މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް އޭނާގެ އާއިލާގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކޮށް މިރޭ ހުށަޙަޅައިފި އެވެ.
28 އެޕްރީލް 2025
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް އޭނާގެ އާއިލާގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކޮށް މިރޭ ހުށަޙަޅައިފި އެވެ.
މާލޭގެ އިމާރާތެއްގެ މަތިން ވެއްޓި އަނިޔާވި އުމުރުން 21 އަހަރުގެ ޔުމްނު އިތުރު ފަރުވާއަށް މިހާރު ވަނީ، އާއިލާ އިން މެލޭޝިއާ އަށް ގެންގޮސްފަ އެވެ.
ޔުމްނުގެ އާއިލާގެ ކަންބޮޑުވުންތައް ސީދާ ރައީސް މުއިއްޒާ ހަމައަށް ގެންދިޔައީ އެ މަނިކުފާނު މިހާރު މެލޭޝިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ އެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.
ގާތްގަނޑަކަށް ސާޅީސް މިނިޓަށް ސީދާ ރައީސް މުއިއްޒާ އެކު ބޭއްވި "ވަން ޓު ވަން" ބައްދަލުވުމުގައި ޔުމްނުގެ އާއިލާ އިން ވަނީ މި މައްސަލަ ފުލުހުން ބަލަމުންދާ ގޮތާ މެދުގައި ހުރި ހިތްހަމަނުޖެހުންތަކާއި އާންމުކޮށްފައިވާ ސީސީޓީވީ ފުޓޭޖުތަކާ ގުޅޭ ބައެއް މައްސަލަތައް ވެސް ރައީސްއާ ހިއްސާ ކޮށްފަ އެވެ. ހާއްސަކޮށް ސީސީޓީވީ ފުޓޭޖު ފުލުހުން އާންމު ކޮށްފައިވާތީ އޭގެ ކަންބޮޑުވުންތައް އާއިލާ އިން ރައީސާ ހިއްސާ ކުރި އެވެ.
ރައީސް މުއިއްޒާ ވަކިން ބައްދަލުކުރުމަށް ފަހު އާއިލާ އިން ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާންއާ ވެސް ވަކިން 15 ވަރަކަށް މިނިޓަށް ބައްދަލުކޮށް ކަންބޮޑުވުންތަކާއި ތަހުގީގުގައި ހުރި މައްސަލަތައް ކިޔައި ދީފަ އެވެ.
އިހުސާންއާ "މިހާރު" އިން ސުވާލު ކުރުމުން ވިދާޅުވީ، މި ތަހުގީގުގެ ތެރޭގައި ފެތުރޭ ދޮގުތަކާއި ތެދު ވާހަކަތައް ވެސް ޔުމްނުގެ އާއިލާއާ އަށް އޭނާ ވިދާޅުވެ ދެއްވި ކަމަށެވެ.
ޔުމްނުގެ އާއިލާގެ މެމްބަރެއް ކަމަށްވާ މުހައްމަދު މޫމިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ މި މައްސަލައިގެ ތަހުގީގުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވަކިކުރަން ގޮވާލައިފަ އެވެ.
އޭނާ ވަކިކުރަން ޖެހެނީ އާއިލާއަށް އެތައް ފަހަރެއްގެ މަތިން ދޮގު ހަދާފައި ވާތީ ކަމަށް މޫމިން ބުންޏެވެ.
"އަޅުގަނޑުމެންނަށް އެނގޭ... ނިޒާމުގެ ތެރެއިން ހަގީގީ ބަދަލެއް ގެނައުމަކީ އުނދަގޫ ކަމެއް. އެކަމަކު، ސާމިހު ވަކިކޮށްގެން އެ ބަދަލު ގެންނަން ފެށިދާނެ، އެއީ އޭނާގެ ތަކުރާރުކޮށް އާއިލާއަށް ދޮގު ހަދާފައި ވާތީ،" މޫމިން ބުންޏެވެ.
"ކޮމިޝަންތައް އުފައްދައިގެން، ޓެކްސް ދައްކާ ރައްޔިތުންގެ ފައިސާ އިސްރާފުކުރުމުގެ ކުރިން، މިކަން ކުރައްވާ."
ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް މި މަހުގެ 18 ވަނަ ދުވަހު ގ. ރަނައުރާގޭއާގޭ، ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކުރަން ރައީސް މުއިއްޒު ވަނީ މިދިޔަ ހޮނިހިރު ދުވަހު ހާއްސަ ކޮމިޝަނެއް ވެސް އުފައްދަވައިފަ އެވެ. ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި އެ ކޮމިޝަންގެ ރައީސަކީ ޑރ. މުހައްމަދު މުނައްވަރެވެ. މުނައްވަރުގެ އިތުރުން އެ ކޮމިޝަނުގައި އިތުރު ހަތަރު ބޭފުޅަކު ތިއްބަވަ އެވެ.
ރިޔާސީ ކޮމިޝަން އުފައްދަވައި ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި ވިދާޅުވީ، އެ ކޮމިޝަންގެ ބޭނުމަކީ މާލޭގެ ގެއެއްގެ ފުރާޅުމަތީގައި 21 އަހަރުގެ ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިތޯ ބެލުމާއި އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، ކަން ހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކު ކުރުން ކަމަށެވެ.
ރިޔާސީ ކޮމިޝަންގެ ފުރަތަމަ މީޑިއާ ބްރީފިން މިއަދު
ޔުމްނުގެ އެންމެ ނާޒުކު ސާޖަރީ ކާމިޔާބު: އާއިލާ
އިސްލާމީ އުންމަތް ގުޅިގެން ކުރިއަށް ދާން ގޮވާލައްވައިފި
އައިއައިޔޫއެމުން ރައީސަށް އޮނަރަރީ ޑޮކްޓަރޭޓުކަން
ރާއްޖޭގެ ތަރައްގީގައި ބައިވެރިވާން މެލޭޝިޔާއަށް ދައުވަތު
ބޭރުގައި ކިޔެވިޔަސް އިސްލާމީ އުސޫލު ދޫކޮށްނުލާ: ރައީސް
މެލޭޝިއާގައި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ފަށައިފި
ތަހުގީގީ ކޮމިޝަނަށް އިތުރު ތިން ބޭފުޅަކު އައްޔަންކޮށްފި
"ޑިފެންސްގެ ދާއިރާއިން ގުޅުން ބަދަހިކުރަން ބޭނުންވޭ"
ރާއްޖެ-މެލޭޝިއާއާ ދެމެދު ފަސް އެއްބަސްވުމެއް