ވޭތުވެދިޔަ ހަތަރު މަހު ޓެކްސްއިން ލިބުނު އާމްދަނީ 13 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ވޭތުވެދިޔަ ހަތަރު މަހު ޓެކްސްއިން ލިބުނު އާމްދަނީ 13 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޓެކުހުން ލިބިފައިވަނީ މިއަހަރަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީގެ 45 ޕަސެންޓެވެ. މިއަހަރު ނިމޭއިރު ޓެކްސް އާމްދަނީގެ ގޮތުގައި 29 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ޓެކުހުން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރަށް ވުރެ ފަސް ޕަސެންޓް އިތުރުވެފަ އެވެ. އެއީ ގާތްގަނޑަކަށް 600 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ޓެކުހުން ލިބުނު އާމްދަނީ އިތުރުވިއިރު، ގްރީން ޓެކްސް އިން ނަގާ އަދަދު ވަނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން އިތުރުކޮށްފަ އެވެ. އަދި އަންނަ ޖުލައި މަހުން ފެށިގެން ޓީޖީއެސްޓީއަށް އިތުރު އެއް ޕަސެންޓް އިތުރުވާނެ އެވެ. އެއާ އެކު ވެސް ޓެކުހުން ލިބޭ އާމްދަނީ އިތުރުވުމުގެ ފުރުސަތު ބޮޑުވާނެ އެވެ.
ގްރީން ޓެކްސް އިން މިހާތަނަށް އައިއިރު 958 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއަހަރު އެ ޓެކްސް އިން ދެ ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެ އެވެ. އެއީ ގްރީން ޓެކްސް ބޮޑުކުރުމުން އިތުރުވާ 964 މިލިއަން ރުފިޔާއާ އެކު އެވެ.
ޓީޖީއެސްޓީ ޖުލައި މަހުން ފެށިގެން އެއް ޕަސެންޓަށް ބޮޑުކުރުމުން އާމްދަނީ 202 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ. އަދި މިއަހަރުގެ މިހާތަނަށް 5.5 ބިލިއަން ރުފިޔާ ޓީޖީއެސްޓީއަށް ލިބިފައިވެ އެވެ. ޓީޖީއެސްޓީ އަކީ އެއް ޓެކްސްއަކުން ދައުލަތަށް އެންމެ ބޮޑު އަދަދެއް ލިބޭ ޓެކްސް އެވެ.
މިހާތަނަށް ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް އިން 2.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިއަހަރަށް ކަނޑައެޅި އާމްދަނީގެ 50 ޕަސެންޓެވެ. އިމްޕޯޓު ޑިއުޓީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވާ އިރު ޑިޕާޗާ ޓެކްސްގެ ގޮތުގައި ދައުލަތަށް 766 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ހަ ދާއިރާއަކުން ދައުލަތަށް ޓެކްސް ވަދެ އެވެ. އެންމެ ބޮޑު އަދަދެއް ޓެކްސްގެ ގޮތުގައި ވަންނަނީ ޓީޖީއެސްޓީގެ ދާއިރާއިންނެވެ. އޭގެ ދަށުން ޖީޖީއެސްޓީ އާއި ޓީޖީއެސްޓީ ހިމެނެ އެވެ.
ދައުލަތަށް ނުލިބިހުރި 3.76 ބިލިއަން މީރާއިން ހޯދި
28 ބިލިއަންގެ އާމްދަނީއެއް މީރާ އަށް ބަލައިގަތް
ނުލިބި ހުރި ފައިސާއިން 639 މިލިއަން ރުފިޔާ ހޯދައިފި
ހަތް މަހުން ޓެކްސްއަށް 15 ބިލިއަން ރުފިޔާ
ކުލި/ޓެކްސް ނުދައްކާ މީހުން "ފިލިޔަ" ދީގެން ނުވާނެ!
މީރާއަށް ބަލައިގަތް އާމްދަނީ ލަފާކުރި ވަރަށް ވުރެ ދަށް
ލަފާކުރި ވަރަށް ވުރެ މިދިޔަ މަހުގެ އާމްދަނީ އިތުރު
މާޗް މަހުގެ އާމްދަނީ 26 ޕަސެންޓް ދަށްވެއްޖެ
މިދިޔަ މަހު ދައުލަތަށް 2.1 ބިލިއަން ރުފިިޔާ ލިބުނު
ފުރަތަމަ ކުއާޓާގައި ދައުލަތަށް 4.9 ބިލިއަން ރުފިޔާ