Roadha Mihaaru

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ކުރީގެ ސީޕީ ފަސީހު

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު (ސީޕީ) އަހުމަދު ފަސީހު ދެންމެ އައްޔަން ކުރައްވައިފި އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ކުރީގެ ސީޕީ ފަސީހު

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު (ސީޕީ) އަހުމަދު ފަސީހު ދެންމެ އައްޔަން ކުރައްވައިފި އެވެ.

ފުލުހުންގެ ހިދުމަތުގައި 23 އަހަރު ހޭދަކުރެއްވުމަށް ފަހު، ފަސީހު ރިޓަޔާ ކުރެއްވީ 2012 އިގަ އެވެ. އެކަމަކު، އޭގެ ފަހުން އޭނާ ވަނީ ޕޮލިސް ބޯޑުގައި ޑިސެމްބަރު 12، 2022 އިން ފެށިގެން މަސައްކަތް ކުރައްވައިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ފަސީހު އައްޔަން ކުރެއްވީ، ނޮވެމްބަރު 19، 2023 އިން ފެށިގެން އެ މަގާމު ފުރުއްވަމުން ގެންދެވި މުހައްމަދު ޝަމްއާން ވަހީދު ކުއްލި ގޮތަކަށް އިއްޔެ ވަކިކުރެއްވުމަށް ފަހު އެވެ.

ޝަމްއާން މަގާމުން ވަކިކުރެއްވި ސަބަބެއް ސަރުކާރުން އަދި ހާމަނުކުރި ނަމަވެސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު ފައިދާ ހޯދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފުލުހުން ބަލަން ފަށާފައިވާކަން ރޭ ވަނީ ބުނެފަ އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން "މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން" ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ތަހުގީގު ފަށާފައިވާ ކަަމަށެވެ.

އަދި މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުންޏެވެ. އެ އަށް ވުރެ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ. އަދި މަގާމުން ވަކިކުރު ޝަމްއާނާ އެ ތުހުމަތުތަކާ ގުޅުމެއް އޮތް ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ނޭނގެ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވެ، އެންމެ ފުޅާކޮށް ހިންގާ އެއް ކަމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން އަތުލައިގަތުމާއި އަދި ގަވާއިދުތަކުގެ ތެރެއަށް އެ މީހުން ފެއްތުމުގެ ކަންކަން ކުރިއަށް ގެންދިއުމެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ 5،000 އަށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ވަނީ ރާއްޖެ އިން ޑީޕޯޓް ކޮށްފަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ އޭނާ އެންމެ އިސްކަން ދެެއްވާ ކަންތައް ކަމަށް މަގާމުގައި ހުންނެވި އިރު ޝަމްއާން އެކި ފޯރަމްތަކުގައި ވިދާޅުވެފައި ވެ އެވެ.