Roadha Mihaaru

މިރޭގެ ހަތެއް ޖަހަންދެން ހުޅުލޭގެ އުތުރު ނެރު ބަންދު!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް މިރޭ ހުޅުވުމަށް ތައްޔާރުވަމުން އަންނާތީ ހުޅުލޭގެ އުތުރު ފަރާތުގައި އޮންނަ ފަޅު، ވަގުތީ ގޮތުން ބަންދު ކުރަން ނިންމައިފި އެވެ.

މިރޭގެ ހަތެއް ޖަހަންދެން ހުޅުލޭގެ އުތުރު ނެރު ބަންދު!
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

26 ޖުލައި 2025

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް މިރޭ ހުޅުވުމަށް ތައްޔާރުވަމުން އަންނާތީ ހުޅުލޭގެ އުތުރު ފަރާތުގައި އޮންނަ ފަޅު، ވަގުތީ ގޮތުން ބަންދު ކުރަން ނިންމައިފި އެވެ.

އެމްއޭސީއެލްއިން ކުރި އިއުލާނެއްގައި ބުނީ އެ ފަޅު ބޭނުންކުރުން ބަންދުވާނީ މިރޭގެ ފަތިހު 5:30 އިން ފެށިގެން މރޭގެ 7:00 އާ ހަމައަށް ކަމަށެވެ.

އެ ގަޑިތަކުގެ ތެރޭގައި ހުޅުލެއަށް ވަދެ ނިކުތުމަށް އުތުރު ނެރު ބޭނުން ނުކުރުމަށް އެމްއޭސީއެލް އިން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ހުޅުލެ އަށް ވަނުމަށް ދެކުނު ނެރު އަދި ނުކުތުމަށް މެދުގައިވާ ނެރު ބޭނުން ކުރުމަށް އެ ކުންފުނިން އެދުނެވެ.

އާ ޓާމިނަލް ހުޅުވަން މިރޭ ބާއްވާ ރަސްމިއްޔާތު ކުރިއަށް ގެންދާ ވަގުތުގައި އާންމު ވެހިކަލްތަކަށް ފަސް ވަރަކަށް ގަޑިއިރަށް އެއާޕޯޓަށް ނުވަދެވޭނެ ކަމަށް ވެސް އެމްއޭސީއެލުން ވަނީ ބުނެފި އެވެ. އެ ކުންފުނިން ވަނީ މިރޭގެ 7:00 އިން ފެށިގެން 11:30 އަށް އާންމު ވެހިކަލްތަކަށް އެއާޕޯޓް ބަންދު ކޮށްފަ އެވެ.

އާ ޓާމިނަލް ހުޅުވުމަށް މާލެ ސަރަހައްދުގައި ކުލަގަދަ ހަރަކާތްތަކެއް ބާއްވާ ވަގުތާ ދިމާކޮށް ދޮޅުގަޑިއިރަށް އެއާޕޯޓުގެ ވައިގެ ސަރަހައްދު ޗެސް ބަންދުކުރަން ވަނީ ނިންމައިފަ އެވެ.

އެ ކުންފުނިން ބުނީ އާންމުންނަށް ފުރުމުގައި އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސާނެ ކަމަށެވެ.