ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކާ އެކު، މިދިޔަ ޖުލައި މަހު ބަންދުކުރި ޕާކިން ސަރަހައްދުން ބައެއް މިއަދުން ފެށިގެން ވަގުތީ ގޮތުން އެމްއޭސީއެލުން ހުޅުވާލައިފި އެވެ.
14 ސެޕްޓެމްބަރ 2025
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކާ އެކު، މިދިޔަ ޖުލައި މަހު ބަންދުކުރި ޕާކިން ސަރަހައްދުން ބައެއް މިއަދުން ފެށިގެން ވަގުތީ ގޮތުން އެމްއޭސީއެލުން ހުޅުވާލައިފި އެވެ.
އެއާޕޯޓުގެ އިރުމަތީ ފަރާތުގައި ހަދާފައިވާ ޕާކިން ޒޯނާއި ހުޅަނގު ފަރާތު ޕާކިން ޒޯނު ޖުލައި 26 އަށް އާ ޓާމިނަލް ހުޅުވަން ބަންދުކުރީ އެ މަހު 17 އިގަ އެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް އެ ޕާކިން ޒޯނު ބަންދުކޮށްފައި އޮތުމުން ގިނަ ބައެއްގެ ޝަކުވާ އޮތީ އިތުރުވެފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެމްއޭސީއެލުން ނެރުނު ސާކިއުލާއެއްގައި ބުނީ، އާ ޓާމިނަލްގެ އުތުރު ފަރާތުގައި އޮންނަ ޕާކިން ޒޯނަކީ އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަމަށް އެކަށީގެންވާ ސަރަހައްދެއް ނޫން ކަމަށް ފެންނަތީ ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އެކަމަކު، އެއާޕޯޓަށް އެކި ބޭނުންތަކުގައި ދާ މީހުންނާއި އެ ތަނުގެ މުވައްޒަފުންގެ ވެހިކަލްތައް ޕާކު ކުރުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށް ޕާކު ކުރުމަށް ހަދާފައިވާ ވަކި އުސޫލެއްގެ މަތިން ޓާމިނަލް 1 ގެ ކުރިމަތީ ވަކި ސަރަހައްދެއްގައި މިއަދުން ފެށިފެން ޕާކު ކުރެވޭނެ ކަމަށް އެމްއޭސީއެލްގެ ސާކިއުލާގައި ބުންޏެވެ.
ނަމަވެސް އެއީ ވަގުތީ ގޮތުން ހުޅުވައިލި ޕާކިން ޒޯނެއް ކަމަށާއި ޕާކިން އަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެއާޕޯޓުގެ އިރުމަތީ ފަރާތުގައި ޕާކިން ޒޯނު ހަދަން ނިންމާފައިވާ ކަމަށް ވެސް ސާކިއުލާގައި ވެ އެވެ.
އެމްއޭސީއެލުން ބުނިގޮތުގައި، އެއާޕޯޓުގެ އިރުމަތީ ސަރަހައްދުގައި މިހާރު ވެސް ޕާކު ކުރެވޭނެ އެވެ. އޭގެ އިތުރުން ވެސް އެ ސަރަހައްދުގައި ބައެއް ކަންކަން ކުރަން ނިންމާފައިވާ ކަމަށް ބުންޏެވެ. އޭގެ ތެރޭގައި:
- މާލެ އަދި ހުޅުމާލެ އިރުމަތީ ސަރަހައްދުގައިވާ ޕާކިން ޒޯނަށް ފަސޭހައިން ވަދެވޭނެ ގޮތަށް ލިންކް ރޯޑުގައި ޓްރެފިކް ލައިޓް ހަރުކުރުން.
- މާލެ އަދި ހުޅުމާލެއިން އެއާޕޯޓަށް ދަތުރުކުރުމުގައި ބަހުގެ ހިދުމަތް ފުޅާކުރުން.
- ފެރީ ދަތުރުތައް ފުޅާކުރުން.
އާ ޓާމިނަލުން އިތުރު 4 އެއާލައިނަކަށް ހިދުމަތްދެނީ
އާ ޓާމިނަލުގެ ދެވަނަ އެއާލައިނަކަށް އެއާ އަރަބިއާ
އާ ޓާމިނަލުން 2،000 ފަސިންޖަރުންނަށް ހިދުމަތް ދީފި
ޑްރޯންތައް ވެއްޓުނު މައްސަލަ ތަހުގީގުކުރަން އެދިއްޖެ
އާ ޓާމިނަލްގައި ފަސް ނަމާދުގެ ބަންގީގެ އަޑު އިވޭނެ
އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ އޭ330 ބޯޓަށް
ކުރީގެ ރައީސުންގެ ދައުވަތަށް ވަޑައިގަތީ ނަޝީދާއި ވަހީދު
ޑްރޯން ޝޯ އާއި ހަވާއިން ދައްކާލީ މިނިވަންކަމާއި ތާރީހު
ޓާމިނަލްގެ 70 ޕަސެންޓް ނިންމީ މި ސަރުކާރުން: ޝަރީފު
އާ ޓާމިނަލްގައި ޔާމީނާއި އިބޫގެ ދައުރަށް ޝުކުރު