19 ޖޫން 2018
ބްރިޖްގެ މަސައްކަތް ނިމެން ވާއިރު، ހުޅުލޭ ފަޅުތެރޭން ބައެއް ހިއްކައިގެން ބޮޑު ޕާކިން އޭރިއާއެއް ހެދުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
ބްރިޖްގެ މަސައްކަތް ނިމެން ވާއިރު، ހުޅުލޭ ފަޅުތެރޭން ބައެއް ހިއްކައިގެން ބޮޑު ޕާކިން އޭރިއާއެއް ހެދުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
ޕާކިން އޭރިއާ އަށް ހިއްކަން ހަމަޖެހިފައި ވަނީ، ހުޅުލޭ ފަޅަށް ފެރީތައް ވަންނަ ދިމާލެވެ. އެ ދިމާ ހިއްކުމުގެ މަސައްކަތް ފެށުމަށް، ހުޅުލޭ ފަޅަށް ވަދެވޭ ގޮތަށް އާ ނެރެއް ކެނޑުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
"އަޅުގަނޑުމެން މިހާރު ބޭނުންކުރާ ހުޅަނގުފަރާތު ނެރު މި ބަންދު ކުރަނީ. މިހާރު އެހެން ނެރެއް ކެނޑުމުގެ މަސައްކަތް މި ކުރަނީ. އެ ނެރުގެ މަސައްކަތް ނިމުމާ އެކު ޕާކިން އޭރިއާ ސަރަހައްދު ހިއްކަން ފަށާނެ،" ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވި އެވެ.
އާދިލް ވިދާޅުވީ ބްރިޖް ހުޅުވަން ވާއިރު، ޕާކިން އޭރިއާގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަދި ޕާކިން އޭރިއާގެ މަސައްކަތް ކުރިއަށް ގެންދާނީ، އައިއެންއައިއޭގެ ދެވަނަ ރަންވޭގެ ބިން ހިއްކުމުގެ މަސައްކަތުގެ ސަބްކޮންޓްރެކްޓަރު ކަމަށްވާ ޔޫއޭއީގެ ގަލްފް ކޮބްލާ އިން ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.
"މި ހަދަނީ އޯޕަން ޕާކިން އޭރިއާއެއް. ޕާކިން ބިލްޑިންގެއް ނޫން. ޕާކިން ބިލްޑިން ހަދަން ހަމަޖެހިފައިވަނީ މިހާރު މަސައްކަތް ކުރާ ސައިޓްގައި. އެ ސައިޓް ނެގީމަ ފަހުން އެތާ ޕާކިން ބިލްޑިންގެއް ހަދާނެ،" އާދިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބްރިޖް މަތިން އެއާޕޯޓަށް ދަތުރުކުރާ މީހުން އުފުލާ ވެހިކަލްތަކުގައި ޓާމިނަލް ސަރަހައްދަށް ދެވޭނެ ކަމަށެވެ. ނަމަވެސް އެ ސަރަހައްދުގައި އެއްވެސް ވެހިކަލަކަށް މަޑުކޮށްގެން ނޯވެވޭނެ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.
"(ޓާމިނަލް ސަރަހައްދުގައި) ޕާކެއް ނުކުރެވޭނެ. ޕާކް ކުރަންޏާ ޖެހޭނީ ޕާކިން އޭރިއާ އަށް ދާން،" އާދިލް ވިދާޅުވި އެވެ. އަންނަ މަހުގެ 26 ގައި ބްރިޖް ހުޅުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ހުޅުލޭގައި އާ މަގެއް ހުޅުވައިފި
ހުޅުލޭގެ ޕާކިން އޭރިއާ ހަދަން މި މަހު ހިއްކަން ފަށަނީ
އެމްއޭސީއެލްއިން މުވައްޒަފުން ވައްކެއް ނުކުރާނެ: އާދިލް
އެއާޕޯޓުގެ އާ ވިއައިޕީ ކޮމްޕްލެކްސް ހަދަން ދައުވަތުދީފި
ބަހުގެ ހިދުމަތް ދޭނެ ބަޔަކު އެމްއޭސީއެލުން ހޯދަނީ
ވެރިކަން ބަދަލުވުމުގެ ކުރިން ޓާމިނަލް ދޭން އުޅުނު!؟
އެއާޕޯޓްގައި މުވައްޒަފުންނަށް މިހާރު ހިލޭ ޕާކް ކުރެވޭނެ
ރަންވޭ މަރާމާތުކުރާތީ ދަތުރުތަކަށް ބުރޫއަރައިފި
ވެލާނާ އެއާޕޯޓުގައި ހަތަރު ފްރެންޗައިސެއް ހުޅުވައިފި
އެއާޕޯޓު ވާނީ ސަރަހައްދުގެ ނަމޫނާއަކަށް: އާދިލް