30 ޖުލައި 2018
މާލޭ-ހުޅުލޭ ބްރިޖާ ގުޅުވައިގެން ހުޅުމާލެ އިން ހުޅުލެއަށް ހަދާ އާ ލިންކް ރޯޑުގައި ތާރު އަޅަން ފަށައިފި އެވެ.
މާލޭ-ހުޅުލޭ ބްރިޖާ ގުޅުވައިގެން ހުޅުމާލެ އިން ހުޅުލެއަށް ހަދާ އާ ލިންކް ރޯޑުގައި ތާރު އަޅަން ފަށައިފި އެވެ.
ހުރިހާ ވައްތަރެއްގެ ވެހިކަލަކަށް ވެސް ދުއްވޭ ގޮތަށް ހަދާ ލިންކް ރޯޑުގައި ބްރިޖް ކައިރިން ފެށިގެން ހުޅުލޭގެ މެދަކާ ހިސާބަށް މިހާރު ވަނީ ތާރު އަޅައިފަ އެވެ.
ބްރިޖާ ގުޅުވައިގެން ހަދާ ލިންކް ރޯޑުގައި ތާރު އެޅުމުގެ އިތުރުން، އެ މަގު ހަދަން ހިއްކި ސަރަހައްދު ހިމާޔަތްކުރަން ލާ ތޮށީގެ މަސައްކަތް ވެސް ވަނީ ނިމެން ކައިރިވެފަ އެވެ. ނަމަވެސް މި މަގުގެ މަސައްކަތް މުޅިން ނިމޭނެ ދުވަހެއް އެޗްޑީސީއަކުން ނުބުނެ އެވެ.
ބްރިޖާ ގުޅުވައިގެން ހުޅުލެއިން ހުޅުމާލެއަށް ހަދާ ލިންކް ރޯޑުގެ މަސައްކަތްކުރަނީ. ފޮޓޯ: އެމްއޭސީއެލް
ލިންކް ރޯޑުގެ މަސައްކަތާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދަން އެޗުޑީސީގެ އާ މެނޭޖިން ޑިރެކްޓަރު އަހުމަދު ނާސިފް (ޑީޑީ) އަށް ގުޅުމުން އަދި ޖަވާބެއް ނުދެއްވަ އެވެ.
ހުޅުލެ އިން ފެށިގެން ހުޅުމާލެ އަށް ހަދާ ލިންކް ރޯޑް ޑިޒައިންކޮށް ތަރައްގީ ކުރަން ޗައިނާގެ ހުނާން އިންޖިނިއަރިންއާ ހަވާލުކުރީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އަށެވެ.
މާލޭގެ ލޮނުޒިޔާރަތްކޮޅުން ފެށޭ ބްރިޖް ހުޅުލެއާ ގުޅުވާލަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގެ ދެކުނު ކޮޅާ ދިމާލުންނެވެ. ހުޅުލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރަން މިހާރު ބޭނުންކުރާ މަގު ވެސް އޮންނަނީ ރަންވޭގެ ދެކުނު ކޮޅުން ގޮސް، ހުޅުލޭގެ އިރުމަތީ ފަރާތުން ހުޅުމާލެއާ ގުޅާލައިފަ އެވެ.
ބްރިޖާ ގުޅޭ މާލޭގެ މަގުތައް ފުޅާކޮށް އަދި ތާރު އަޅައިގެން ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.
އަމާޒަކީ ބްރިޖާއެކީ ހައިވޭގެ މަސައްކަތް ވެސް ނިންމުން
ހުޅުމާލެއާ ގުޅުވައިދޭ ލިންކް ރޯޑު ހިއްކައި ނިމެނީ
ބްރިޖާ ގުޅާލާ މަގު ހަދަން ޗައިނާ ކުންފުންޏަކަށް
ހުޅުލެ-ހުޅުމާލޭގެ ލިންކް ރޯޑު ހަދަން ބަޔަކު ހޯދަނީ
ހުޅުމާލެ ލިންކް ރޯޑު ދިއްލަނީ
ބްރިޖާ ހެދި ހުޅުމާލެއަށް ބާރު ބޮޑެއް ނުވާނެ: އެޗްޑީސީ
ހުޅުމާލޭ ލިންކް ރޯޑުގެ ތާރު އަޅަން ތައްޔާރުވަނީ
ހުޅުލެ-ހުޅުމާލެ ލިންކް ރޯޑު ހިއްކައި ނިންމައިފި
ހުޅުމާލޭ މަތިން ސީޕްލޭން ދަތުރުކުރުން ހުއްޓާލަނީ
ހުޅުމާލެ ލިންކް ރޯޑު ހަދަން ބިން ހިއްކަން ފަށަނީ