ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ދިމާކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ތާރީޚީ ހަފުލާއަށް ކުރީގެ ރައީސުންނަށް އެމްއޭސީއެލް އިން އެރުވި ދައުވަތު ގަބޫލުފުޅު ކުރައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ބައިވެރިވެވަޑައިގެންފި އެވެ.
27 ޖުލައި 2025
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ދިމާކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ތާރީޚީ ހަފުލާއަށް ކުރީގެ ރައީސުންނަށް އެމްއޭސީއެލް އިން އެރުވި ދައުވަތު ގަބޫލުފުޅު ކުރައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ބައިވެރިވެވަޑައިގެންފި އެވެ.
އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ވަނީ މިނިވަންކަމުގެ ރަމްޒެއްްގެ ގޮތުގައި ބިނާކުރި އާ ރަންވޭގެ ތަރައްގީގެ ބިޔަ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ކުރީގެ ހުރިހާ ރައީސުންނަށް ވެސް ދައުވަތު ފޮނުވައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އެކަމަކު، ކުރީގެ ރައީސުންގެ ތެރެއިން ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ، ނަޝީދާއި ވަހީދު އެކަންޏެވެ.
ނަޝީދަކީ ދައުލަތުން ބޮޑެތި އަދަދުން ލޯނު ނަގައިގެން އެއާޕޯޓު ތަރައްގީ ކުރުމުގެ ވިސްނުމާ ދެކޮޅު މި ފަހުން ވެސް އަޑު އުފުއްލަވާފައިވާ ބޭފުޅަކަށް ވީ ނަމަވެސް އެ ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ވެސް އާ ޓާމިނަލް ހުޅުވުމުގެ ކުލަގަދަ ހަފުލާ އަށް އެ މަނިކުފާނު ވަޑައިގަތުމުން ގިނަ ބަޔަކު ތައުރީފު ކުރި އެވެ.
ޖުމްހޫރީ މައިދާނުގައި މިނިވަންދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތަށް ނަޝީދު ވަޑައިގަތުމުން ފޮޓޯ އާއްމުކުރައްވައި، ގައުމީ މިފަދަ ހަފުލާތަކުގައި ހުރިހާ ރައީސުން ފެންނަން ޖެހޭ ކަމަށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކޮށްފައިވެ އެވެ.
މިނިވަން ދުވަސް ފާހަގަކުރަން އިއްޔެ ހަވީރު ޖުމްހޫރީ މައިދާނުގައި ބޭޢްވި ހަރަކާތްތައް ރައީސް ޑރ. މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްލަވާލައްވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
މިނިވަން ދުވަހުގެ ދިދަ ނެގުމާއި ޖުމްހޫރީ މައިދާނުގައި އޮތް ހެވިކަމާއި ކުޅިވަރުގެ އިތުރުން ރަސްމީ ޖަލްސާއަށް ވެސް ހުރިހާ ރައީސުންނަށް ސަރުކާރުން ދައުވަތު ފޮނުވި އެވެ. ދިދަ ނެގުމާއި ކުޅިވަރު ހަރަކާތްތައް ބައްލަވަން ވެސް ނަޝީދާއި ވަހީދު ވަޑައިގަތެވެ.
ހަތް ބިލިއަން ރުފިޔާގެ އާ ޓާމިނަލް ހުޅުވަން ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއުގައި ކުރީގެ ރައީސް ޔާމީނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހިއްސާ އޮތް ކަން ފާހަގަކުރައްވައި ދެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އާ ޓާމިނަލްގެ މަސައްކަތް ފެށީ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު ކަމަށާއި އޭގެ ފަހުން 2018 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެސް ޓާމިނަލްގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިނިވަން ދުވަހު އެއާޕޯޓުގެ އެންމެ ބިޔަ މަޝްރޫއު ހުޅުވީ، އިގްތިސާދީ މިނިވަންކަމުގެ މުހިއްމު ރަމްޒަކަށް ވާތީ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ އިގްތިސާދު ފުޅާވެ، ކުރިއަރުވަން ކުރެވުނު ވަރަށް މުހިއްމު މަސައްކަތެކެވެ.
ޑްރޯން ޝޯ އާއި ހަވާ ބަލަން ގިނަ އަދަދެއްގެ ބަޔަކު މާލޭގެ އެކި ސަރަހައްދުތަކަށް ޖަމާވެފައި. ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަން މާލެ ވަށައި އެރުވި ހަވާ އިން ދައްކާލީ މިނިވަންކަމާއި އެއާޕޯޓުގެ ދިގު ތާރީހް
— Mihaaru (@Mihaarunews) July 27, 2025
ވީޑިއޯ: އަރޫޒާ ރަޝީދު | މިހާރު pic.twitter.com/4XIBHxGxd6
ޓާމިނަލް ހުޅުވުުގެ ކުރިން ޑްރޯން ޝޯއަކުން ރާއްޖެ އާއި މިނިވަންކަމާ ގުޅޭ އެކި މަންޒަރުތައް ދައްކާލި އެވެ. އަދި މާލެ ވަށައިގެން 19 ދިމާލަކުން ހަވާ އަރުވައި މުޅި އުދަރެސް ކުލަތަކުން ދިއްލައިލި އެވެ.
އާ ޓާމިނަލްގައި ފަސް ނަމާދުގެ ބަންގީގެ އަޑު އިވޭނެ
ޓާމިނަލްގެ 70 ޕަސެންޓް ނިންމީ މި ސަރުކާރުން: ޝަރީފު
އާ ޓާމިނަލްގައި ޔާމީނާއި އިބޫގެ ދައުރަށް ޝުކުރު
ރާއްޖޭގެ އިގްތިސާދީ އެންމެ މުހިއްމު ތަނބަކީ އެއާޕޯޓު: ރައީސް
ތާރީހީ ކުލަގަދަ ހަފުލާއަކުން އާ ޓާމިނަލް ހުޅުވައިފި
އާ ޓާމިނަލުގެ ކްރެެޑިޓް 3 ސަރުކާރަށް ލިބޭ: ރައީސް
"އާ ޓާމިނަލުގެ ކްރެޑިޓް ނަގަން އުޅުމަކީ އަޖައިބެއް"
ވީއައިއޭ މަޝްރޫއު ތިން ގުނަ ބޮޑުކުރަން ނިންމައިފި
ވީއައިއޭގެ ޕާކިންއިން ބައެއް ވަގުތީގޮތުން ހުޅުވާލައިފި
ކުރީގެ މެންބަރުންގެ އިނާޔަތް ކުޑަކުރަން ރައީސް ތާއީދު