީ ބައިނަލްއަގްވާމީ މައިދާނުގައި ތަޖުރިބާހުރި ކުޅުންތެރިޔެއް. އެކަމަކު އޭނާގެ ފިޓްނަސް އެއީ މިވަގުތަށް މައްސަލައެއް،" މަންޗިނީ ބުންޏެވެ. "އަހަރެން އެބަޖެހޭ އޭނާއާ ވަރަށް ބޮޑަށް ވާހަކަދައްކަން. އޭނާ އެބަޖެހޭ ވަރަށް ބޮޑަށް ރަނގަޅު ކުރަން އަދި ފޯމް އަނބުރާ ގެންނަން."

އެ މެޗުގައި އިޓަލީ ކޮޅަށް ފުރަތަމަ ގޯލް ވަނީ މެދުތެރެއިން ޖޯޖީނިއޯ ހެދި ގޯހަކުންނެވެ. މަންޗިނީ ބުނީ މިއީ ފުރަތަމަ މެޗަށް ވުމުން ގޯސްތަކެއް ހެދިދާނެ ކަމަށެވެ.

"އަހަރެމެންނަށް ތަންކޮޅެއް ގިނަ ގޯސްތަކެއް ހެދުނު ފަހަތުން ޕާސް ޖަހައިގެން ކުޅޭއިރު. އޭގެ ސަބަބުން ޕޮލެންޑަށް ކައުންޓާ އެޓޭކް ގޭމެއް ކުޅެން ފަސޭހަވި،" މަންޗިނީ ބުންޏެވެ.