20 ޖޫން 2018
ހުޅުލޭ އެއާޕޯޓުގެ މައި މަގުގެ، ބްރިޖާ ދިމާލުން އޮންނަ ބައި ބަންދުކޮށް، އެއްގަމަށްވާ ގޮތަށް އާ މަގެއް ހަދައި އެ މަގު މިއަދު ހުޅުވާލައިފި އެވެ.
ހުޅުލޭ އެއާޕޯޓުގެ މައި މަގުގެ، ބްރިޖާ ދިމާލުން އޮންނަ ބައި ބަންދުކޮށް، އެއްގަމަށްވާ ގޮތަށް އާ މަގެއް ހަދައި އެ މަގު މިއަދު ހުޅުވާލައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ މިއަދު ހުޅުވި މަގު ކުރިއަށް އޮތް ތަނުގައި ވެގެން ދާނީ އެއާޕޯޓުގެ ލޭންޑްސައިޑް މަގަށް ކަމަށެވެ.
ނަމަވެވެސް ބްރިޖް ހުޅުވަންވާއިރު، ބްރިޖާ ގުޅުވާލަން ހަދާ ބޮޑު މަގު ނިމެންދެން މިއަދު ހުޅުވި މަގު، އެއާޕޯޓަށް ދަތުރުކުރާ އާންމު ވެހިކަލްތައް ވެސް ބޭނުން ކުރާނެ ކަމަށް އާދިލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިއަދު ހުޅުވާލި މަގަކީ 1،200 މީޓަރުގެ ދިގު މަގެއް ކަމަށެވެ.
ހުޅުމާލެ އިން އެއާޕޯޓަށް ކުރާ ދަތުރުތަކާއި، ހުޅުލޭ މައި ޓާމިނަލް ސަރަހައްދުން ސީޕްލޭން ސަރަހައްދަށް ކުރާ ދަތުރުތަކުގައި ވެސް ދެން ބޭނުން ކުރާނީ މިއަދު ހުޅުވާލި އާ މަގެވެ.
"ބްރިޖާ ގުޅާލާ މަގު ނިމެންދެން އާންމު ވެހިކަލްތައް ވެސް ދެން ބޭނުން ކުރާނީ އަލަށް މި ހުޅުވާލި މަގު. ހައިވޭ ހުޅުވާލީމާ ދެން މި މަގު ވެގެން ދާނީ އެއާޕޯޓްގެ ލޭންޑްސައިޑް މަގަށް. އޭރުން އާންމު ވެހިކަލްތަކަށް މި މަގު ބަންދުވާނެ،" އާދިލް ވިދާޅުވި އެވެ.
އަންނަ މަހުގެ 26 ގައި ބްރިޖް ހުޅުވާނެ ކަމަށް ސަރުކާރުން ބުނާއިރު، އޭގެ ކުރިން އެއާޕޯޓުގައި ބޮޑު ޕާކިން އޭރިއާ އެއް ހެދުމުގެ މަސައްކަތް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ. އެ ޕާކިން އޭރިއާ ހަދާނީ، ހުޅުލޭ ފަޅަށް ފެރީތައް ވަންނަ ދިމާ ހިއްކައިގެންނެވެ. އެ ދިމާ ހިއްކުމުގެ މަސައްކަތް ފެށުމަށް، ހުޅުލޭ ފަޅަށް ވަދެވޭ ގޮތަށް އާ ނެރެއް ކެނޑުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ހުޅުލޭގެ ޕާކިން އޭރިއާ ހަދަން މި މަހު ހިއްކަން ފަށަނީ
ޕާކިން އޭރިއާ ހަދަން ހުޅުލޭ ފަޅުތެރޭން ބައެއް ހިއްކަނީ
އެމްއޭސީއެލްއިން މުވައްޒަފުން ވައްކެއް ނުކުރާނެ: އާދިލް
އެއާޕޯޓުގެ އާ ވިއައިޕީ ކޮމްޕްލެކްސް ހަދަން ދައުވަތުދީފި
އާ ޓާމިނަލް ބޭނުން ކުރެވޭނީ 2019 ގައި: އާދިލް
ވީއައިއޭގެ ހުޅަނގު އޭޕްރަން ހުޅުވައިފި
ބަހުގެ ހިދުމަތް ދޭނެ ބަޔަކު އެމްއޭސީއެލުން ހޯދަނީ
ވެރިކަން ބަދަލުވުމުގެ ކުރިން ޓާމިނަލް ދޭން އުޅުނު!؟
ހުޅުލޭ އާ ނެރުގެ މަސައްކަތެއް ކުރާތީ ސަމާލުވާން އެދެފި
މަހުޖޫބު ޝުޖާއު، އެއާޕޯޓުގެ ތަރައްގީ ވިލަރެސްކުރަން