15 މެއި 2018
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ގިނަ މުވައްޒަފުންތަކެއް ވަކިކުރަން އުޅޭ ކަމަށް ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތައް އެ ކުންފުނިން މިއަދު ދޮގު ކޮށްފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ގިނަ މުވައްޒަފުންތަކެއް ވަކިކުރަން އުޅޭ ކަމަށް ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތައް އެ ކުންފުނިން މިއަދު ދޮގު ކޮށްފި އެވެ.
އެ މައްސަލާގައި "މިހާރު" އާ ވާހަކަ ދައްކަވަމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ، އެއާޕޯޓުގައި ތަރައްގީގެ ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ މިފަދަ ދަނޑިވަޅެއްގައި މުވައްޒަފުން ވަކިކުރުމުގެ ބަދަލުގައި ޖެހެނީ އިތުރު ކުރަން ކަމަށެވެ.
އެގޮތުން، ވަކި މުއްދަތަކަށް ތަފާތު ޕްރޮޖެކްޓުތަކަށް ހަމަޖެއްސި ވަގުތީ މުވައްޒަފުން ވެސް އެ މުއްދަތު ހަމަވުމުން، ދާއިމީ މުވައްޒަފުންނަށް ބަދަލު ކުރަމުން އަންނަ ކަމަށް އާދިލް ވިދާޅުވި އެވެ.
"އޮފީހަށް ނުނިކުމެ، މަސައްކަތް ނުކުރާ މުވައްޒަފަކު ވަކިކޮށްފާނެ. އެ ކަހަލަ މައްސަލައެއްގައި ކުންފުނީގެ ޕޮލިސީއަކާ ޚިލާފު ވެގެން ނޫނީ އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވައްކެއް ނުކުރާނެ. އަދި ވަކި ކުރަން ހަމަޖެހިފައެއް ވެސް ނެތް،" އެމްއޭސީއެލް އިން ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަކި ކުރަން އުޅޭ ކަމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ދޮގު ކުރައްވަމުން އާދިލް ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް މިހާރު ހިންގާ ބޮޑެތި މަޝްރޫއުތައް ނިމުމުން، އެތަނުގެ އޮޕަރޭޝަންތައް މިހާރަށް ވުރެ ބޮޑަށް އިތުރުވެގެން ދާނެ އެވެ. އަދި އޮޕަރޭޝަންތައް އިތުރުވާއިރު، އެމްއޭސީއެލް އަށް އިތުރު މުވައްޒަފުން ބޭނުންވާނެ ކަމަށާއި މި އަހަރުގެ ތެރޭގައި އިތުރު މީހުންނަށް ވަޒީފާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމްއޭސީއެލްގައި، ގާތްގަނޑަކަށް 2،600 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.
ހުޅުލޭގައި އާ މަގެއް ހުޅުވައިފި
ހުޅުލޭގެ ޕާކިން އޭރިއާ ހަދަން މި މަހު ހިއްކަން ފަށަނީ
ޕާކިން އޭރިއާ ހަދަން ހުޅުލޭ ފަޅުތެރޭން ބައެއް ހިއްކަނީ
އެއާޕޯޓުގެ އާ ވިއައިޕީ ކޮމްޕްލެކްސް ހަދަން ދައުވަތުދީފި
އާ ޓާމިނަލް ބޭނުން ކުރެވޭނީ 2019 ގައި: އާދިލް
ވީއައިއޭގެ ހުޅަނގު އޭޕްރަން ހުޅުވައިފި
ބަހުގެ ހިދުމަތް ދޭނެ ބަޔަކު އެމްއޭސީއެލުން ހޯދަނީ
ވެރިކަން ބަދަލުވުމުގެ ކުރިން ޓާމިނަލް ދޭން އުޅުނު!؟
ހުޅުލޭ އާ ނެރުގެ މަސައްކަތެއް ކުރާތީ ސަމާލުވާން އެދެފި
މަހުޖޫބު ޝުޖާއު، އެއާޕޯޓުގެ ތަރައްގީ ވިލަރެސްކުރަން