Roadha Mihaaru
ހުޅުލެ-ހުޅުމާލެ ލިންކް ރޯޑު ހިއްކައި ނިންމައިފި

ހުޅުލެ-ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑު ހިއްކައި ނިންމައި ތޮށިލާން ފަށައިފި

11 އޮކްޓޯބަރ 2017

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާ އެކު ހަދާ ހުޅުލެ-ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމައި، ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާ އެކު ހަދާ ހުޅުލެ-ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމައި، ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ފަށައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން މިއަދު ވިދާޅުވި ގޮތުގައި ލިންކް ރޯޑަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމީ މީގެ ދެ ދުވަހެއް ކުރިންނެވެ.

ޗައިނާގެ ހުނާން އިންޖިނިއަރިންއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، ހުޅުލެއިން ހުޅުމާލެ އަށް ދަތުރުކުރަން އަލަށް ހަދާ މަގު ފުޅާކުރަން ގާތްގަނޑަކަށް ހަ ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.

ހުޅުލެ-ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑަށް ބޭނުންވާ ބިން ހިއްކާ ނިންމައި، ބިންގަނޑު ލެވަލް ކުރަނީ. - ފޮޓޯ: އެޗްޑީސީ

ހުޅުލެ-ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑަށް ބޭނުންވާ ބިން ހިއްކާ ނިންމައި، ބިންގަނޑު ލެވަލް ކުރަނީ. - ފޮޓޯ: އެޗްޑީސީ

އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ މިދިޔަ މަހުގެ 28 ގައި ފެށި ބިން ހިއްކުމުގެ މަސައްކަތް ނިންމައި އެ ބިންގަނޑު ލެވެލް ކުރުމުގެ މަސައްކަތް ވެސް އިއްޔެ ނިމިފައިވާ ކަމަށެވެ.

"މަޝްރޫއު ކުރިއަށް ދަނީ ތާވަލާ އެއްގޮތަށް. މިހާރު ކުރިއަށް ދަނީ ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް. އެކަން ވެސް މި މަހުގެ ނިޔަލަށް ނިމޭނެ،" އޭނާ ވިދާޅުވި އެވެ.

ހުޅުލެ-ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑަށް ބޭނުންވާ ބިން ހިއްކާ ނިންމައި، ބިންގަނޑު ލެވަލް ކުރަނީ. - ފޮޓޯ: އެޗްޑީސީ

ހުޅުލެ-ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑަށް ބޭނުންވާ ބިން ހިއްކާ ނިންމައި، ބިންގަނޑު ލެވަލް ކުރަނީ. - ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ބުނި ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަނީ މާލެ އާއި ހުޅުލެ ގުޅުވައިދޭ ބްރިޖްގެ މަސައްކަތް ނިމެންވާ އިރަށް އެ މަގުގެ މަސައްކަތް ވެސް ނިންމާލުމަށެވެ. ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރާ ހަތަރު ކިލޯ މީޓަރުގެ މަގުގައި ވެހިކަލް ދަތުރުކުރަން ހަތަރު ލޭން އޮންނާނެ އެވެ.

ބްރިޖާ ގުޅުވައިގެން ހުޅުލެއިން ފެށިގެން ހަދާ ލިންކް ރޯޑް ޑިޒައިންކޮށް ތަރައްގީކުރަން ހުނާން އިންޖިނިއަރިންއާ ހަވާލުކުރީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އަށެވެ.

މާލޭގެ ލޮނުޒިޔާރަތްކޮޅުން ފެށޭ ބްރިޖް ހުޅުލެއާ ގުޅުވާލަނީ އެއާޕޯޓުގެ ރަންވޭގެ ދެކުނު ކޮޅާ ދިމާލުންނެވެ. ހުޅުލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރަން މިހާރު ބޭނުންކުރާ މަގު ވެސް އޮންނަނީ ރަންވޭގެ ދެކުނު ކޮޅުން ގޮސް، ހުޅުލޭގެ އިރުމަތީ ފަރާތުގަ އެވެ.