Roadha Mihaaru
މެލޭޝިއާގެ އެންޓި-ޓެރަރިޒަަމް ގާނޫނު އުވާލަނީ

މެލޭޝިއާގެ އެންޓި-ޓެރަރިޒަަމް ގާނޫނު އުވާލަނީ

23 ޖުލައި 2018

ކުއާލަ ލަމްޕޫރު (ޖުލައި 23) - ޝަރީއަތަކާ ނުލައި މީހުން ހައްޔަރު ކުރަން މެލޭޝިއާގެ ކުރީގެ ސަރުކާރުން ބޭނުން ކުރި އެންޓި-ޓެރަރިޒަމް ގާނޫނު އުވާލައްވާނެ ކަމަށް ބޮޑު ވަޒީރު މަހާތިރު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކުއާލަ ލަމްޕޫރު (ޖުލައި 23) - ޝަރީއަތަކާ ނުލައި މީހުން ހައްޔަރު ކުރަން މެލޭޝިއާގެ ކުރީގެ ސަރުކާރުން ބޭނުން ކުރި އެންޓި-ޓެރަރިޒަމް ގާނޫނު އުވާލައްވާނެ ކަމަށް ބޮޑު ވަޒީރު މަހާތިރު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ހައްދުފަހަނަޅައިފައިވާ މީހުންގެ ފަރާތުން ކުރިމަތިވާ ސަލާމަތީ ބިރުތައް ހުއްޓުވުމަށް ކަމަށް ބުނެ ސެކިއުރިޓީ އޮފެންސަސް (ސްޕެޝަލް މެޝާސް) އެކްޓް ފާސްކުރީ 2012 ވަނަ އަހަރު އެވެ. އެ ގާނޫނުގެ ދަށުން އެއްވެސް ޝަރީއަތަކައި ނުލައި ބަންދުގައި 28 ދުވަހު ބެހެއްޓެ އެވެ.

މަހާތިރު އިއްޔެ ވިދާޅުވީ އެންޓި-ޓެރަރިޒަމް ގާނޫނު ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު ބޭނުން ކުރެއްވީ ހިތްޕުޅަށް އެރިހާ ކަމެއް ކުރައްވަން ކަމަށެވެ.

"އިންސާފުވެރި ގާނޫނުތަކުން މިހާރު ރައްޔިތުންނަށް ހިމާޔަތް ލިބޭނެ،" މަހާތިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޝަރީއަތަކާ ނުލައި އެއްވެސް މީހަކު ހައްޔަރު ނުކުރާނެ ކަމަށެވެ.

ނަޖީބުގެ ވެރިކަމުގައި އޭނާ އަށް ފާޑުކިޔުން އަމާޒުކުރި ގިނަ ބަޔަކު ވަނީ އެންޓި-ޓެރަރިޒަމް ގާނޫނުގެ ދަށުން ހައްޔަރުކޮށްފަ އެވެ. މެލޭޝިއާގައި 1981-2003 އަށް ބޮޑު ވަޒީރުކަން ކުރެއްވި މަހާތިރު ވެސް ވަނީ އެކި އެކި ގާނޫނުތައް ބޭނުންކޮށްގެން އޭނާގެ ފުރަތަމަ ދައުރުގައި އެތައް ބަޔަކު ހައްޔަރުކޮށްފަ އެވެ.