Roadha Mihaaru
އެއް މިލިއަން ޔޫރޯގެ ރެޑްބުލް ދަޅު ވަގަށް ނަގައިފި

އެއް މިލިއަން ޔޫރޯގެ ރެޑްބުލް ދަޅު ބެލްޖިއަމުން ވަގަށް ނަގައިފި

15 އޯގަސްޓް 2018

ބްރެސަލްސް (އޮގަސްޓް 15) - ބެލްޖިއަމްގެ ގުދަނަކުން އެއް މިލިއަން ޔޫރޯގެ ރެޑް ބުލް ދަޅު ވަގަށް ނަގައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބްރެސަލްސް (އޮގަސްޓް 15) - ބެލްޖިއަމްގެ ގުދަނަކުން އެއް މިލިއަން ޔޫރޯގެ ރެޑް ބުލް ދަޅު ވަގަށް ނަގައިފި އެވެ.

ބެލްޖިއަމް ފުލުހުން ބުނީ 300 ޕެލެޓުގެ ދަޅު ވަގަށް ނެގި 30 ވަގުން އެކަން ކޮށްފައި ވަނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށެވެ. ރެޑް ބުލް ކޭސްތައް ވަގަށް ނަގާފައި ވަނީ ފްރާންސް ބޯޑަރާ ކައިރީގައި އޮންނަ އިންޑަސްޓްރިއަލް އަވަށެއް ކަމަށްވާ މެނިން އިންނެވެ.

ގުދަނުން ރެޑް ބުލް ވަގަށް ގެންދިއުމުގައި ވަގުން ވަނީ 12 ގަޑިއިރު ހޭދަކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. އެ މީހުން ވަނީ 11 ޓްރަކުގެ ރެޑް ބުލް ގެންގޮސްފަ އެވެ. ފުލުހުން ބުނީ ވަގުން ހޯދަން ސީސީޓީވީ ފުޓޭޖް ބޭނުން ކުރަމުންދާ ކަމަށެވެ.

މި ވައްކަމާ ގުޅިގެން ބެލްޖިއަމްގެ ބައެއް ނޫސްތަކުން ދަނީ މަޖަލަކަށް، 950،000 ރެޑް ބުލް ދަޅުގައި "ފިޔަފަޅައިގެން" އުދުއްސާލީ ކަމަށް ބުނެފަ އެވެ.

އޮސްޓްރިއާގެ ވިޔަފާރިވެރިއަކު 1980 ގެ އަހަރުތަކުގައި އުފެއްދި އެނާޖީ ޑްރިންކުން ދަނީ މޮޓޯ ރޭސިން ފަދަ ކުޅިވަރުގެ ބޮޑެތި އިވެންޓްތައް ސްޕޮންސާ ކުރަމުންނެވެ.