Roadha Mihaaru
ހުޅުމާލެ ލިންކް ރޯޑު ދިއްލަނީ

ހުޅުމާލެ ލިންކް ރޯޑު ދިއްލަނީ

24 ޑިސެމްބަރ 2018

ހުޅުލެ އާއި ހުޅުމާލެ ގުޅުވާލަދޭ ލިންކް ރޯޑުގެ ބޮކިތައް މިރޭ ވަގުތީކޮށް ދިއްލާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ހުޅުލެ އާއި ހުޅުމާލެ ގުޅުވާލަދޭ ލިންކް ރޯޑުގެ ބޮކިތައް މިރޭ ވަގުތީކޮށް ދިއްލާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) މިއަދު ބުނެފި އެވެ.

ލިންކް ރޯޑުގެ ބޮކިތައް ވަގުތީ ގޮތުން މިރޭ ދިއްލި ނަމަވެސް އެ މަގު ދާއިމީކޮށް އަލިކުރާނީ ކޮން އިރަކުން ކަމެއް އެޗްޑީސީ އިން ނުބުނެ އެވެ.

އެޗްޑީސީގެ ޓްވީޓް

ހުޅުލެ އާއި ހުލުމާލެ ލިންކް ރޯޑު އެކަށީގެންވާ ވަރަށް އަލި ނުކޮށް ހުޅުވާލުމުން އާއްމުންނަށް އުނދަގޫތަކާ ކުރިމަތިވެ ފާޑުކިޔުންތައް އަމާޒުވި އެވެ. ސިނަމާލެ ބްރިޖާ އެކު ހުޅުމާލެ ލިންގް ރޯޑް ހުޅުވާފައި ވަނީ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބާ ދިމާކޮށެވެ.