14 ސެޕްޓެމްބަރ 2017
ހަނގުރާމައަށް ސީރިއާ އަށް ދާން އުޅުނު ކަމުގެ ތުހުމަތުގައި މެލޭޝިއާ ފުލުހުން އެ ގައުމުން ހައްޔަރުކުރި ދެ ދިވެހިން ރާއްޖެ ގެނެސް ދޫކޮށްލާފައިވާކަން އެނގިއްޖެ އެވެ.
ހަނގުރާމައަށް ސީރިއާ އަށް ދާން އުޅުނު ކަމުގެ ތުހުމަތުގައި މެލޭޝިއާ ފުލުހުން އެ ގައުމުން ހައްޔަރުކުރި ދެ ދިވެހިން ރާއްޖެ ގެނެސް ދޫކޮށްލާފައިވާކަން އެނގިއްޖެ އެވެ.
އުމުރުން 29 އަހަރުގެ ދިވެއްސަކާއި 33 އަހަރުގެ ދިވެއްސަކު މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ހައްޔަރުކުރީ މެލޭޝިއާގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލާއަކާ ދެކޮޅަށް އެ ގައުމުގެ ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ނަމަވެސް އެ ދިވެހިންނަކީ ދޭން އުޅުނު ހަމަލާއާ ގުޅުންހުރި ބައެއް ނޫނެވެ.
ކަމުގެ މައުލޫމާތު އެނގޭ އޮފިޝަލަކު ވިދާޅުވި ގޮތުގައި މެލޭޝިއާއިން ހައްޔަރުކުރި ދިވެހިންގެ މައްސަލަ ތަހުގީގު ކުރަމުން އައި ނަމަވެސް އެ މީހުން ހައްޔަރު ނުކުރެވެނީ ޖިނާއީ އިޖުރާތު ގާނޫނުގެ ދަށުން ބޭނުންވާ ވަރަށް ހެކި ނުލިބިގެން ކަމަށެވެ.
"ޖިނާއީ އިޖުރާއަތު ގާނޫނު އޮންނަ ގޮތުން މީހަކު ހައްޔަރަށް ގެންދަން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވޭ. ހެކި ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.
ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމާގައި ބައެއް ދިވެހިން މިހާރު ވެސް ދަނީ ބައިވެރިވަމުންނެވެ. އެ ހަނގުރާމާގައި ބައިވެރިވަމުން ދަނިކޮށް ބައެއް ދިވެހިން ވަނީ މަރުވެފަ އެވެ. ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު ބުނާގޮތުން ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމާއި ހަނގުރާމައެއްގައި ބައިވެރިވާން އުޅުމަކީ ބޮޑު އަދަބު އަންނަ ކުށެކެވެ.
މެލޭޝިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން އެއާ ކޮންޑިޝަން މަރާމާތުކުރުމުގެ މަސައްކަތްކުރާ ދެ ދިވެހިން މެލޭޝިއާއިން ހައްޔަރުކުރީ މެލޭޝިއާ އާއި ސިންގަޕޫރު ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުން ކޮށްގެން ސީރިއާއަށް ހަނގުރާމަ ކުރަން ދާން އުޅުމުގެ ތުހުމަތުގަ އެވެ. އެކަމަކު އެ ދިވެހިންގެ ނަމެއް ހާމަކޮށްފައެއް ނުވެ އެވެ. ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ދެ ދިވެހިން ހައްޔަރުކުރީ ޖޯހަރު ބާރޫ އިންނެވެ.
މެލޭޝިއާގައި ހައްޔަރުކުރި ދެ ދިވެހިން ރާއްޖެ ގެނެސްފި
ހަނގުރާމަޔަށް ދިޔަ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެ
ލިސްޓަށް ބަދަލެއް ނެތް،ސީރިއާއަށް ދިއުން އަދިވެސް މަނާ
ހަނގުރާމައަށް ދިޔަ ކަމަށް ބެލެވުނަސް ރިހެބިލިޓޭޝަނަށް
ހަނގުރާމާގައި ހާލުގައިޖެހުނު އަންހެނަކު ރާއްޖެ ގެންނަނީ
ހަނގުރާމައިން އައި މީހާގެ ބަންދަށް ހަތް ދުވަސް
ހަނގުރާމައަށް ދިޔަ ދިވެއްސަކު ރާއްޖެ އައުމުން ހައްޔަރު
ސީރިއާގައި ތިބި ދިވެހިން ގެންނަން ކަންކަން އެބަ ބަލާ
ސީރިއާގައި ތިބި ދިވެހިން ހަތް މަސް ތެރޭ ގެންނަނީ
ހަނގުރާމައަށް ދިވެހިން ފޮނުވާ މީހަކު ހައްޔަރުކޮށްފި