29 ޖެނުއަރީ 2018
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދަމުން އަންނަ "ވޯޓާފްރަންޓް ރެސްޓޯރަންޓް" ގައި ދުނިޔޭގެ މަޝްހޫރު ފްރެންޗައިސް ރެސްޓޯރަންޓް، ކޭއެފްސީ އާއި ޕިއްޒާ ހަޓާއި ކޮސްޓާ ކޮފީ އަދި ހާވެސްޓް މާކެޓް ހިންގުމުގެ އެއްބަސްވުމެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިޓަލީގެ އެޗްއެމްއެސް ހޮސްޓް އިންޓަނޭޝަނަލްއާ އެކު މިއަދު ސޮއިކޮށްފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދަމުން އަންނަ "ވޯޓާފްރަންޓް ރެސްޓޯރަންޓް" ގައި ދުނިޔޭގެ މަޝްހޫރު ފްރެންޗައިސް ރެސްޓޯރަންޓް، ކޭއެފްސީ އާއި ޕިއްޒާ ހަޓާއި ކޮސްޓާ ކޮފީ އަދި ހާވެސްޓް މާކެޓް ހިންގުމުގެ އެއްބަސްވުމެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިޓަލީގެ އެޗްއެމްއެސް ހޮސްޓް އިންޓަނޭޝަނަލްއާ އެކު މިއަދު ސޮއިކޮށްފި އެވެ.
އެމްއޭސީއެލްގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ. އެޗްއެމްއެސް ހޮސްޓުން ސޮއިކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރު ވޮލްޓާ ސިއެބް އެވެ.
އެޗްއެމްއެސް ހޮސްޓަކީ އެކި ގައުމުތަކުގެ އެއާޕޯޓްތަކާއި ހައިވޭ ތަކުގައި ކާބޯތަކެތި ވިއްކުމުގެ ހިދުމަތް ދިނުމުގައި މުޅި ދުނިޔެއަށް ވެސް މަޝްހޫރު ކުންފުންޏެކެވެ. އެގޮތުން ދުނިޔޭގެ 150 އެއާޕޯޓެއްގައި އެ ކުންފުނިން އަންނަނީ ކެފޭ، ރެސްޓޯރަންޓް ހިންގަމުންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެމްޑީ އާދިލް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ވީއައިއޭ ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް ވިދާޅުވީ، އެ ހަތަރު ބްރޭންޑްގެ އިތުރުން އެހެން ބްރޭންޑްތަކެއް ވަރަށް އަވަހަށް ރާއްޖެއަށް ތައާރަފު ކުރައްވާނެ ކަމަށެވެ. އަދި އަލަށް ސޮއިކުރި އެއްބަސްވުމާއެކު، އެ ތަންތަނުގެ ޚިދުމަތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.
"މިތަނުގައި އަދިވެސް އިތުރު ޖާގަ އެބަހުރި. އެހެންވެ އަޅުގަނޑުމެން މިދަނީ މިހާރު ވެސް އިތުރު އިންޓަނޭޝަނަލް ބްރޭންޑްތައް ގެންނަން އެ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން،" އޭނާ ވިދާޅުވި އެވެ.
އާދިލް ވިދާޅުވި ގޮތުގައި، އަންނަ މާޗް މަހުގެ ތެރޭގައި އެއާޕޯޓުގެ ޓާމިނަލްގައި އޮސްޓްރޭލިއާގެ ގްލޯރިއާ ޖީންސްގެ ކިއޮސްކެއް ހުޅުވާނެ އެވެ. އަދި އަލަށް ހަދާ ރެސްޓޯރަންޓް އިމާރާތަށް އިންޓަނޭޝަނަލް ބްރޭންޑްތައް ގެންނައިރު މުވައްޒަފުން ތަމްރީން ކުރުމާއި އެތަނަށް ވެސް ބައެއް ބަދަލުތައް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަހަރުގެ ތެރޭގައި އިތުރު ބްރޭންޑްތައް ވެސް މި އެއާޕޯޓުގައި ގާއިމުކުރެވި ޚިދުމަތް ލިބިގެންދާނެކަން މި ފުރުސަތުގައި ފާހަގަކޮށްލަން،" އާދިލް ވިދާޅުވި އެވެ.
އެޗްއެމްއެސް ހޮސްޓްގެ ސީއީއޯ ވޮލްޓާ ވިދާޅުވީ ކުރިމަގުގައި ވީއައިއޭ އަށް އިތުރު ފަސިންޖަރުން އައުމަކީ އެ ކުންފުނިން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި އެ ކުންފުނީގެ އޮޕަރޭޝަން ފެށުމަކީ ވަރަށް ބޮޑަށް އުއްމީދު ކުރެއްވި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވީއައިއޭގައި މަޝްހޫރު ފްރެންޗައިސް ރެސްޓޯރަންޓުތައް ގާއިމް ކުރުމުގެ އެއްބަސްވުމުގައި އެމްއޭސީއެލްއާއެކު ސޮއިކުރެއްވުމަށް ފަހު، އެޗްއެމްއެސް ހޮސްޓްގެ ޗީފް އެގްޒެކްޓިވް އޮފިސަރު ވޮލްޓާ ސިއެބް (ކ) މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"މިތަނުން 100 އަށް ވުރެ ގިނަ މީހުންނަށް ވަޒީފާ ހަމަޖެހޭނެ. އަދި އިތުރު ބްރޭންޑްތައް ގެނައުމަށް ވެސް މަސައްކަތް ކުރާނަން،" ވޮލްޓާ ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މީހުން އާއްމުކޮށް ފައިބާ ސަރަހައްދުގައި، އާ އެފްއެންޑްބީ އައުޓްލެޓުތަކެއް ތަރައްގީ ކުރަނީ ގާތްގަނޑަކަށް 14،000 އަކަފޫޓުގެ ބޮޑު އިމާރާތެއްގަ އެވެ. އެ އިމާރާތުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ވެލާނާ އެއާޕޯޓުގައި ހަތަރު ފްރެންޗައިސެއް ހުޅުވައިފި
އެއާޕޯޓުގައި މާދަމާ ކޭއެފްސީ އާއި ޕިއްޒާ ހަޓް ހުޅުވަނީ
އެންމެ ބޮޑެތި ފާސްޓް ފުޑް ފްރެންޗައިޒްތައް އެއާޕޯޓަށް
ކޭއެފްސީގެ ރެސްޓޯރަންޓް ހޯމަ ދުވަހު ހުޅުވަނީ
ކޭއެފްސީ، ޕިއްޒާ ހަޓާއެކު ރަސްފަންނު ޕެވިލިއަން ހަދަނީ
ކޭއެފްސީން ލެބޯޓްރީގައި ކުކުޅުމަސް އުފައްދަނީ
ވެރިކަން ބަދަލުވުމުގެ ކުރިން ޓާމިނަލް ދޭން އުޅުނު!؟
ރަންވޭ މަރާމާތުކުރާތީ ދަތުރުތަކަށް ބުރޫއަރައިފި
އެއާޕޯޓު ވާނީ ސަރަހައްދުގެ ނަމޫނާއަކަށް: އާދިލް
މިއީ އިގްތިސާދުގެ އާ ތަޅުދަނޑި: އާދިލް