01 އޮކްޓޯބަރ 2017
މާލޭ/ހުޅުލޭ ބްރިޖާ އެކު ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މި ހަފުތާގައި ނިމޭނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
މާލޭ/ހުޅުލޭ ބްރިޖާ އެކު ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މި ހަފުތާގައި ނިމޭނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
ޗައިނާގެ ހުނާން އިންޖިނިއަރިންއާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއުގެ ދަށުން ހުޅުލޭ ތެރެއިން ހުޅުމާލެ އަށް ދަތުރުކުރަން އަލަށް ހަދާ މަގު ފުޅާކުރަން ގާތްގަނޑަކަށް ހަ ހެކްޓަރުގެ ބިން ހިއްކަން ޖެހެ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ އެ މަގަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މި ހަފުތާ ތެރޭގައި ނިންމައި، ތޮށިލުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
"މި މަގު ހަދާއިރު މިހާރު ބޭނުންކުރާ މަގު ކޮނުމަށް ފަހު ސީ ޕްލޭން ޖެއްސުމަށް ވޯޓާ ރަންވޭ ފުޅާކުރެވޭނެ. އޭރުން ހުޅުމާލެ މައްޗަށް ނާރާ ފަރުމަތިން ގޮސް ސީޕްލޭން ޖެއްސޭނެ،" އޭނާ ވިދާޅުވި އެވެ.
ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ ލިންކު ރޯޑަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްކުރަނީ. ފޮޓޯ: އެޗްޑީސީ
ސައިމަން ވިދާޅުވީ އެ ކުންފުނިން މަސައްކަތްކުރަނީ މާލެ އާއި ހުޅުލެ ގުޅުވައިދޭ ބްރިޖްގެ މަސައްކަތް ނިމެންވާ އިރަށް އެ މަގުގެ މަސައްކަތް ވެސް ނިންމާލުމަށް ކަމަށެވެ.
އެޗްޑީސީން ބުނި ގޮތުގައި ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރާ ހަތަރު ކިލޯ މީޓަރުގެ މަގުގައި ވެހިކަލް ދަތުރުކުރަން ހަތަރު ލޭން އޮންނާނެ ކަމަށެވެ.
ބްރިޖާ ގުޅުވައިގެން ހުޅުލެއިން ފެށިގެން ހަދާ ލިންކް ރޯޑް ޑިޒައިންކޮށް ތަރައްގީކުރަން ހުނާން އިންޖިނިއަރިންއާ ހަވާލުކުރީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އަށެވެ.
މާލޭގެ ލޮނުޒިޔާރަތްކޮޅުން ފެށޭ ބްރިޖް ހުޅުލެއާ ގުޅުވާލަނީ އެއާޕޯޓުގެ ރަންވޭގެ ދެކުނު ކޮޅާ ދިމާލުންނެވެ. ހުޅުލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރަން މިހާރު ބޭނުންކުރާ މަގު ވެސް އޮންނަނީ ރަންވޭގެ ދެކުނު ކޮޅުން ގޮސް، ހުޅުލޭގެ އިރުމަތީ ފަރާތުގަ އެވެ.
ހުޅުމާލެ- ހުޅުލެ ލިންކް ރޯޑުގައި ތާރު އަޅަން ފަށައިފި
އަމާޒަކީ ބްރިޖާއެކީ ހައިވޭގެ މަސައްކަތް ވެސް ނިންމުން
ބްރިޖާ ގުޅާލާ މަގު ހަދަން ޗައިނާ ކުންފުންޏަކަށް
ހުޅުލެ-ހުޅުމާލޭގެ ލިންކް ރޯޑު ހަދަން ބަޔަކު ހޯދަނީ
ހުޅުމާލެ ލިންކް ރޯޑު ދިއްލަނީ
ބްރިޖާ ހެދި ހުޅުމާލެއަށް ބާރު ބޮޑެއް ނުވާނެ: އެޗްޑީސީ
ހުޅުމާލޭ ލިންކް ރޯޑުގެ ތާރު އަޅަން ތައްޔާރުވަނީ
ހުޅުލެ-ހުޅުމާލެ ލިންކް ރޯޑު ހިއްކައި ނިންމައިފި
ހުޅުމާލޭ މަތިން ސީޕްލޭން ދަތުރުކުރުން ހުއްޓާލަނީ
ހުޅުމާލެ ލިންކް ރޯޑު ހަދަން ބިން ހިއްކަން ފަށަނީ