29 އޯގަސްޓް 2019
މާލެ ހުޅުލެ ގުޅުވައިދޭ ސިނަމާލެ ބްރިޖް، ބޭނުންކުރާތާ އެއް އަހަރު ވުމާއެކު ހަދަން ޖެހޭ އިންސްޕެކްޝަންތަކަށް މާދަމާއިން ފެށިގެން ބްރިޖްގެ އެއް ފަޅި ބަންދު ކުރުމަށް ނިންމައިފި އެވެ.
މާލެ ހުޅުލެ ގުޅުވައިދޭ ސިނަމާލެ ބްރިޖް، ބޭނުންކުރާތާ އެއް އަހަރު ވުމާއެކު ހަދަން ޖެހޭ އިންސްޕެކްޝަންތަކަށް މާދަމާއިން ފެށިގެން ބްރިޖްގެ އެއް ފަޅި ބަންދު ކުރުމަށް ނިންމައިފި އެވެ.
މާލެއިން ހުޅުލެ އަށް ދަތުރުކުރަން އޮންނަ ފަޅި ބަންދު ކުރަން ނިންމާފައިވަނީ މާދަމާ އާއި ހޮނިހިރު ދުވަހުގެ އިތުރުން އަންނަ ހަފްތާގެ ހުކުރު ދުވަހުގެ ބައެއް ވަގުތުތަކުގަ އެވެ. އެ ދުވަސްތަކުގެ ހެނދުނު 8 އިން މެންދުރު 2 އަށް ބްރިޖުގެ އެ ފަޅިން ދަތުރެއް ނުކުރެވޭނެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ބްރިޖުގެ އެ ފަޅި ބަންދުކުރާ ގަޑިތަކުގައި ހުޅުލެ އިން މާލެ އަށް އަންނަ ފަޅި ވަގުތީގޮތުން ދެކޮޅަށް ދުއްވާގޮތަށް ބަދަލު ކުރާނެ ކަމަށެވެ.
ޗައިނާ ސަރުކާރުގެ އެހީގައި އެޅި، ބްރިޖް ބޭނުންކުރާތާ އެއް އަހަރު ވާނީ މާދަމާއަށެވެ. މީގެ އެއް އަހަރު ކުރިން ހުޅުވި، ބްރިޖާ އެކު މާލެ އާއި ހުޅުލެ، އަދި ހުޅުމާލެ ގުޅުވައިދީ ދަތުރުފަތުރު ކުރުމަށް އެތައް ލުއި ފަސޭހަތަކެއް ލިބިގެންދިޔަ އެވެ.
ބްރިޖު ބޭނުންކުރާތާ ދެ އަހަރު ވަންދެން ބްރިޖު ބަލަހައްޓަނީ ބްރިޖު އެޅި ޗައިނާގެ ސީސީސީ ސެކަންޑް ހާބަ އިންޖިނޭރިން އިންނެވެ. އެ ކުންފުނިން ދޭތެރެ ދޭތެރެއިން މިހާރު ވެސް މަރާމާތުގެ މަސައްކަތްތައް ކުރެ އެވެ.
ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވި ކަމަށް ކުރީ ސަރުކާރުން ބުނެ އެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ ކަމަށާއި އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ ކަމަށް ހައުސިން އިން ކުރިން ބުނެފައިވެ އެވެ. އަދި އެ މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރާނެ ކަމަށް ވެސް ކުރިން ހައުސިން އިން ބުނެފައިވެ އެވެ.
ސިނަމާލެ ބްރިޖުން ފީ ނެގުމުގެ ވިސްނުމެއް ނެތް: ނަހުލާ
ސައިކަލުގެ ހުންގާނު ކުއްޖެއްއަތަށްދިން މީހާއަށް ފިޔަވަޅު
ސިނަމާލެ ބްރިޖުގެ ފެން ހޮޅި ބޭނުންކުރަން ފަށަނީ
ޒޯން ބަދަލުކުރާ ވެހިކަލްތަކަށް ދިން ބިން ހުހަށް!
ރަޖިސްޓްރީ ނުކުރާ 1،000 އަށް ވުރެ ގިނަ ވެހިކަލް!
ބްރިޖުން ފީއެއް ނަގަން މަޝްވަރާކުރަން ނިންމައިފި
މާލެ ސަރަހައްދުން 281 ވެހިކަލް ނައްތާލައިފި
ތޮއްޖެހުން ކުޑަކުރަން މަގުތަކުން 108އުޅަނދު ނަގައިފި
ހިޔާ ފްލެޓްތަކަށް ބަސް ދަތުރުތައް ފަށަން މަޝްވަރާކޮށްފި
ރޯދަ މަހު މުދާ އުފުލާނެ ގަޑިތައް ކަނޑައަޅައިފި