15 މާޗް 2018
އަމާޒަކީ ބްރިޖް ނިމެންވާ އިރަށް ހުޅުމާލެ އާއި ހުޅުލެއާ ދެމެދު ހަދާ ހައިވޭގެ މަސައްކަތް ވެސްސ ނިންމުން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަަދު ބުނެފި އެވެ.
އަމާޒަކީ ބްރިޖް ނިމެންވާ އިރަށް ހުޅުމާލެ އާއި ހުޅުލެއާ ދެމެދު ހަދާ ހައިވޭގެ މަސައްކަތް ވެސްސ ނިންމުން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަަދު ބުނެފި އެވެ.
ޗައިނާގެ ހުނާން އިންޖިނިއަރިންއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، ހުޅުލެ އާއި ހުޅުމާލެއާ ދެމެދު އަލަށް ހަދާ މަގު ފުޅާ ކުރަން ގާތްގަނޑަކަށް ހަ ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރާ ހަތަރު ކިލޯ މީޓަރުގެ މި މަގުގައި ވެހިކަލް ދަތުރުކުރަން ހަތަރު ލޭން އޮންނާނެ އެވެ.
ބްރިޖާ ގުޅުވައިގެން ހުޅުލެ އިން ހުޅުމާލެ އަށް ހަދާ ލިންކް ރޯޑް ޑިޒައިންކޮށް ތަރައްގީކުރަން އެ ކުންފުންޏާ ހަވާލުކުރީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އަށެވެ.
އެ ކުންފުނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ހައިވޭގެ މަސައްކަތް ބްރިޖް ނިމެންވާ އިރަށް ނިމޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތް ކަމަށެވެ.
"މިހާރު ކުރަމުންދަނީ ހައިވޭ ހަދަން ހުޅުލެއާ ދެމެދު ހިއްކި ސަރަހައްދުގައި ބޮޑު ހިލަ ޖެހުމުގެ މަސައްކަތް. އެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ ހިއްކި ސަރަހައްދުގައި ބޮޑު ހިލަ ޖެހުމުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން މަގުގެ މަސައްކަތަށް ބޭނުންވާ ސަރަހައްދު ފުޅާކުރުމުގެ ގޮތުން ބޯށިމާ ހިނގުން ފުޅާކޮށް ތޮށިލުމުގެ މަސައްކަތުގެ 70 ޕަސެންޓް ވަނީ ނިމިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮންޓްރެކްޓަރު ޔަގީން ކަންދޭ ބްރިޖް ނިމެންވާ އިރަށް މަގުގެ މަސައްކަތް ނިމޭނެ ކަމަށް. އެ މަސައްކަތްކުރަމުން ދަނީ ކަނޑައެޅިފައިވާ ޝެޑިއުލާ އެއްގޮތަށް ވަރަށް ބާރަށް،" އޭނާ ވިދާޅުވި އެވެ.
މާލޭގެ ލޮނުޒިޔާރަތްކޮޅުން ފެށޭ ބްރިޖް ހުޅުލެއާ ގުޅުވައިލަނީ އެއާޕޯޓުގެ ރަންވޭގެ ދެކުނު ކޮޅާ ދިމާލުންނެވެ. ހުޅުލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރަން މިހާރު ބޭނުންކުރާ މަގު ވެސް އޮންނަނީ ރަންވޭގެ ދެކުނު ކޮޅުން ގޮސް، ހުޅުލޭގެ އިރުމަތީ ފަރާތުގަ އެވެ.
ހުޅުމާލެ- ހުޅުލެ ލިންކް ރޯޑުގައި ތާރު އަޅަން ފަށައިފި
ހުޅުމާލެއާ ގުޅުވައިދޭ ލިންކް ރޯޑު ހިއްކައި ނިމެނީ
ބްރިޖާ ގުޅާލާ މަގު ހަދަން ޗައިނާ ކުންފުންޏަކަށް
ހުޅުލެ-ހުޅުމާލޭގެ ލިންކް ރޯޑު ހަދަން ބަޔަކު ހޯދަނީ
ހުޅުމާލެ ލިންކް ރޯޑު ދިއްލަނީ
ބްރިޖާ ހެދި ހުޅުމާލެއަށް ބާރު ބޮޑެއް ނުވާނެ: އެޗްޑީސީ
ހުޅުމާލޭ ލިންކް ރޯޑުގެ ތާރު އަޅަން ތައްޔާރުވަނީ
ހުޅުލެ-ހުޅުމާލެ ލިންކް ރޯޑު ހިއްކައި ނިންމައިފި
ހުޅުމާލޭ މަތިން ސީޕްލޭން ދަތުރުކުރުން ހުއްޓާލަނީ
ހުޅުމާލެ ލިންކް ރޯޑު ހަދަން ބިން ހިއްކަން ފަށަނީ