Roadha Mihaaru

އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވައި ޕާސްޕޯޓު ހިދުމަތް ފަށައިފި

ބ. އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި އެވެ.

އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

12 އޯގަސްޓް 2025

ބ. އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި އެވެ.

އެ އޮފީސް ހުޅުވައި ހިދުމަތް ފައްޓަވައިދެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ މަނިކުފާނެވެ.

އިމިގްރޭޝަނުން ބުނީ ޕާސްޕޯޓަށް އެދި ހުށަހެޅުމާއި ދޫކުރުމުގެ ހިދުމަތުގެ އިތުރުން އައިޑީކާޑު ވެސް އެ އޮފީހުން މިއަދުން ފެށިގެން ލިބޭނެ ކަމަށެވެ.

ހިދުމަތް ފެށުމުގެ ގޮތުން އެ އޮފީހުން ވަނީ ފުރަތަމަ ޕާސްޕޯޓު ވެސް ވެރިފަރާތާ ހަވާލުކޮށްފަ އެވެ. އިމިގްރޭޝަން ކޮންޓްރޯލާ އަހުމަދު ފަސީހު ވެސް ބައިވެރިވެވަޑައިގަތް އެ ރަސްމިއްޔާތުގައި ޕާސްޕޯޓު ހަވާލު ކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.

އޭދަފުށީގައި މިއަދު ހުޅުވި އިމިގްރޭޝަންގެ އޮފީހަކީ ހިދުމަތްތައް ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން އެ އަތޮޅުގައި ފެށި ފުރަތަމަ ހިދުމަތެވެ.