31 އޮކްޓޯބަރ 2016
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި އަލަށް ހަދާ ޓާމިނަލްގެ މަސައްކަތް ނިންމަން ތިން އަހަރެއްހާ ދުވަސް ނަގާނެ ކަމަށާއި އެ ތަން ބޭނުން ކުރަން ފެށޭނީ 2019 ވަނަ އަހަރު ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި އަލަށް ހަދާ ޓާމިނަލްގެ މަސައްކަތް ނިންމަން ތިން އަހަރެއްހާ ދުވަސް ނަގާނެ ކަމަށާއި އެ ތަން ބޭނުން ކުރަން ފެށޭނީ 2019 ވަނަ އަހަރު ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.
އަަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ޒަމާނީ ވަސީލަތްތަކާ އެކު ހަދާ ޓާމިނަލްގެ މަސައްކަތް ގާތްގަނޑަކަށް 350 މިލިއަން ޑޮލަރަށް މިދިޔަ މެއި މަހުގެ ފަހުކޮޅު ހަވާލު ކޮށްފައި ވަނީ ސައޫދީ ބިން ލާދިން ގްރޫޕާ އެވެ.
އެއާޕޯޓްގެ މާސްޓާ ޕްލޭނާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ ޑިޒައިން ކޮށް އިމާރާތް ކުރާ ގޮތަށް ހަވާލު ކުރި މަޝްރޫއުގެ ދަށުން މުޅި ޓާމިނަލް ނިންމަން ތިން އަހަރު ނަގާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ތަނުގެ މަސައްކަތް ނިމި ހިންގަން ފެށޭވަރު ވާނީ 2019 ވަނަ އަހަރު ކަމަށެވެ. އެކަމަކު ޓާމިނަލްގެ މައިގަނޑު މަސައްކަތްތައް 2018 ވަނަ އަހަރު ނިންމާލެވޭތޯ ބަލަމުން އަންނަ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިބަލަނީ ގާތްގަނޑަކަށް ތިން އަހަރު ނަގާނެ ކަމަށް މުޅި ޓާމިނަލް ފަންކްޝަނަށް ގެންނަން،" އޭނާ ވިދާޅުވި އެވެ.
އެއާޕޯޓު ތަރައްގީކުރުމުގެ މާސްޓާ ޕްލޭންގެ ކުރެހުމެއް: އާ ޓާމިނަލް ބޭނުންކުރަން ފެށޭނެ މުއްދަތު މިހާރު ވަނީ ލަސްވެފައި. ފޮޓޯ: ނިޝާން އަލީ /މިހާރު
އާދިލް ވިދާޅުވީ އެ މަޝްރޫއުގެ ދަަށުން ޓާމިނަލް ޑިޒައިން ނިމި ސާވޭތައް ކުރަން ފަށާފައިވާ ކަމަށެވެ. އަދި ކޮންޓްރެކްޓަރުގެ ވަގުތީ އިމާރާތްތައް އަޅާނެ ސަރަހައްދުތައް ވެސް ކަނޑައަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެއާޕޯޓުގެ މާސްޓާ ޕްލޭނާ ބެހޭ ގޮތުން އާދިލް ވިދާޅުވީ އާ ޓާމިނަލް އެޅުމަށް ނިންމާފައި ވަނީ މިހާރު އިންޓަނޭޝަނަލް ޓާމިނަލާ ޖެހިގެން ދެކުނަށް އޮތް ސަރަހައްދުގައި ކަމަށެވެ. އަދި މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލް ބޭނުންކުރެވޭނީ ޑޮމެސްޓިކް ޓާމިނަލެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ޓާމިނަލް އަޅާ ސަރަހައްދުގައި ހުރި އިމާރާތްތައް އިރުމަތީ ފަރާތަށް ބަދަލުކުރުމަށް އެމްއޭސީއެލް އިން ވަނީ ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ ހަރަދު ކޮށްފަ އެވެ. އަދި މުޅި އެއާޕޯޓުގެ ފަޔާ ހައިޑްރަންޓް ސިސްޓަމް ވެސް ވަނީ ބަދަލުކޮށްފަ އެވެ.
އާދިލް ވިދާޅުވީ މިހާރުގެ ޓާމިނަލްގައި ހުރި ޕިއާ ބްރިޖް ތަޅާލުމުގެ މަސައްކަތް ވެސް ކުރަން ޖެހޭ ކަމަށެވެ. އަދި އެ ތަނުގައި ހުރި ގޭޓްތަކާއި އެއާލައިންތަކުގެ އޮފީސްތައް ބަދަލުކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއާލައިންތަކުގެ އޮފީސް ވެސް އެ ޓާމިނަލާ މާ ދުރު ނޫން ސަރަހައްދަކަށް މި ބަދަލުކުރަނީ. އަދި ޓާމިނަލް އަޅާ ސަރަހައްދުގައި ހުރި 14 ބިލްޑިންގެއް ވަނީ ނަގާ ނިންމާފައި،" އާދިލް ވިދާޅުވި އެވެ.
އެއާޕޯޓްގެ ސީޕްލޭން ޓާމިނަލް ބަދަލު ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އާދިލް ވިދާޅުވީ މިހާރު ބޭނުން ކުރަމުން އަންނަ ސީ ޕްލޭން ޓާމިނަލް އާ ރަންވޭ ހަދާ ސަރަހައްދަށް އަރާތީ ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން އޭޓީސީ ޓަވަރު ކައިރީގައި ހެދުމަށް ކޮންސްޕެޓް ޕްލޭން ނިންމި، އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުޅުލޭގައި އާ މަގެއް ހުޅުވައިފި
ޕާކިން އޭރިއާ ހަދަން ހުޅުލޭ ފަޅުތެރޭން ބައެއް ހިއްކަނީ
އެމްއޭސީއެލްއިން މުވައްޒަފުން ވައްކެއް ނުކުރާނެ: އާދިލް
އެއާޕޯޓް ނިމޭއިރު 3،000 ވަޒީފާ އުފެދޭނެ: ސައީދު
މަހުޖޫބު ޝުޖާއު، އެއާޕޯޓުގެ ތަރައްގީ ވިލަރެސްކުރަން
ހުޅުލޭގެ ޕާކިން އޭރިއާ ހަދަން މި މަހު ހިއްކަން ފަށަނީ
ކޭއެފްސީ އާއި ޕިއްޒާ ހަޓް ރާއްޖެއަށް
އެމްއޭސީއެލްގެ މުވައްޒަފުންނަށް ފްލެޓް އަޅަނީ
އާ ރަންވޭގެ މަސައްކަތް ތާވަލާ އެއްގޮތަށް ދަނީ ކުރިއަށް
ހުޅުލެއަށް އާއްމުކޮށް ވަންނަ ނެރު ބަންދުކުރަނީ