އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ ނާދެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
15 އެޕްރީލް 2025
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ ނާދެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން، އިޒްރޭލު ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނު ބަދަލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
މިދިޔަ އަހަރުގެ މެއި 29 ވަނަ ދުވަހު ހުށަހެޅި ބިލް ބަލައިގަނެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީ އަށް ފޮނުވިތާ 308 ދުވަސް ފަހުން ބިލު ކޮމިޓީން ފާސްކުރީ އިއްޔެ އެވެ. އޭގެ ފަހުން މަޖިލީހުން އެ ބިލް ފާސްކުރީ މިއަދު އެވެ.
ރައީސް މުއިއްޒު ވަނީ އެ ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކުރިތާ މާ ގިނައިރުތަކެއް ނުވެ ބިލް ތަސްދީގު ކުރައްވައިފަ އެވެ.
އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައި ބިލުގެ މަގްސަދު ކަމަށް ބުނެފައިވަނީ ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލަން ހިންގާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގޮތުން، ރާއްޖެއަށް އިޒްރޭލު ޕާސްޕޯޓުގައި އެތެރެވުން މަނާކުރުމެވެ.
ނަމަވެސް، ވެރިކަން ކުރާ ޕީއެންސީ މެޖޯރިޓީ އޮންނަ މަޖިލީހުން މި ބިލު ފާސްކުރީ ބައެއް ބަދަލުތަކެއް ގެނައުމަށް ފަހު އެވެ. އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލު ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށް ބިލް ހުށަހެޅި އިރު އޮތް ނަމަވެސް ފާސްކުރީ އިޒްރޭލު ޕާސްޕޯޓް އޮންނަ މީހުންނަށް ވެސް އެއީ އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތް މީހަކަށްވާ ނަމަ އެ ޕާސްޕޯޓްގައި ރާއްޖެ އެތެރެވެވޭ ގޮތަށެވެ.
އެގޮތަށް ފާސްކުރީ ދެ ގައުމެއްގެ ރައްޔިތުކަން ނުވަތަ ޕާސްޕޯޓް ދެނެގަތުމުގެ ގާބިލްކަން މޯލްޑިވްސް އިމިގްރޭޝަންގެ ކިބައިގައި ނެތް ކަމަށް އެ އިދާރާ އިން މަޖިލީހަށް ދިން ލަފާގައި ބުނުމުންނެވެ. އިމިގްރޭޝަނުން ވެސް ލަފާ ދިނީ އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އަންނަ އިޒްރޭލުން މީހުން ރާއްޖެ އަށް ވަނުން މަނާ ކުރުމަށެވެ.
ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އިރުމަތީ ގުދުސް ހިމެނޭ ގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރުމާއި އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން އެކި ޕްލެޓްފޯމުތަކުގައި ގޮވާލައްވައިފަ އެވެ.
އެދުނީ އިޒްރޭލު ނޫން ޕާސްޕޯޓެއް ނަމަ މަނާނުކުރަން
އިޒްރޭލް ޕާސްޕޯޓް މަނާކުރަން ގާނޫނު އިސްލާހުކުރަނީ
އިޒްރޭލު ޕާސްޕޯޓުގައި އެތެރެނުވެވޭ ގޮތަށް ފާސްކޮށްފި
ބިލު ބަދަލުކުރީ މަގްސަދު ހާސިލްނުވާ ގޮތަށް: މީކާއިލް
އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ކުރީގެ ސީޕީ ފަސީހު
އުނގޫފާރުގައި އައިޑީކާޑު ޕްރިންޓްކުރަން ފަށައިފި
ރައީސް ގޮވާލެއްވީ ހަމަލާތައް ވަގުތުން ހުއްޓާލުމަށް
އިމިގްރޭޝަން ކޮންޓްރޯލާ އަކަށް ޝަމްއާން އައްޔަންކޮށްފި
"މަޑުލު ވަހީދުގެ ހިދުމަތް ފަނޑުވުމެއް ނެތި ހުންނާނެ"
ޖެނެރޭޝަން ބޭން: 2007 އިން ފެށިގެން ދުންފަތް މަނާ