12 ޖުލައި 2018
މާލެ-ހުޅުލެ ބްރިޖު ނުވަތަ ސިނަމާލެ ބްރިޖު ހުޅުވުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ ވެހިކަލްތަކަށް ޕާކިން އޭރިއާ އެއް ޚާއްސަ ކުރުމަށްޓަކައި، ހުޅުލޭގެ ފަޅުން ބައެއް ހިއްކަން މި މަހު ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.
މާލެ-ހުޅުލެ ބްރިޖު ނުވަތަ ސިނަމާލެ ބްރިޖު ހުޅުވުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ ވެހިކަލްތަކަށް ޕާކިން އޭރިއާ އެއް ޚާއްސަ ކުރުމަށްޓަކައި، ހުޅުލޭގެ ފަޅުން ބައެއް ހިއްކަން މި މަހު ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.
ސިނަމާލެ ބްރިޖް ހުޅުވަން ވާއިރަށް، އެއާޕޯޓުގައި ޕާކިން އޭރިއާއެއް ހަދަން ހިއްކަން ހަމަޖެހިފައި ވަނީ، ހުޅަނގު ދެކުނުން ހުޅުލޭ ފަޅަށް ފެރީތައް ވަންނަ ދިމާލެވެ. އެ ދިމާ ހިއްކުމުގެ މަސައްކަތް ފެށުމަށް، ހުޅުލޭ ފަޅަށް ވަދެވޭ ގޮތަށް އާ ނެރެއް މިހާރު ކަނޑައިފަ އެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ، އެއާޕޯޓުގައި ޕާކިން އޭރިއާއެއް ހަދަން 34،000 އަކަފޫޓުގެ ސަރަހައްދެއް ހިއްކަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ދުބާއީގެ ގަލްފް ކޮބްލާ ކިޔާ ކުންފުންޏަކާ ހަވާލު ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި މަސައްކަތް ފަށާތާ ދެތިން ދުވަހުގެ ތެރޭގައި ނިންމައިލެވޭނެ. ބްރިޖް ނިމެން ވާއިރަށް އަވަހަށް ހިއްކައި ނިންމާލުމަށް ފަހު، އެ ތަން ތައްޔާރު ކުރަން މަސައްކަތް މިކުރަނީ،" އޮފިޝަލް ވިދާޅުވި އެވެ.
އެމްއޭސީއެލް އިން ކުރިން ބުނެފައި ވަނީ ބްރިޖުން އެއާޕޯޓަށް ދަތުރުކުރާ މީހުން އުފުލާ ވެހިކަލްތަކުގައި ޓާމިނަލް ސަރަހައްދަށް ދެވޭނެ ކަމަށެވެ. ނަމަވެސް އެ ސަރަހައްދުގައި އެއްވެސް ވެހިކަލަކަށް މަޑުކޮށްގެން ނުތިބެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ސިނަމާލެ ބްރިޖް އަންނަ މަސް ނިމުމުގެ ކުރިން ހުޅުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ހުޅުލޭގައި އާ މަގެއް ހުޅުވައިފި
އެއާޕޯޓްގައި މުވައްޒަފުންނަށް މިހާރު ހިލޭ ޕާކް ކުރެވޭނެ
ޕާކިން އޭރިއާ ހަދަން ހުޅުލޭ ފަޅުތެރޭން ބައެއް ހިއްކަނީ
އެމްއޭސީއެލްއިން މުވައްޒަފުން ވައްކެއް ނުކުރާނެ: އާދިލް
ވީއައިއޭގެ ހުޅަނގު އޭޕްރަން ހުޅުވައިފި
ބަހުގެ ހިދުމަތް ދޭނެ ބަޔަކު އެމްއޭސީއެލުން ހޯދަނީ
ހުޅުލޭ އާ ނެރުގެ މަސައްކަތެއް ކުރާތީ ސަމާލުވާން އެދެފި
މަހުޖޫބު ޝުޖާއު، އެއާޕޯޓުގެ ތަރައްގީ ވިލަރެސްކުރަން
އެއާޕޯޓް މަޝްރޫއު އަލުން ފަށަން މަޝްވަރާކޮށްފި
އާ ރަންވޭ ބޭނުންކުރަން ފަށާނީ އޮގަސްޓް ހިސާބުގައި