ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ މޯލްޑިވިއަން އިން މިދިޔަ ޖެނުއަރީ މަހު ރާއްޖެ ގެނައި ވައިޑް ބޮޑީ އެއާކްރާފްޓް އޭ330ގެ ފްލައިޓުން އަންނަ ފަސިންޖަރުންނަށް ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
27 ޖުލައި 2025
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ މޯލްޑިވިއަން އިން މިދިޔަ ޖެނުއަރީ މަހު ރާއްޖެ ގެނައި ވައިޑް ބޮޑީ އެއާކްރާފްޓް އޭ330ގެ ފްލައިޓުން އަންނަ ފަސިންޖަރުންނަށް ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
އެ އެއާލައިންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، މިއަދު މެންދުރު ފަހު ކޮޗިން އިން ރާއްޖެ އަންނަ ފުރަތަމަ ފްލައިޓުގެ ފަސިންޖަރުންނަށް ހިދުމަތްދޭނީ އާ ޓާމިނަލުން ކަމަށެވެ. އެ ތާރީހީ ފްލައިޓުގައި ހިދުމަތް ދޭ ކްރޫ އިން ވެސް ތިބީ ދިވެހި ހެދުމުގަ އެވެ.
އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ އެއާބަސް އޭ330 ފްލައިޓުން އަންނަ ފަސިންޖަރުންނަށް -- ފޮޓޯ: މޯލްޑިވިއަން
ކޮޗިން އިން ރާއްޖެ އަންނަ ފްލައިޓު މެންދުރު ފަހު ގާތްގަނޑަކަށް 2:00 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނެ އެވެ. އެއަށްފަހު އެ އެއާލައިންގެ ހުރިހާ ބޯޓަކަށް އާ ޓާމިނަލް މެދުވެރިކޮށް ހިދުމަތް ދޭން ފަށާނެ އެވެ.
އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ އެއާބަސް އޭ 330 މަތިންދާ ބޯޓުގެ ފްލައިޓަށް -- ފޮޓޯ: މޯލްޑިވިއަން އެއާލައިން
މިއަދުން ފެށިގެން އާ ޓާމިނަލް މެދުވެރިކޮށް މޯލްޑިވިއަންގެ ފްލައިޓުތަކަށް ހިދުމަތް ދޭ އިރު، މަޑުމަޑުން އެހެން އެއާލައިންތަކުގެ ފްލައިޓުތަކަށް ވެސް ހިދުމަތް ދޭން ފަށާނެ އެވެ. އެމްއޭސީއެލްގެ އަމާޒަކީ އަންނަ ސެޕްޓެމްބަރު މަހަށްވާ އިރު އެ އެއާޕޯޓު ބޭނުންކުރާ 34 އެއާލައިންގެ މަތިންދާ ބޯޓުތަކަށް އާ ޓާމިނަލުން ހިދުމަތް ދޭން ފެށުމެވެ.
މީގެ ނުވަ އަހަރު ކުރިން ހަދަން ފެށި އާ ޓާމިނަލަށް 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފައިވެ އެވެ. އާ ޓާމިނަލް ހުޅުވާފައިވަނީ އެންމެ ޒަމާނީ އޭވިއޭޝަން ހިދުމަތްތަކާ އެކު އެވެ. އެ ޓާމިނަލުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.
އާ ޓާމިނަލް ރަސްމީކޮށް ރޭ ހުޅުވީ، ހަވާ އާއި ޑްރޯންގެ ކުލަ ގަދަ ހަރަކާތްތަކާ އެކު އެވެ. އެ ޓާމިނަލްގެ ހިދުމަތްތައް ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަލަވާލެއްވި އެވެ.
އާ ޓާމިނަލުގެ ޗެކް-އިން ސިސްޓަމް ޓެސްޓުކޮށްފި
ވީއައިއޭގެ ޕާކިންއިން ބައެއް ވަގުތީގޮތުން ހުޅުވާލައިފި
އާ ޓާމިނަލުން އިތުރު 4 އެއާލައިނަކަށް ހިދުމަތްދެނީ
އާ ޓާމިނަލުގެ ދެވަނަ އެއާލައިނަކަށް އެއާ އަރަބިއާ
އާ ޓާމިނަލުން 2،000 ފަސިންޖަރުންނަށް ހިދުމަތް ދީފި
ޑްރޯންތައް ވެއްޓުނު މައްސަލަ ތަހުގީގުކުރަން އެދިއްޖެ
އާ ޓާމިނަލްގައި ފަސް ނަމާދުގެ ބަންގީގެ އަޑު އިވޭނެ
ކުރީގެ ރައީސުންގެ ދައުވަތަށް ވަޑައިގަތީ ނަޝީދާއި ވަހީދު
ޑްރޯން ޝޯ އާއި ހަވާއިން ދައްކާލީ މިނިވަންކަމާއި ތާރީހު
ޓާމިނަލްގެ 70 ޕަސެންޓް ނިންމީ މި ސަރުކާރުން: ޝަރީފު