Roadha Mihaaru
މިދިޔަ މަހު ދައުލަތަށް އެއް ބިލިއަން ރުފިޔާ ލިބުނު

މިދިޔަ މަހު މީރާ މެދުވެރިކޮށް އެއް ބިލިއަން ރުފިޔާ ދައުލަތަށް ލިބުނު

09 ޖޫން 2018

މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް އެއް ބިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ އެވެ.

އަލީ ޝިނާން އަލީ ޝިނާން

މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް އެއް ބިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ އެވެ.

މީރާއިން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު އެއް ބިލިއަން ރުފިޔާ އަކީ އެ މަހު ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ 10.6 ޕަސެންޓް އިތުރު އަދަދެކެވެ. ނަމަވެސް އެއީ މިދިޔަ އަހަރުގެ މެއި މަހު ލިބުނު އަދަދަށް ވުރެ 14.6 ޕަސެންޓް ދަށް އަދަދެކެވެ.

އާމްދަނީ އިތުރުވީ، މިދިޔަ މަހުގެ ނިޔަލަށް ބޭންކް ޕްރޮފިޓް ޓެކްސް ދެއްކުމަށް ހުޅުވާލާފައި އޮތް ނަމަވެސް، ސުންގަޑީގެ ކުރިން ބައެއް ބޭންކުތަކުން އެ ޓެކްސް ދައްކާފައިވާތީ ކަމަށް މީރާ އިން ބުނެ އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން، ލިބުނު އާމްދަނީގެ އެންމެ ބޮޑު ޕަސެންޓެއް ހިއްސާ ކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އިންނެވެ. އެއީ 58.2 ޕަސެންޓެވެ. ދެވަނައަށް އެންމެ ގިނައިން ލިބުނީ ބޭންކް ޕްރޮފިޓް ޓެކުހުންނެވެ. އެއީ 9.4 ޕަސެންޓެވެ.

މީރާ އިން ބުނީ މިދިޔަ މަހު ލިބުނު އެއް ބިލިއަން ރުފިޔާގެ ތެރެއިން 589 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނީ އެމެރިކާ ޑޮލަރުންނެވެ. އެއީ 38.22 މިލިއަން ޑޮލަރެވެ.

މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީ ލަފާކުރި ވަރަށް ވުރެ އިތުރުވިއިރު، މިއަހަރުގެ ފުރަތަމަ ތިން މަހު އެކަނި ވެސް މީރާ މެދުވެރިކޮށް 4.99 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފަ އެވެ.