31 މެއި 2018
މިހާރު އަޅަމުން އަންނަ މާލެ-ހުޅުމާލެ ބްރިޖާ ގުޅުވައިގެން ހުޅުލެ އިން ފެށިގެން ހަދާ ލިންކް ރޯޑުގެ ތާރު އަޅަން ތައްޔާރުވެއްޖެ އެވެ.
މިހާރު އަޅަމުން އަންނަ މާލެ-ހުޅުމާލެ ބްރިޖާ ގުޅުވައިގެން ހުޅުލެ އިން ފެށިގެން ހަދާ ލިންކް ރޯޑުގެ ތާރު އަޅަން ތައްޔާރުވެއްޖެ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ބުނީ ހުރިހާ ވައްތަރެއްގެ ވެހިކަލަކަށް ވެސް ދުއްވޭ ގޮތަށް ހަދާ ހަދާ ލިންކްރޯޑުގެ މަސައްކަތް ވަރަށް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން، ހިއްކި ސަރަހައްދު ހިމާޔަތް ކުރަން ތޮށިލުމާއި ތާރު އެޅުމުގެ ކުރިން ހަރުކުރަން ޖެހޭ ފަށަލައިގެ މަސައްކަތް ވެސް ނިމެން ކައިރިވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
"މިހާރު ދަނީ ތާރު އެޅުމުގެ ކުރިން ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތް ކުރަމުން. މުޅި މަގުގެ މަސައްކަތް ޖުލައި މަހުގެ ނިޔަލަށް ނިމޭނެ،" އެޗްޑީސީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވި އެވެ.
ހުޅުމާލެ އިން ހުޅުލެއަށް ހަދާ ހައިވޭގެ މަސައްކަތްކުރަނީ. ފޮޓޯ: އެޗްޑީސީ
އެޗްޑީސީން ބުނިގޮތުގައި، ލިންކް ރޯޑް ހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެ މަގުގެ އަރިމަތިން ހިނގަން ކަނޑައަޅާފައިވާ ޕޭވްމަންޓް ވެސް މިހާރު ވަނީ ނިމިފަ އެވެ.
ހުޅުލެ އިން ފެށިގެން ހުޅުމާލެ އަށް ހަދާ ލިންކް ރޯޑް ޑިޒައިންކޮށް ތަރައްގީ ކުރަން ޗައިނާގެ ހުނާން އިންޖިނިއަރިންއާ ހަވާލުކުރީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އަށެވެ.
މާލޭގެ ލޮނުޒިޔާރަތްކޮޅުން ފެށޭ ބްރިޖް ހުޅުލެއާ ގުޅުވާލަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގެ ދެކުނު ކޮޅާ ދިމާލުންނެވެ. ހުޅުލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރަން މިހާރު ބޭނުންކުރާ މަގު ވެސް އޮންނަނީ ރަންވޭގެ ދެކުނު ކޮޅުން ގޮސް، ހުޅުލޭގެ އިރުމަތީ ފަރާތުގަ އެވެ.
ހުޅުލެ އިން ހުޅުމާލެ އަށް ދަތުރުކުރަން ހައިވޭ ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ބްރިޖާ ގުޅޭ މާލޭގެ މަގުތައް ފުޅާކޮށް ތާރުއަޅައިގެން ހެދުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. އެގޮތުން، މާލޭގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ބޮޑުތަކުރުފާނުގެ މަގުގައި ހަތަރު ލޭން ހިމެނޭ ގޮތަށް 16 މީޓަރަށް ފުޅާކުރަން ވަނީ ނިންމައިފަ އެވެ. އެ މަގު ފުޅާ ކުރަނީ ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނަ ނުދިނުމަށް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ހުޅުމާލެ- ހުޅުލެ ލިންކް ރޯޑުގައި ތާރު އަޅަން ފަށައިފި
އަމާޒަކީ ބްރިޖާއެކީ ހައިވޭގެ މަސައްކަތް ވެސް ނިންމުން
ހުޅުލެ-ހުޅުމާލެ ލިންކް ރޯޑު ހިއްކައި ނިންމައިފި
ހުޅުމާލެއާ ގުޅުވައިދޭ ލިންކް ރޯޑު ހިއްކައި ނިމެނީ
ހުޅުމާލެ ލިންކް ރޯޑު ހަދަން ބިން ހިއްކަން ފަށަނީ
ބްރިޖާ ގުޅާލާ މަގު ހަދަން ޗައިނާ ކުންފުންޏަކަށް
ހުޅުލެ-ހުޅުމާލޭގެ ލިންކް ރޯޑު ހަދަން ބަޔަކު ހޯދަނީ
ޑިވައިޑާތައް ކޮންކްރީޓުން ހަދަނީ
ލޯނުތަކުގެ ބުރައާ އެކު އެޗްޑީސީ އަޑިއަށް
ހުޅުމާލެ ލިންކް ރޯޑު ދިއްލަނީ