28 މެއި 2020
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުވައްޒަފުން މާލެ އާއި ހުޅުލެއާ ދެމެދު ދަތުރު ކުރުމަށް ބަހުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އެ ކުންފުނިން އިއުލާން ކޮށްފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުވައްޒަފުން މާލެ އާއި ހުޅުލެއާ ދެމެދު ދަތުރު ކުރުމަށް ބަހުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އެ ކުންފުނިން އިއުލާން ކޮށްފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން މީގެ ކުރިން ވެސް ވަނީ އެ ކަމަށް ޝައުގުވެރިވާނެ ބަޔަކު ހޯދަން އިއުލާންކޮށްފަ އެވެ. ނަމަވެސް އެ އިއުލާނަށް އެކަށީގެންވާ ތަރހީބު ނުލިބުމުން އަލުން ފުރުސަތު ހުޅުވައިލީ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އެމްއޭސީއެލް އިން ލަފާކުރާ ގޮތުގައި، އެ ކުންފުނީގެ 1،600 އެއްހާ މުވައްޒަފުން ކޮންމެ ދުވަހަކު މާލެ އާއި ހުޅުއާ ދެމެދު ދަތުރުކުރާނެ އެވެ. އެހެންވެ، ބަހުގެ ހިދުމަތް ދޭން އެދި ހުށަހަޅާ ކުންފުންޏަކީ އެންމެ ބާރު ބޮޑުު ގަޑިތަކުގައި މަދުވެގެން 600 މުވައްޒަފުން އުފުލުމުގެ ގާބިލްކަން ހުރި ބަޔަކަށް ވާންޖެހޭ ކަމަށް އިއުލާނުގައި ވެ އެވެ.
އެމްއޭސީއެލް އަށް ބަސް ދަތުރުކޮށްދޭން ބޭނުންވާ ފަރާތްތަކުން އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހުގެ ކުރިން bidinfo@macl.aero އަށް މެއިލް ކުރަން ޖެހެ އެވެ. ބީލަން ފޮތް ލިބުމުން ބީލަން ހުށަހަޅަން ކެހެނީ ޖޫން 14 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިންނެވެ.
ބަސް ދަތުރުކޮށްދޭން ހަވާލު ކުރާނީ ފަންނީ، މާލީ ދިރާސާއެއް ހެދުމަށް ފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން އެންމެ ރަނގަޅު ހުށަހެޅުމަކަށެވެ.
މާލެ އާއި ހުޅުލެއާ ދެމެދު ބަހުގެ ހިދުމަތް މިހާރު ދެމުން އަންނަނީ އެމްޕީއެލް އިންނެވެ. ހުޅުމާލެ އާއި ހުޅުލެއާ ދެމެދު ބަހުގެ ހިދުމަތް ދެނީ އެމްޓީސީސީންނެވެ.
އެއާޕޯޓްގައި މުވައްޒަފުންނަށް މިހާރު ހިލޭ ޕާކް ކުރެވޭނެ
އާމްދަނީ 82 ބިލިއަން ރުފިޔާ އަށް ހަދާނަން: ރައީސް
އާ ރަންވޭއަށް ފުރަތަމަ ބޯޓު ޖައްސައިފި
ހުޅުލޭގެ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް ހިންގައިފި
ދަތުރުކުރުމުގެ ފީ: ބްރިޖާ ގުޅިފައިވާ މިހާރުގެ ބަހުސް
ހުޅުލޭގެ ޕާކިން އޭރިއާ ހަދަން މި މަހު ހިއްކަން ފަށަނީ
ހުޅުލެއަށް ވަންނަން އާ ނެރެއް ހަމަޖައްސައިފި
ވީއައިއޭގެ ޚިދުމަތްތައް ތިން ގަޑިއިރަށް މެދުކަނޑާލަނީ
ހުޅުލޭގައި އާ މަގެއް ހުޅުވައިފި
ޕާކިން އޭރިއާ ހަދަން ހުޅުލޭ ފަޅުތެރޭން ބައެއް ހިއްކަނީ